Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާއަށް ދަތުރުކުރުން

އިންޑިއާ ނޫން އެހެން ޤައުމުތަކަށް ލަންކާއިން ލުއިދެނީ

26 މެއި 2021 | ބުދަ 10:55

ލުއި ދެނީ 31 މެއި ވާ ހޯމަ ދުވަހުގެ ނިޔަލަށް އަޅާފައިފައިވާ ފިޔަވަޅުތަކުގެ މުއްދަތު ހަމަވުމުން ޖޫން 1ން ފެށިގެން

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 26 މެއި 2021 | ބުދަ 10:55
އެ ގައުމަށް އެއްވެސް މީހަކަށް އެތެރެ ނުވެވޭގޮތަށް އޮތް އޮތުމަށް މިހާރު މިވަނީ ބަދަލު ގެނެސްފައި

އެ ގައުމަށް އެއްވެސް މީހަކަށް އެތެރެ ނުވެވޭގޮތަށް އޮތް އޮތުމަށް މިހާރު މިވަނީ ބަދަލު ގެނެސްފައި

ކޮވިޑް 19ން ރައްކާތެރިވުމުގެ ގޮތުން ލަންކާއިން އަޅާފައިވާ ފިޔަވަޅުތަކަށް އިންޑިއާ ފިޔަވައި އެހެން ގައުމުތަކަށް ލުއި ދޭނެކަން ލަންކާއިން އިއުލާންކޮށްފިއެވެ.

ލަންކާއިން މި ލުއި ދޭނީ، 21 މެއި ވީ ހުކުރު ދުވަހުގެ ރޭ 11:59ން ފެށިގެން 31 މެއި ވާ ހޯމަ ދުވަހުގެ ރޭ 11:59ގެ ނިޔަލަށް އަޅައިފައިވާ ފިޔަވަޅުތަކުގެ މުއްދަތު ހަމަވުމުން ޖޫން 1ން ފަށައިގެންނެވެ. ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް އެ ގައުމުން އަޅާފައިވާ އެންމެ މުހިންމު ފިޔަވަޅަކީ ކަރަންޓީންވާ އުސޫލަށް ގެނައި ބަދަލުތަކެވެ. މިހާރު ނިންމާފައިވާ ނިންމުމުގެ ދަށުން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމަށް ދަތުރުކުރާ ހުރިހާ އެންމެން 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހޭނެއެވެ. ކަރަންޓީންވާން ޖެހޭނީ ލަންކާ ސަރުކާރުން ކަނޑައަޅާ ކަރަންޓީން ހޮޓަލެއް ނުވަތަ ސެންޓަރެއް ނުވަތަ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ލެވެލް 1ގެ ހޮޓަލެއްގައެވެ. އެ ގައުމަށް ދަތުރުކުރާ 12 އަހަރުން މަތީގެ ހުރިހާ ކުދިންނާއި މީހުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ދޫކުރެވޭނީ، އެ ގައުމަށް ދަތުރުކުރާ ފުރަތަމަ ދުވަހު ހަދާ "އޮން އެރައިވަލް ޕީސީއާރް" ޓެސްޓާއި، ކަރަންޓީނުގެ 11 ވަނަ ދުވަހާއި 14 ނަ ދުވަހާ ދެމެދު ހަދާ "އެގްޒިޓް ޕީސީއާރް" ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން ކަމަށް ވަނީ އަންގާފައެވެ.

އެރައިވަލް އަދި އެގްޒިޓް ޕީސީއާރް ހަދަން ނުޖެހޭނީ ދެ އަހަރުން ދަށުގެ ކުދިންނަށް އެކަންޏެވެ. ކަރަންޓީން ކުރުމުގެ އުސޫލަށް މިގޮތަށް ބަދަލު ގެނެސްފައިވީނަމަވެސް، ކްރިޓިކަލް ފަރުވާއަށް ގޮސް ހޮސްޕިޓަލުގައި ކަރަންޓީންވާން އެދޭ މީހުން، ހޮސްޕިޓަލާއި ސްރީލަންކާގެ ހެލްތް މިނިސްޓްރީގެ ޚާއްސަ ހުއްދައިގެ ދަށުން، ބޭސްފަރުވާއަށް ދަތުރުކުރުމުގެ ފުރުސަތު ކުރިއެކޭ އެއްގޮތަށް މި މުއްދަތުގައި ވެސް ފަހިވެފައި އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެހެންކަމުން ސްރީލަންކާއަށް ދަތުރުކުރާ ދިވެހިން މިކަމަށް ސަމާލުކަން ދިނުމަށް މިނިސްޓްރިންވަނީ އެދިފައެވެ. މި ފިޔަވަޅުތަކަށް ބަދަލު އައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

ލަންކާއަކީ ތައުލީމު ހާސިލުކުރުމަށާއި އެކި ބޭނުންތަކުގައި ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުން އަންނަ ގައުމެކެވެ. ލަންކާގައި ކޮވިޑް ކޭސްތައް 13،0000ށް އަރާފައިވާއިރު، މަރުވި މީހުންގެ އަދަދު 800ން މައްޗަށް ވަނީ އަރާފައެވެ. ލަންކާގެ ހާލަތު ގޯސްވާން ފަށާފައިވަނީ އިންޑިއާގައި މިހާރު ފެތުރެމުންދާ ކޮވިޑުގެ ވޭރިއެންޓް ލަންކާގައި ވެސް ފެތުރެން ފެށުމާއެކުއެވެ. ލަންކާގެ އިތުރުން ވެސް 17 ގައުމެއްގައި މި ވޭރިއެންޓް އުޅޭކަމަށް ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ހާމަކޮށްފައިވާއިރު، އިންޑިއާގައި މިހާރު ފެތުރެމުންދާ ވޭރިއެންޓަކީ "ވޭރިއެންޓް އޮފް ކޮންސަރން" އެއް ކަމަށް އެ ޖަމުޢިއްޔާއިން ވަނީ ކަނޑައަޅާފައެވެ.

ކޮވިޑް-19

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް