Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލުން ގާޒާއަށް ދިން ޙަމަލާ

އިޒްރޭލުން ގާޒާއަށް ދިން ޙަމަލާތައް އދ އިން ތަހުގީގު ކުރަނީ

ޙަމަލާތަކުގައި 254 މީހަކު ޝަހީދުވެފައިވާކަމަށް ސިއްހީއޮފިޝަލުން މައުލޫމާތުދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 މެއި 2021 | ބުރާސްފަތި 19:44
ގާޒާ- ގާޒާއަކީ އިޒްރޭލުން ހިންގި އުދުވާނުތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ސިޓީއެއް

ގާޒާ- ގާޒާއަކީ އިޒްރޭލުން ހިންގި އުދުވާނުތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ސިޓީއެއް

އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގެ ބައިނަލްއަޤުވާމީ ތަހުގީގެއް ހިންގުމަށް އދ ގެ ހިއުމަންރައިޓްސް ކައުންސިލުން ނިންމައިފިއެވެ.

އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުން އދ އިން އެގޮތަށް ފާސްކޮށްފައިވަނީ ސްޓޭޓުތަކުގެ މެދުގައި ނެގުނު ވޯޓުގެ ތެރެއިން 24 ވޯޓުގެ އަޢުލަބިއްޔަތުންނެވެ. މި ޤަރާރާ ދެކޮޅަށް 14 ސްޓޭޓަކުން ވޯޓު ދީފައިވެއެވެ. މި ގަރާރުގައި ވަނީ އެކަންކަން ތަހުގީގު ކުރުމަށް ޚާއްސަ އިންކުއަރީ ކޮމިޓީއެއް އެކުލަވާލުމާއި، އިޒްރޭލުން ފަލަސްތީނާމެދު އަމަލުކޮށްފައިވާ ގޮތް ސާފުކޮށް ބަލައި ތަހުގީގު ކުރުމަށް ގޮވާލާފައެވެ. ނަމަވެސް އިޒްރޭލުން ވަނީ އެކަމަށް އެއްބާރުލުން ނުދޭނެކަން ފާޅުގައި އިއުލާނުކޮށްފައެވެ.

އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކޯޑިނޭޓަރެއް ކަމަށްވާ ލީން ހެސްޓިންގސް ވަނީ އިޒްރޭލުން ހިންގި އުދުވާނުތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ސިޓީތައް އަލުން އާރާސްތު ކުރުމަށް ބައިނަލްއަޤުވާމީ އެހީއަށްވެސް އެދިފައެވެ. އެގޮތުން އެންމެ އަސާސީ ބޭނުންތައް ފުއްދޭނެ ގޮތް އެ ގައުމުގެ ރައްޔިތުންނަށް ފަހިކޮށްދިނުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން ލީން ފާހަގަ ކުރެއްވިއެވެ. އދ އިން މިހާރުވެސް ވަނީ އެހެނިހެން ފަންޑުތައް މެދުވެރިކޮށް 22 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާގެ އެހީ ހޯދުމުގެ އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

11 ދުވަސްވަންދެން އިޒްރޭލުން ހިންގި މި އުދުވާނު މި ވަގުތަށް ހުއްޓާލާފައިވާއިރު، މި ޙަމަލާތަކުގެ ސަބަބުން 254 މީހަކު ޝަހީދުވެފައިވާ ކަމަށް ޕާކިސްތާނުގެ ސިއްހީ އޮފިޝަލުން މައުލޫމާތު ދެއެވެ.

އިސްރާއީލް އަސްކަރިއްޔާޣައްޒާ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު