Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުގެ ޚަރަދާއި އާމްދަނީ

ދައުލަތުގެ ޚަރަދު ލިބުނު އާމްދަނީއަށްވުރެ 30 އިންސައްތަ އިތުރު

29 މެއި 2021 | ހޮނިހިރު 04:27

އަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ 10.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 29 މެއި 2021 | ހޮނިހިރު 04:27
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ދައުލަތުގެ ޚަރަދު 30 އިންސައްތަ އިތުރުކަމަށް ފިނޭންސް މިނިސްޓަރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 10.2 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެގޮތުން ރިކަރެންޓް އަދި ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި ދައުލަތުން ވަނީ 9.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

Advertisement - newsAdvertisement

ދައުލަތުގެ ބަޖެޓުގެ 29.2 އިންސައްތަ މިހާތަނަށް ޚަރަދުކޮށްފައިވާއިރު، ރިކަރެންޓް އެކްސްޕެންޑިޗަރގެ ގޮތުގައި ޚަރަދުކޮށްފައި ވަނީ 7.3 ބިލިއަން ރުފިޔާއެވެ. އެގޮތުން މުސާރަ އާއި އިނާޔަތްތައް ދިނުމަށް 1.5 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު، މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ހަރަދުކޮށްފައި ވަނީ 1.4 ބިލިއަން ރުފިޔާއެވެ. ޕެންޝަނަށް 383.7 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު، ރިޓަޔަމެންޓް ބެނެފިޓްގެ ގޮތުގައި 163.2 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ.

އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް އެކްސްޕެންސްގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

ދައުލަތުގެ ކެޕިޓަލް އެކްސްޕެނޑިޗަރ އަށް ބަލާއިރު، މިމުއްދަތުގައި 2.4 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ ކެޕިޓަލް އިކުއިޕްމަންޓަށް 140 މިލިއަން ރުފިޔާ، އިންފްރާސްޓްރަކްޗަރ އެސެޓްސްއަށް 1.1 ބިލިއަން ރުފިޔާ، އަދި ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް އާއި އިންވެސްޓްމެންޓް އައުޓްލޭސްއަށް 1.08 ބިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ދައުލަތުގެ ލޯނުތައް ދެއްކުމަށް 424.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 133 މިލިއަން ރުފިޔާ ވަނީ ޓްރާންސްފަރ ކޮށްފައެވެ. އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.2 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ 7.1 ބިލިއަން ރުފިޔާގެ އާމްދަނީ އަކީ މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ މިންވަރުގެ 33.6 އިންސައްތައެވެ. ދައުލަތަށް މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޓެކުހުންނެވެ. އެއީ 5.5 ބިލިއަން ރުފިޔާއެވެ. އޭގެތެރޭގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު 910.1 މިލިއަން ރުފިޔާ، ބިޒްނަސް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 279.1 މިލިއަން ރުފިޔާ އަދި އެއަރޕޯޓް ސަރވިސް ޗަރޖްގެ ގޮތުގައި ލިބުނު 230.6 މިލިއަން ރުފިޔާ ހިމެނެއެވެ.

ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން ދައުލަތަށް 1.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ކެޕިޓަލް ރިސީޕްޓްސްގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 4.7 މިލިއަން ރުފިޔާއެވެ. އަދި ގްރާންޓްސްގެ ގޮތުގައި 69.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިއަހަރުގެ ބަޖެޓަކީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތަށް ވިސްނައި ފާސްކޮށްފައިވާ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ. އަދި އަހަރު ފެށިގެން އައި އިރު އަންދާޒާ ކުރި ވަރަށްވުރެ އިތުރަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވެގެން ގޮސްފައި ވުމާއެކު, ދެން އަންނަ ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީސްގެ ރިވިއު ރޭޓިން ރަނގަޅުވެގެން ދާނެކަމުގެ އުންމީދު އެބަ އޮތް ކަމަށާއި އެކަން އެގޮތަށް ވެގެން ދާނީ މިހާރު މިއޮތް ކޮވިޑް ސާޖް ރަނގަޅު ކުރެވިގެން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް