Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެކްސިޑެންޓެއްގައި ޒުވާނަކު މަރުވުމުން

ޒުވާނާގެ މަރު - ހޮސްޕިޓަލަށް ނުގެންދެވި އެތައް އިރެއް ލޭގެ ކޯރެއްގައި

އެކްސިޑެންޓް ހިނގައިދިޔަގޮތުގެ ވީޑިއޯއެއް ވަނީ އާންމުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 26 މެއި 2021 | ބުދަ 23:22
އެކްސިޑެންޓްވި ޒުވާނާ މަގުމައްޗަށް ވެއްޓިފައި

އެކްސިޑެންޓްވި ޒުވާނާ މަގުމައްޗަށް ވެއްޓިފައި

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 22 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ.

މި އެކްސިޑެންޓު ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ބުދަ ދުވަހުގެ ރޭގެ 10:00ހާއިރު ކަމަށާއި، މިއީ ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިޔަލެއްގައި، ދުއްވާފައި ދިޔަ ސައިކަަލަކުން ޖެހި ހިނގި އެކްސިޑެންޓެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި އެކްސިޑެންޓުގައި ނިޔާާވި މީހާއަކީ ސައިކަލުގެ ފަހަތުގައި އިން މީހާ ކަމަށާއި، އޭނާ ނިޔާވެފައިވަނީ އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

މިހާދިސާ ހިނގިތާ ކުޑައިރުކޮޅެއް ތެރޭގައި އެސަރަހައްދަށް ދިޔަ މީހަކު "ރާއްޖެއެމްވީ"އަށް މައުލޫމާތުދެމުން ބުނީ، އޭނާއަށް އެސަރަހައްދަށް ދެވުނީ ގާތްގަނޑަކަށް 9:35 ހާއިރުކަމަށެވެ. އޭރު ޒުވާނާގެ ކަރުން ހޯސްލާފައި ލޭ އަންނަކަމަށެވެ. އަދި އޭރުވެސް ޒަޚަމްވެފައިވާ ޒުވާނާ ހަރަކާތްކުރަމުން ދިޔަ ކަމަށެވެ.

އަދި ފުލުހުންނާއި ސިފައިންވެސް އޭރު ސީންގައި ތިބިކަމަށް އޭނާ ބުންޏެވެ. އަދި ޒަޚަމްވެއިވާ ޒުވާނާ އަވަހަށް ހޮސްޕިޓަލަށް ގެންދިޔުމަށް ސިފައިންނާއި ފުލުހުން ކައިރީގައި އެދުމުން، އެންބިއުލާންސް އެބަ އަންނަ ކަމަށް ބުނި ކަމަށް އެމީހާ ބުންޏެވެ.

ނަމަވެސް އެންބިއުލާންސް އައީ ގާތްގަނޑަކަށް 14 ވަރަކަށް މިނެޓު ފަހުން ކަމަށާއި، ޒަޚަމްވެފައިވާ ޒުވާނާ އެހެން ގޮތަކުން ވިއަސް އަވަހަށް ހޮސްޕިޓަލަށް ގެންދިޔުމަށް ސިފައިންނާއި ފުލުހުންވެސް މަސައްކަތްނުކުރާކަމަށް އޭނާ ބުންޏެވެ. އޭނާ އިތުރަށް ބުނީ، އެންބިޔުލާންސަށް ޒުވާނާ އެރުވިއިރު ހޭ ނެތްކަމަށެވެ.

މިއެކްސިޑެންޓް ހިނގިތާ ކުޑަ ވަގުތުކޮޅެއް ފަހުން، ހާދިސާ ހިނގި ގޮތުގެ (1 މިނެޓާއި 52 ސިކުންތުގެ) ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ވަނީ ދައުރުވާން ފަށާފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެގޯޅީގައި ބާއްވާފައި އޮންނަ ގާޑިޔަލެއް ކައިރީގައި ދެ ސައިކަލެއް ވެއްޓިފައި އޮވެއެވެ. އަދި ގާޑިޔާ ކައިރިން ޒުވާނަކު ހިނގާފައި އަންނަ ތަން ފެނެއެވެ. އެއީ ހާދިސާގައި ޒަޚަމްވި ޒުވާނާއެވެ. އެއާއެކު ބަޔަކު ބާރަށް ހަޅޭއްލަވައި ގަނެއެވެ.

ޒަހަމްވި ޒުވާނާ ހިނގާފައި އައިސް އަރި އަޅާލައިގެން ވެއްޓޭތަން ފެނެއެވެ. އޭރުވެސް އެޒުވާނާ ކައިރީގައި ގިނަ އަދަދެއްގެ ބަޔަކު ތިއްބެވެ. އެތާ ހުރި ޒުވާނަކު ޓީޝާޓު ބާލައި، އެޓީޝާޓު ބޭނުންކޮށްގެން، ލޭ މަނާކުރެވޭތޯ މަސައްކަތްކުރާ މަންޒަރު ފެނެއެވެ. ނަމަވެސް 10 ސިކުންތާއި 20 ސިކުންތާއި ދޭތެރޭގައި ލޭގެ ކޯރެއް ބިންމަތީގައި ހެދިގެންދާ މަންޒަރު ވީޑިއޯއިން ފެނެއެވެ. އެންބިއުލާންސަށް ގުޅާށޭ އެއް ބަޔަކު ބުނާ އަޑުވެސް އިވެއެވެ.

އަދި ސިފައިންނާއި ފުލުހުންވެސް ސީންއަށް ދިޔަތަން ފެނެއެވެ. ބެލެވޭގޮތުގައި އެއީ ކާފިއު ވަގުތުގައި، މަގުމަތީގައި ފޯރިމަރަން ތިބި ފުލުހުންނާއި ސިފައިންނެވެ.

އެކްސިޑެންޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

10 ނޮވެމްބަރު 2025
މި މަހުގެ 8 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް

މި މަހުގެ 8 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް

10 ނޮވެމްބަރު 2025
ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

08 ނޮވެމްބަރު 2025
ހުޅުދޫ ގައި ރައީސްގެ ސެކިއުރިޓީ ވެހިކަލް އިން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހުޅުދޫ ގައި ރައީސްގެ ސެކިއުރިޓީ ވެހިކަލް އިން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު