Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޓަރނެޓް އަގު ހެޔޮކުރުން

އަމާޒަކީ ޓެކްނޮލޮޖީއާ އަރާ ހަމަކުރުން - ޝައުނާ

27 މެއި 2021 | ބުރާސްފަތި 07:03

މަސައްކަތް ސަރުކާރުން ރެގިއުލޭޓް ކުރާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 27 މެއި 2021 | ބުރާސްފަތި 07:03
އައިމިނަތު ޝައުނާ، އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ

އައިމިނަތު ޝައުނާ، އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ | ރައީސް އޮފީސް

އަމާޒަކީ ޓެކްނޮލިޖީއާ އަރާ ހަމަކުރުން ކަމަށް ޓެކްނޮލިޖީ މިނިސްޓަރ ވިދާޅުވެއްޖެއެވެ.

އިންޓަރނެޓްގެ އަގަށް ގެނެވުނު ބަދަލުތައް އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޓެކްނޮލޮޖީއާ އަރާ ހަމަކޮށް، ސަރުކާރުގެ މަސައްކަތްތައް ވެސް އެެއްވިއުގައަކުން ގުޅާލުން ކަމަށެވެ. އަދި ސިއްޙީ ޚިދުމަތްތައް ވެސް އެއް ވިއުގައަކުން ގުޅާލެވިގެންދާނެ ކަމަށެވެ. ކޮވިޑްގެ މިހާލަަތުގައި ދަސްވި ކަމަކީ، ގޭގައި ތިބެގެން ވެސް އިންޓަރނެޓްގެ ޒަރިއްޔާއިން މަސައްކަތް ކުރެވިދާނެކަން ކަމުގައި ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިންޓަރނެޓް އަގުހެޔޮ ކުރުމުގެ ސިޔާސަތު ތަންފީޒު ކުރެވެން ފެށުމުން، ރާއްޖޭގައި ދޭ އިންޓަރނެޓް ޚިދުމަތުގެ ފެންވަރާއި އަގުތައް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ގަވައިދުން ރެގިއުލޭޓް ކުރަމުންދާނެއެވެ. މިގޮތުން ރެގިއުލޭޓަރީ ފްރޭމްވަރކް ހަރުދަނާކުރެވި، ކޮމިއުނިކޭޝަން އޮތޯރިޓީ މެދުވެރިކޮށް އިންޓަރނެޓް ސްޕީޑް އަދި ކޮލިޓީ މޮނިޓަރިންގ ގެ މަސައްކަތްތަކެއް ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިހާރު މި ގެނެވުނު ބަދަލުތަކުގެ އިތުރަށް ވެސް ޚިދުމަތް ހޯދާ ފަރާތްތަކަށް މިއަށްވުރެ އެކަށޭނަ އަގުތަކެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް  އޮތް 3 އަހަރުގެ ތެރޭގައި ކުރެވިދާނެ ކަންކަން ހޯދުމަށް ސަރވިސް ޕްރޮވައިޑަރުންނާއެކު ވަނީ އެއްބަސްވެފައެވެ.

އިންޓަރނެޓް މިވަނީ އާންމު ދިރިއުޅުމުގެ އެއްބަޔަށް ވެފައިވާއިރު އޮފީސް މަސައްކަތް، އޮންލައިން ކްލާސްތައް، ޑޮކްޓަރަށް ދެއްކުން ވެސް މިއަދު ކުރަނީ އިންޓަރނެޓް މެދުވެރިކޮށް ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ. ޚާއްޞަކޮށް ކޮވިޑް-19 ގެ ޕެންޑަމިކް ގެ ސަބަބުން އިންޓަރނެޓުގެ ޚިދުމަތަށް ބަރޯސާވާންޖެހޭ މިންވަރު ނިސްބަތުން އިތުރުވެފައިވާ ކަމަށާއި، އިންޓަރނެޓަކީ އަސާސީ ޚިދުމަތެއް ކަމަށް ބަލައި، ކޮންމެ ރައްޔިތަކަށް ވެސް ފަސޭހައިން، އެކަށީގެންވާ ފެންވަރެއްގައި އަދި ހެޔޮ އަގެއްގައި އިންޓަރނެޓް ލިބޭނެ ޕެކޭޖް ތައާރަފުކުރުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިގެނެވުނު ބަދަލުތަކާއެކު އާދައިގެ މިންވަރަކަށް އިންޓަރނެޓް ބޭނުންކުރާ ފަރާތްތަކަށާއި، ސްކޫލް ކުދިންގެ ވީޑިއޯ ކޮންފަރެންސިންގ ފަދަ ބޭނުންތަކަށާއި، އައި. ސީ. ޓީ. ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް، މިގެނެވޭ ބަދަލުތަކުގެ މަންފާލިބިގެންދާނެ ކަމަށެވެ. އަދި ޕެކޭޖްގެ ތްރޮޓްލް ސްޕީޑުގައި ވެސް ޢާއްމު ބޭނުންތަކަށް އެކަށޭނަ ސްޕީޑެއްގައި ކަމަށެވެ. 

މިގެނެވުނު ހެޔޮ ބަދަލުތަކާއެކު ރައްޔިތުން އިންޓަރނެޓްގެ ބޭނުން ހެޔޮ ގޮތުގައި ބޭނުން ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. ޝައުނާ ވިދާޅުވީ، ރައްޔިތުން އެދޭ ބަދަލު ގެނެސްދެވޭނެ ކަމަށެވެ.

މިނިސްޓަރ އައިމިނަތު ޝައުނާ

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2023

ރަސްފަރި ފަރު އަލުން އިޔާދަކުރުމަށް، އެފަރުގެ ވަކި ސަރަހައްދެއްގައި މުރަކަ ނާސަރީއެއް ހައްދައިފި

05 ނޮވެމްބަރު 2023
ރަސްފަރި ފަރު އަލުން އިޔާދަކުރުމަށް، އެފަރުގެ ވަކި ސަރަހައްދެއްގައި މުރަކަ ނާސަރީއެއް ހައްދައިފި
30 އޯގަސްޓު 2023

މޫސުމީ ބަދަލުތައް ދެނެގަނެ، ހައްލު ހޯދުމަށް އައު އީޖާދީ ޓެކްނޮލޮޖީ ބޭނުންކުރަންޖެހޭ: މިނިސްޓަރު ޝައުނާ

30 އޯގަސްޓު 2023
މޫސުމީ ބަދަލުތައް ދެނެގަނެ، ހައްލު ހޯދުމަށް އައު އީޖާދީ ޓެކްނޮލޮޖީ ބޭނުންކުރަންޖެހޭ: މިނިސްޓަރު ޝައުނާ
30 އޯގަސްޓު 2023

ދަ މޯލްޑިވްސް އޯޝަން ހެކަތޮންގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް ފަށައިފި

30 އޯގަސްޓު 2023
ދަ މޯލްޑިވްސް އޯޝަން ހެކަތޮންގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް ފަށައިފި
09 މެއި 2023

މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް އޮތް ނުރައްކަލެއް - ޝައުނާ

09 މެއި 2023
މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް އޮތް ނުރައްކަލެއް - ޝައުނާ
05 އެޕްރީލު 2023

މާލޭގައި ގާއިމް ކުރާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއެކު މާލޭގެ ކުނި މެނޭޖްކުރުމަށް އިންގިލާބީ ބަދަލެއް އަންނާނެ: މިނިސްޓަރ

05 އެޕްރީލު 2023
މާލޭގައި ގާއިމް ކުރާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއެކު މާލޭގެ ކުނި މެނޭޖްކުރުމަށް އިންގިލާބީ ބަދަލެއް އަންނާނެ: މިނިސްޓަރ
23 ފެބުރުއަރީ 2023

ކުންޏަކީ މެނޭޖުކުރަންޖެހޭ ނަފާލިބޭނެ މަސައްކަތެއްކަން މިއަދު ދިވެހިން ގަބޫލުކުރޭ: މިނިސްޓަރު ޝައުނާ

23 ފެބުރުއަރީ 2023
ކުންޏަކީ މެނޭޖުކުރަންޖެހޭ ނަފާލިބޭނެ މަސައްކަތެއްކަން މިއަދު ދިވެހިން ގަބޫލުކުރޭ: މިނިސްޓަރު ޝައުނާ
12 ޖެނުއަރީ 2023

ގޭބިސީތަކުން މަގަށް ކުނި ނެރުން: މާލޭގެ އާއްމު ހާލަތު މިނިސްޓަރ ޝައުނާ ބައްލަވާލައްވައިފި

12 ޖެނުއަރީ 2023
ގޭބިސީތަކުން މަގަށް ކުނި ނެރުން: މާލޭގެ އާއްމު ހާލަތު މިނިސްޓަރ ޝައުނާ ބައްލަވާލައްވައިފި
05 ޑިސެމްބަރު 2022

ޔޫއޭއީ އިން ރާއްޖޭގެ ތަރައްޤީގައި އަދާކުރާ ރޯލަކީ އަގު ނުކުރެވޭފަދަ މުހިންމު ރޯލެއް: ޝައުނާ

05 ޑިސެމްބަރު 2022
ޔޫއޭއީ އިން ރާއްޖޭގެ ތަރައްޤީގައި އަދާކުރާ ރޯލަކީ އަގު ނުކުރެވޭފަދަ މުހިންމު ރޯލެއް: ޝައުނާ
26 އޮކްޓޯބަރު 2022

ރާއްޖޭގައި މުރަކަތައް ހިމާޔަތް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ: މިނިސްޓަރ ޝައުނާ

26 އޮކްޓޯބަރު 2022
ރާއްޖޭގައި މުރަކަތައް ހިމާޔަތް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ: މިނިސްޓަރ ޝައުނާ
13 އޮކްޓޯބަރު 2022

ކޮޕް27 ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ޒުވާނުންނާއި ކުޑަކުދިންނަށް ޙާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

13 އޮކްޓޯބަރު 2022
ކޮޕް27 ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ޒުވާނުންނާއި ކުޑަކުދިންނަށް ޙާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް