Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގާޒާ އާރާސްތުކުރުން

ގާޒާ އާރާސްތުކުރުމަށް ލިބޭ އެހީ ހަމާސްއިން ބޭނުމެއް ނުކުރާނެ

އެހީތެރިކަން ބޭނުންކުރަމުންދާނީ ދެފުށް ފެންނަގޮތަށް އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމެއްނެތި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 26 މެއި 2021 | ބުދަ 20:22
ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފިން ގާޒާއަށް ކަނޑައަޅާފައި ހުންނަ ވެރިޔާ ޔަހްޔާ ސިންވަރު

ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފިން ގާޒާއަށް ކަނޑައަޅާފައި ހުންނަ ވެރިޔާ ޔަހްޔާ ސިންވަރު

އިސްރާއީލް ސިފައިންނާއި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު 11 ދުވަސްވަންދެން ކުރިޔަށް ދިޔަ ހަނގުރާމައިގައި ގާޒާއަށް ލިބިފައިވާ ގެއްލުންތައް އާރާސްތުކުރުމަށް ބައިނަލްއަގްވާމީ ގޮތުން ލިބެމުންދާ އެހީތެރިކަމުގެ އެންމެ ސެންޓެއްގެ މިންވަރުވެސް ގާޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސްއިން ބޭނުން ނުކުރާނެ ކަމަށް އެޖަމާއަތުން ބުނެފިއެވެ.

ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފިން ގާޒާއަށް ކަނޑައަޅުއްވާފައި ހުންނަ ވެރިޔާ ޔަހްޔާ ސިންވަރު ވަނީ ގާޒާ އާރާސްތުކުރުމަށް ލިބެމުންދާ އެހީތެރިކަން ބޭނުންކުރަމުންދާނީ ދެފުށް ފެންނަގޮތަށް އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމެއްނެތި ހަމަހަމަކަމާއެކު ކަމަށް ވައުދުވެ ވަަޑައިގެންފައެވެ. ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކާއި އިސްރާއީލާއި ދެމެދު ކުރިޔަށްދިޔަ ހަނގުރާމަ ހުއްޓާލާ ހަމަލާ ބަދަލުކުރަން ހުއްޓާލަން ދެ ފަރާތުން އެއްބަސްވިފަހުން ހަ ދުވަސް މިހާރު ވަނީ ވެފައެވެ. މިހަނގުރާމައިގައި އިސްރާއީލުން ވަނީ ގާޒާގެ ބޮޑު ސަރަހައްދަކަށް ބޮން އަޅާ އިމާރާތްތައް ބިމާ ހަމަކޮށްލާފައެވެ.

ސިންވަރު ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުންނާއި އަރަބި ދުނިޔެއިން ގާޒާ އާރާސްތުކުރުމަށް ލިބޭ ކޮންމެ އެހީއަކަށް އެޖަމާއަތުން މަރުހަބާ ކިޔާކަމަށެވެ.

ސިންވަރު މިމޭރުމުން ވާހަކަދައްކަވާފައި ވަނީ ގާޒާ އާރާސްތުކުރުމަށް އެމެރިކާއިން އެހީތެރިކަން ދޭނެކަމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެފައިވަނިކޮށެވެ. ބްލިންކެން ވިދާޅުވެފައިވަނީ އެމެރިކާއިން ދޭ އެހީތެރިކަން ހަމާސްގެ ބޭނުންތަކަށް ބޭނުންކޮށްގެން ނުވާނެކަމަށެވެ.

އެހެންކަމުން އެމެރިކާއިން މަސައްކަތްކުރަމުން އަންނަނީ ރާމަﷲ ގައި ވެރިކަން ކުރަމުން އަންނަ ފަލަސްތީން އޮތޯރިޓީ (ޕީއޭ) އާ ގުޅިގެން ގާޒާ އާރާސްތުކުރުމުގެ މަސައްކަތް ކުރަމުން ދިޔުމަށެވެ. އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެކެވެ. އެހެންކަމުން ހަމާސް ޖަމާއަތް ބާރުގަދަވެގެންދާނެ އެއްވެސް ކަމެއް ކުރާކަށް އެމެރިކާއިން ބޭނުމެއްނުވެއެވެ. އަދި ގާޒާ އާރާސްތުކުރުމަށް ދޭ އެހީތެރިކަން ހަމާސް ޖަމާއަތަށް ލިބި އެޖަމާއަތް ބާރުގަދަ ކުރުމުގެ ވަސީލަތަކަށް އެކަން ވާކަށް އެމެރިކާ ބޭނުމެއްނުވެއެވެ.

ސިންވަރު ވިދާޅުވީ ބްލިންކެން އެމޭރުމުން ވާހަކަދެއްކެވީ ފަލަސްތީނުގައި އުފެދިފައިވާ އެކި ޖަމާއަތްތަކުގެ މެދުގައި އުފެދިފައިވާ ވާދަވެރިކަން ބޮޑުކޮށް އެފަރާތްތަކުގެ މެދުގައި ހަމަނުޖެހުން އުފެއްދުމަށެވެ. ނަމަވެސް އެފަދަ ކަމެއްގެ ތެރެއަށް ހަމާސް އިން ނުވަންނާނެކަމަށާއި ގުޅިގެން މަސައްކަތްކުރާނެ ކަމަށް ސިންވަރު ވިދާޅުވިއެވެ.

އަނެއްކޮޅުން އިނގިރޭސިވިލާތުގެ ފޮރިން ސެކެޓްރީ ޑޮމިނިކް ރާބް ވެސް ވަނީ ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން 4.5 މިލިއަން ޑޮލަރު އދގެ ރިލީފް މަސައްކަތްކުރާ އެޖެންސީތަކަށް ދޭނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ. ޔޫރަޕިއަން ކޮމިޝަނުންވެސް ވަނީ 9.8 މިލިއަން ޑޮލަރު ފަލަސްތީނު އާރާސްތުކުރުމަށް ދޭނެކަމަށް ބުނެފައެވެ.

11 ދުވަސްވަންދެން އެއްގަމާއި ކަނޑާއި ވައިގެ މަގުން އިސްރާއީލްގެ ސިފައިން ގާޒާއަށް ބޮން އެޅުމުގެ ސަބަބުން 254 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި 66 ކުޑަކުދިން ހިމެނެއެވެ.

ފަލަސްތީންޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު