Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮންޓޭ އިންޓަ ދޫކޮށްލުން

ލީގު ހޯދައިދިނުމަށް ފަހު ކޮންޓޭ އިންޓަ ދޫކޮށްލައިފި

26 މެއި 2021 | ބުދަ 20:36

11 އަހަރަށްފަހު އިންޓައިން ވަނީ ލީގު ޗެމްޕިއަންކަން ހޯދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 މެއި 2021 | ބުދަ 20:36
އިންޓަގެ ކޯޗުކަން ދޫކޮށްލަން ނިންމި އެންޓޯނިއޯ ކޮންޓޭ

އިންޓަގެ ކޯޗުކަން ދޫކޮށްލަން ނިންމި އެންޓޯނިއޯ ކޮންޓޭ

އިޓާލިއަން ލީގުގެ ޗެމްޕިއަންކަން އިންޓަ މިލާނަށް ހޯދައިދިނުމަށް ފަހު އެ ޓީމުގެ ކޯޗުކަން ދޫކޮށްލަން އެންޓޯނިއޯ ކޮންޓޭ ނިންމައިފިއެވެ.

މި ސީޒަނުގެ ލީގު ޗެމްޕިއަންކަން އިންޓައިން ހޯދިއިރު، މިއީ މިދިޔަ 11 އަހަރު ތެރޭ އެ ޓީމުން ލީގު ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ އިންޓައިން އެ ކުލަބުގެ ތާރީޚުގައި ލީގު ކާމިޔާބުކުރި 19 ވަނަ ފަހަރެވެ. މި ސީޒަނުގެ ކުރިން އިންޓައިން އެންމެ ފަހުން ލީގު ކާމިޔާބުކޮށްފައިވަނީ 2009-2010 ވަނަ އަހަރުގެ ސީޒަނުގައި، ޖޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުންނެވެ.

އަދި މި ފަހަރުގެ ލީގުގެ ޗެމްޕިއަންކަން އިންޓައިން ހޯދިއިރު، މިއީ ފާއިތުވި 10 އަހަރު ތެރޭ ޔުވެންޓަސް އަތުން ލީގު ގެއްލުނު ފުރަތަމަ ފަހަރެވެ. އެގޮތުން ޔުވެންޓަސް ނޫން ޓީމަކުން އެންމެ ފަހުން އިޓާލިއަން ލީގުގެ ތަށި އުފުލާލީ 2010-2011 ވަނަ އަހަރުގެ ސީޒަނުގައި އޭސީ މިލާނުންނެވެ.

އެކަމަކު ލީގު ހޯދުމަށްފަހު ކުއްލި ގޮތަކަށް ކޮންޓޭ ވަނީ އެ ޓީމުގެ އެއްބަސްވުން އުވާލަން އެދިފައެވެ. އެއާއެކު ބުދަ ދުވަހުގެރޭ އިންޓައިން ވަނީ ދެ ފަރާތް އެއްބަސްވެގެން ކޮންޓޭގެ އެއްބަސްވުން އުވާލަން ނިންމާފައިވާކަން އިއުލާން ކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އެއްބަސްވުން އުވާލުމާއެކު އިންޓައިން ކޮންޓޭއަށް ހަތް މިލިޔަން ޔޫރޯ ދައްކަން ޖެހޭނެއެވެ.

ކުއްލި ގޮތަކަށް އިންޓަ ދޫކޮށްލަން ކޮންޓޭ ނިންމީ އެ ޓީމުގެ ދަރަނިތައް ކުޑަކުރުމުގެ ގޮތުން 80 މިލިޔަން ޔޫރޯއަށް ވާ ވަރަށް ކުޅުންތެރިން ވިއްކާލަން އެ ޓީމުގެ ވެރިން ނިންމުމާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި ރޮމެލޫ ލުކާކޫ، އަޝްރަފް ހަކީމީ، ނިކޯލޯ ބަރެއްލާ، ލަޓާރޯ މާޓިނޭޒް އަދި މިލާން ސްކްރިނިއޭ ހިމެނޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ސީޒަނަށްފަހު ކޮންޓޭ އިންޓަ ދޫކޮށްލިއިރު، އޭނާ އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރުއެވެ. ރިޕޯޓުތައް ބުނާގޮތުން ކޮންޓޭގެ ބަދަލުގައި އިންޓައިން ގެންނަން މަސައްކަތްކުރަނީ ލާޒިއޯގެ ކޯޗު ސިމޯން އިންޒާގީ ނުވަތަ ކުރިން ޔުވެންޓަސް އާއި އޭސީ މިލާނަށް ކޯޗުކޮށްދިން މެސިމިލިއާނޯ އަލެގްރީއެވެ.

އެންޓޯނިއޯ ކޮންޓޭއިންޓަރ މިލާން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
01 ޖުލައި 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް
26 ޖޫން 2025

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް
04 ޖޫން 2025

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި
06 މެއި 2025

އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް

06 މެއި 2025
އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް
03 މެއި 2025

އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި

03 މެއި 2025
އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި
01 މެއި 2025

ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު

01 މެއި 2025
ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު
26 ފެބުރުއަރީ 2025

ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް

26 ފެބުރުއަރީ 2025
ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
27 ޖެނުއަރީ 2025

ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި

27 ޖެނުއަރީ 2025
ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް