Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމއ މޯނިންގ ވިއުގައި ހިނގި އަލިފާނުގެ ހާދިސާ

އަލިފާނުގެ ހާދިސާއާ ގުޅިގެން 5 އާއިލާއެއް ވަގުތީ ހިޔާއަށް ބަދަލުކޮށްފި

27 މެއި 2021 | ބުރާސްފަތި 07:59

ޣިޔާސުއްދީނަަށް ގެންދިޔައީ 56 މީހަކު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 27 މެއި 2021 | ބުރާސްފަތި 07:59
މއ މޯރނިންގ ވިއުގައި ހިނގި އަލިފާނުގެ ޙާދިސާއަށްފަހު އެ ސަރަޙައްދުގެ ބައެއް މަންޒަރުތައް

މއ މޯރނިންގ ވިއުގައި ހިނގި އަލިފާނުގެ ޙާދިސާއަށްފަހު އެ ސަރަޙައްދުގެ ބައެއް މަންޒަރުތައް

މއ. މޯނިންގ ވިއުގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން 5 އާއިލާއެއް ވަގުތީ ހިޔާތަކަށް ބަދަލުކުރެވިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ބުނެފިއެވެ.

އެންޑީއެމްއޭގެ ޑެޕިއުޓީ ސީއީއޯ އުމަރު ފިކުރީ ވިދާޅުވި، ވަގުތީ ހިޔާއަށް ގެންދެވުނީ މއ. މޯނިންގ ވިއުގެ ހުޅަނގު ފަރާތުގެ އިމާރާތުގައި ދިރިއުޅޭ 5 އާއިލާއެއްގެ 32 މީހުން ކަމަަށެވެ. އޭގެ ތެރެއިން 3 މީހަކީ ކޮވިޑަށް ޕްޒިޓިވްވެފައިވާ މީހުން ކަމުން އެ 3 މީހުން މިހާރު ފެސިލިޓީއަށް ބަދަލު ކުރެވިފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ. މި 5 އާއިލާ ގެ 32 މީހުންނަށް ވަގުތީ ހިޔާގެ ގޮތުގައި މާލޭގެ 7 ގެސްޓް ހައުސްއަކުން ކޮޓަރި ހަމަޖައްސައި، ހައިޖިން ޕެކްތައް ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިވަގުތަށް ބޭނުންވާ ޒަރޫރީ ސާމާނާއި ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކެއުމަށް ބޮލަކަށް 200 ރުފިޔާ އަދި ޒަރޫރީ ސާމާނާއި އަންނައުނު ހޯދުމަށް ބޮލަކަށް 1000 ރުފިޔާގެ މަގުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވިފައިވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

އެއް ގޯއްޗެއްގައި ދެ އިމާރާތް ހުރި މިގޭގެ ހުޅަނގު ފަރާތުގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި، އިރުމަތީ އިމާރާތުގައި ދިރިއުޅޭ މީހުން މިހާރު އެތަނަށް ބަދަލުވެފައިވާ ކަމަށެވެ. މި އިމާރާތައް ވެސް ލިބިފައި ހުރި ގެއްލުން ދެނެގަތުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގުމާއެކު އެ ގޭގައި އުޅޭ 56 މީހަކު ޣިޔާސުއްދީނަށް ވަގުތީ ގޮތުން ގެންދެވުނު ކަމަށާއި، އޭގެ ތެރޭގައި 17 ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. 3 މީހަކަށް ފިހިގެން ހޮސްޕިޓަލުގައި ފަރުވާ ދެވުނު ނަމަވެސް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވި އާދީއްތަ ދުވަހު ކަމާ ގުޅުންހުރި ފަރާތްތަކާއެކު އެ ގޭގެ އެސެސްމެންޓް ހަދަން ފަށާނެ ކަމަށެވެ. މައިގަނޑު ގޮތެއްގައި ދެ އެސެސްމެންޓެއް ހަދާނެ ކަމަށާއި، އެއީ، ހިފައި ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމާއި، އިމާރާތަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ހަދާ އެސެސްމެންޓް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އެމްއެންޑީއެފްމިނިސްޓްރީ އޮފް ޑިފެންސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ

20 ޑިސެމްބަރު 2025
އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ
19 ޑިސެމްބަރު 2025

ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

19 ޑިސެމްބަރު 2025
ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ
17 ޑިސެމްބަރު 2025

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025
ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ
11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް