Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕާކިސްތާނުން އަޅާ ފިޔަވަޅުތައް

ޕާކިސްތާންގެ ނުރައްކާ ލިސްޓަށް ރާއްޖެ

26 މެއި 2021 | ބުދަ 08:46

މި ލިސްޓްގައި މިހާރު ރާއްޖެ ހިމެނޭހެން 38 ޤައުމެއް ހިމެނޭ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 26 މެއި 2021 | ބުދަ 08:46
ޕާކިސްތާންގެ ޓްރެވަލް ރެސްޓްރިކްޝަން ކެޓަގަރީ 'ސީ'ގައި ރާއްޖެ ވަނީ ލިސްޓްކޮށްފައި

ޕާކިސްތާންގެ ޓްރެވަލް ރެސްޓްރިކްޝަން ކެޓަގަރީ 'ސީ'ގައި ރާއްޖެ ވަނީ ލިސްޓްކޮށްފައި

ޕާކިސްތާންގެ ނުރައްކާ ލިސްޓުގައި ރާއްޖެ ހިމެނި، ދަތުރުކުރުން މަނާކޮށްފިއެވެ.

ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މީހުން ޕާކިސްތާނަށް އެތެރެވުން މަނާކޮށްފައިވާކަން ރާއްޖޭގެ ޓުއަރިޒަމް މިނިސްޓްރީއިން ވަނީ ކަށަވަރުކޮށްދީފައެވެ. ޓޫރިޒަމް މިނިސްޓްރީން ނެރުނު ސަރކިއުލަރއެއްގައި ބުނެފައިވަނީ ޕާކިސްތާންގެ ކެޓަގަރީ 'ސީ'ގެ ލިސްޓުގައި ރާއްޖެ ހިމެނާފައިވާކަން ރާއްޖޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނުން އަންގާފައިވާކަމަށެވެ. އަދި ކެޓަގަރީ 'ސީ'ގައި ހިމެނޭ ޤައުމުތަކުން ޕާކިސްތާނަށް އެތެރެވުން މަނާވާނެ ކަމަށާއި، އެހެންކަމުން ރާއްޖޭގެ ޓޫރިޒަމް ފެސިލިޓީތަކުން މިކަމަށް ސަމާލުވުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ.

Advertisement - newsAdvertisement

ކޮވިޑް-19އިން ރައްކާތެރިވުމަށް ޕާކިސްތާނުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން މިފަހުން ވަނީ ކެޓަގަރީ 'ސީ'ގެ ލިސްޓަށް 15 ޤައުމެއް އިތުރުކޮށްފައެވެ. މިއާއެކު މިލިސްޓްގައި މިހާރު ރާއްޖެ ހިމެނޭހެން 38 ޤައުމެއް ހިމެނެއެވެ. މި ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އަވައްޓެރި އިންޑިއާ، ނޭޕާލް، ބޫޓާން، ބަންގްލަދޭޝް، ސްރިލަންކާފަދަ ކޮވިޑް ބަލި ހަލުވިމިނުގައި ފެތުރޭ ޤައުމުތައް ހިމެނޭއިރު، ބްރެޒިލްއާއި، ޗިލީ، އީރާން ފަދަ ބަލީގެ ޙާލަތައް ބަދަލެއް ނައިސް ދިގު މުއްދަތެއްވެފައިވާ ޤައުމުތައް ވެސް ހިމެނެއެވެ.

ޕާކިސްތާނުން ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ކޮވިޑްގެ ބަލިމަޑުކަން އޮތް ހާލަތަށް ބަލައި އެކި ކެޓަގަރީތަކަށް ޤައުމުތައް ބަހާލާފައެވެ. އެގޮތުން ކެޓަގަރީ 'އޭ' ގައި ހިމެނޭ ޤައުމުތަކުން ޕާކިސްތާނަށް އެތެރެވާ މީހުން ޕީސީއާރު ޓެސްޓު ހަދާކަށް ނުޖެހެއެވެ. އަދި ކެޓަގަރީ 'ބީ'ގައި ހިމެނޭ ޤައުމުތަކުން ޕާކިސްތާނަށް އެތެރެވުމަށް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއެއް ހުށަހަޅަން ޖެހެއެވެ. އަދި ކެޓަގަރީ 'ސީ' ގައި ހިމެނޭ ޤައުމުތަކުން ޕާކިސްތާނަށް މީހުން އެތެރެވުން މަނާވާނެކަމަށް ވަނީ ކަނޑައަޅާފައެވެ.

ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މީހުން ޕާކިސްތާނަށް އެތެރެވުން މަނާކޮށްފައިވާއިރު، މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ރާއްޖެއިން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ކޮވިޑްގެ 4 ވަނަ ރާޅާއެކު މިބަލީގެ ނުރައްކާ ރާއްޖޭގައި ދުވަހަކުވެސް އިތުރު ނުވާ މިންވަރަށް މިވަނީ އިތުރުވެފައެވެ. އެގޮތުން ޕޮޒިޓިވްވާ ކޭސްތައް 1000ން މަތިން ރިކޯޑްކުރާ އިރު މި ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް ދަނީ ރިކޯޑް މިންވަރަކަށް އިތުރުވަމުންނެވެ. ރާއްޖޭގައި ކޮންމެ ދުވަހަކު ވެސް މަދުވެގެން ތިން މީހަކު ނިޔާވެގެން ރިޕޯޓު ނުކުރާ ދުވަހެއް މިހާރު ނުދެއެވެ. ކޮންމެ ދުވަހެއްގެ މަރުތައް ވެސް ރިޕޯޓުކުރަނީ ވަރަށް ކައިރިކައިރީގައެވެ. އެގޮތުން ގިނަ ފަހަރު ދެމީހެއްގެ މަރުގެ ވަގުތުގެ ދެމެދުގައި ގަޑި އިރެއް ވެސް ހަމަނުވެއެވެ. ގިނަ މީހުން މަރުވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީންނެވެ. އެ ފެސިލިޓީ ވެސް ފުރިފައިވާއިރު އެތަނުގައި އެކަށީގެންވާ ޚިދުމަތްދެވޭ ވަރަށް ސިއްހީ ޚިދުމަތްތެރިން ނެތް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކޮވިޑްގެ 52 މަރު ރިޕޯޓް ކުރި އިރު، މި މަހުގެ ތެރޭގައި އެކަނި ވެސް 70ށް ވުރެ ގިނަ މީހުން ވަނީ ނިޔާވެފައެވެ. އެހެންނަމަވެސް،، ކޮވިޑް-19ގައި ރާއްޖެ މިހާރު ކުރިމަތިލާފައިވާ އެންމެ ބިރުވެރި ޙާލަތުން އަރައިގަތުމުގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށް ޖުލައި މަހު މިކަމުން އަރައިގަނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ އަންދާޒާކުރައްވާފައެވެ. މެއި މަހު ފެށުނުއިރު މާލެ ސަރަހައްދުގައި ޕޮޒިޓިވިޓީ ރޭޓް 50 އިންސައްތައިގައި ހުރިއިރު، އޭރު އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ޕޮޒިޓިވްވާ ރޭޓް 45 އިންސައްތައަށް ވަނީ ދަށްކޮށްފައެވެ. އަދި މިހާރު އިތުރަށް ހަރުހަށިކޮށްފައިވާ ފިޔަވަޅުތަކުން މިކަމުގެ ނަތީޖާ އިތުރަށް ފެނިގެންދާނެކަމަށް އުންމީދުކުރައްވާ ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް