Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުޅީފަޅުން ގޯތި ދޫކުރުމުގެ މަޝްވަރާ

ގުޅީފަޅު ރެސިޑެންޝަލް ޒޯނެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެދިއްޖެ

30،000 މީހުންގެ އާބާދީއެއް ގުޅީފަޅަށް ގެންދިޔުން އުންމީދަކީ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 28 މެއި 2021 | ހުކުރު 06:49
ގުޅިފަޅުން ގޯތި ދޫކޮށް އެތަން އާބާދު ކުރުމަށް މާލޭ ސިޓީ ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުން

ގުޅިފަޅުން ގޯތި ދޫކޮށް އެތަން އާބާދު ކުރުމަށް މާލޭ ސިޓީ ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުން

ގުޅީފަޅު ރެސިޑެންޝަލް ޒޯނެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް މާލެ ސިޓީ ކައުންސިލުން ރައީސް ސާލިހު އަރިހުގައި އެދިއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިޒު، ރައީސާއެކު ބުރާސްފަތި ދުވަހު ކުރިއަށް ގެންދެވި ބައްދަލުވުމުގެ ތަފްސީލްތައް ހިއްސާ ކުރައްވަމުން މޭޔަރ ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަމެއް ހޯދައި ދިނުމަށް ގުޅީފަޅު ރެސިޑެންޝަލް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރައީސް ސާލިހަށް ހުށަހެޅުއްވި ކަމަށެވެ.

މެޔަރ ވިދާޅުވީ، ދާއިމި ގެދޮރުވެރިކަން ހޯދައިދިނުމަށް ގުޅީ ފަޅުން ގޯތި ނުވަތަ ފްލެޓް ދިނުން އެއީ މާލެ ރައްޔިތުން ބޭނުންވާ ގޮތް ކަމަށާއި، މިހާރު ޑިޒައިން ކޮށްފައި އޮތީ ޕޯޓެއް އަޅަން ނަމަވެސް އެކަަން އެގޮތަށް ކުރިއަށް ނުގެންދިޔުމަށް އެދުނު ކަމަށެވެ. ގެދޮރުވެރިކަން ހައްލު ކުރުމަށް އެތަނުން ގޯތި ނުވަތަ ފްލެޓް ދިނުމަށް އެދޭ ކަމަށެވެ.

ވިދާޅުވީ، ޕޯޓް އެޅުމުގެ ނިންމުން އެއީ ކަމާބެހޭ ފަަރާތްތަކުގެ މަޝްވަރާއާއެކު ކަމަށް ރައީސް ވިދާޅުވި ކަމަށާއި، މިހާރު ހެދިފައި އޮތް ޕްލޭނަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އެ ޕްލޭން އެގޮތަށް ހެދިފައިވަނީ 2015 ވަނަ އަހަރުގެ ބައެއް ލިޔެކިޔުންތަކަށް ބަލައިގެން ކަމަށް ރައީސް ދެންނެވި ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

ގުޅިފަޅުގައި ލައިޓް އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރަން ފުރަތަމަ ނިންމީ އޭރު ތިލަފުށީގައި ކުނި އަންދާތީ ކަމަށާއި، ނަމަވެސް ފަހުން އެހެން ގޮތަކަށް ކުނި މެނޭޖުކުރެވޭ ގޮތް ވުމުން ތިލަފުށީގައި ޕޯޓު އެޅުމަށް ނިންމާފައިވާ ކަމަށް ރައީސަށް ދެންނެވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނެވިއިރު މިބަދަލުތަކާއެކު ނިންމާފައިއޮތީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، ގުޅިފަޅު ހިއްކައި އެތަނުން ގޯއްޗާއި ފްލެޓު ދޫކުރުމަށެވެ.

މޭޔަރ ވިދާޅުވީ، ޕޯޓް ހެދުމަށް ނިންމައި ވެފައިވާ އެއްބަސްވުމަށް ބަދަލު ގެނައުމަށް ފަސޭހަ ނުވާނެކަން ގަބޫލު ކުރެވޭ ކަމަށް ދެންނެވި ކަމަށާއި، އެހެން ނަަމަވެސް މާލޭ ރައްޔތުން އުޅޭ ނިކަމެތި ހާލަށް ބަލައި، އެންމެ ރަނގަޅު ގޮތަކީ ގުޅީފަޅު ރެސިޑެންޝަލް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުން ކަމަށް ދެންނެވި ކަމަށެވެ.

ގުޅީފަޅުގެ ޕްލޭން ފައިނަލް ކުރުމުގައި ސިޓީ ކައުންސިލް ވަރަށް މުހިއްމު ދައުރެއް އަދާކުރަންޖެހޭ ފާހަގަކުރައްވައި، މިހާރު ހެދިފައި އޮތް ޕޯޓު އެޅުމުގެ ޕްލޭނަށް ބަދަލު ގެންނަން ކައުންސިލާ އެކީގައި މަސައްކަތް ކުރުމަށް ކަމާބެހޭ އިދާރާތަކުގައި ދަންނަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިކަމަށް މޭޔަރު ވިދާޅުވިއެެވެ.

މޭޔަރ ވިދާޅުވީ، އުންމީދަކީ ޕޯޓް ތިލަފުށްޓަށް ބަދަލުވެ، ގުޅީފަޅުން މާލޭގެ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހި ކަމެއް ލިބިގެން ދިޔުން ކަމަށެވެ. ކައުންސިލުން މަސައްކަތް ކުރަނީ، އާބާދީ ތޮއްނުޖެހި، މިހާރު މާލޭގައި ދިރިއުޅޭ އާބާދީއަށް އެތަނުން ބޯހިޔާވަހިކަން ހޯދައިދިނުމަށް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު