Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލް

ޓްރީޓޮޕް ހޮސްޕިޓަލަކީ ފަޚުރުވެރިވާ އިންވެސްޓްމަންޓެއް: ބީއެމްއެލް

ހޮސްޕިޓަލްގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކުރުމަށްވެސް ފަންޑުކުރާނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 11 މެއި 2017 | ބުރާސްފަތި 16:19
ޓްރީޓޮޕް ހޮސްޕިޓަލްއަށް ބީއެމްއެލްއިން ޒިޔާރަތްކުރުން

ޓްރީޓޮޕް ހޮސްޕިޓަލްއަށް ބީއެމްއެލްއިން ޒިޔާރަތްކުރުން

އެންމެ ޒަމާނީ ޓެކްނޮލަޖީއާ އެކު ހަދާ ޓްރީޓޮޕް ހޮސްޕިޓަލަކީ ފަޚުރުވެރިވާ އިންވސްޓްމަންޓެއް ކަމަށް ބީއެމްއެލްއިން ބުނެފި އެވެ.

އެބޭންކުން މިހެން ބުނެފައި ވަނީ ބޭންކް އޮފް މޯލްޑިވްސްއިން ބައިވެރިވާ އިންވެސްޓްމަންޓެއް ކަމުގައިވާ ޓްރީޓޮޕް ހޮސްޕިޓަލް މަޝްރޫއުގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް ބައްލަވާލެއްވުމަށް ބޭންކްގެ ސީނިއާ މެނޭޖްމަންޓުން ހުޅުމާލެއަށް ޒިޔާރަތްކުރުމަށްފަހުގަ އެވެ.

ޓްރީޓޮޕް އިންވެސްޓްމަންޓްގެ ޑިރެކްޓަރ އަހުމަދު ސަލީމްގެ ދައުވަތަކަށް ކުރެއްވި މި ޒިޔާރަތަށް ފަހު ބީއެމްއެލްއިން ވަނީ މި ހޮސްޕިޓަލްގައި ސެލްފް ސާވިސް (ފައިސާ ޖަމާކޮށް އަދި ނެގޭނެ) އޭޓީއެމްގެ ޚިދުމަތް ގާއިމްކުރާނެ ކަން ހާމަކޮށްފައެވެ.

ހޮސްޕިޓަލްގެ މަސައްކަތް ކުރިޔަށްދާ ގޮތް އަދި އެ ހޮސްޕިޓަލްއިން ފޯރުކޮށްދޭން ތައްޔާރުވަމުން އަންނަ ޚިދުމަތްތަކާ މެދު ތަޢުރީފްކުރައްވަމުން ބޭންކްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ މިއީ ހަމަޔަގީނުންވެސް ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ހޮސްޕިޓަލެއް ކަމަށާއި އަދި މި ހޮސްޕިޓަލް ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މި ހޮސްޕިޓަލްގައި ގާއިމްކުރެވޭ ޚިދުމަތްތައް ވާނީ ރާއްޖޭގައި ބަލި މީހުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ޚިދުމަތްތަކަކަށް ކަމަށާއި މި ބިޔަ މަޝްރޫއުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ ދުރު ވިސްނުމާއި ނުގުޑާ ފަދަ އަޒުމާ މެދު ފަޚުރުވެރިވާ ކަމަށް ހީލީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ބޭންކުން ކުރަމުން މިދަނީ ވަރަށް ރައްކާތެރި އިންވެސްޓްމަންޓެއްކަން އަދި އަޅުގަނޑުމެން އިންތިޒާރުކުރަމުން މިދަނީ ހުޅުމާލެއަށް އަދި މުޅި ދިވެހި ރާއްޖެއަށް މި ހޮސްޕިޓަލްގެ ފައިދާ ލިބޭނެ ދުވަހަކަށް." ހީލީ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި

23 ފެބުރުއަރީ 2017
ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި
19 ފެބުރުއަރީ 2017

އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި

19 ފެބުރުއަރީ 2017
އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި
18 ފެބުރުއަރީ 2017

ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

18 ފެބުރުއަރީ 2017
ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި
14 ފެބުރުއަރީ 2017

ކެއަރ ސޮސައިޓީއަށް ބީއެމްއެލް އިން 150،000ރ. ހަދިޔާކޮށްފި

14 ފެބުރުއަރީ 2017
ކެއަރ ސޮސައިޓީއަށް ބީއެމްއެލް އިން 150،000ރ.  ހަދިޔާކޮށްފި
13 ފެބުރުއަރީ 2017

ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި

13 ފެބުރުއަރީ 2017
ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
10 ފެބުރުއަރީ 2017

ދުއިސައްތަ ވަނަ ކޭޝް އެޖޭންޓް ބީއެމްއެލްއިން ހަމަޖައްސައިފި

10 ފެބުރުއަރީ 2017
ދުއިސައްތަ ވަނަ ކޭޝް އެޖޭންޓް ބީއެމްއެލްއިން ހަމަޖައްސައިފި
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
31 ޖެނުއަރީ 2017

މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި

31 ޖެނުއަރީ 2017
މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު