Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19ން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުން

މޮނިޓަރިންގގައި އޮންނަ ރަށްރަށުގައި ކާފިއު ހިންގަނީ

މިވަގުތުވެސް 74 ރަށެއް ވަނީ މޮނިޓަރިންގ ގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 މެއި 2021 | އަންގާރަ 08:17
އައްޑޫ ސިޓީ - ކޮވިޑްގެ ކޭސްތައް ފެނިގެން ފިޔަވަޅު ވަނީ ވަރުގަދަކޮށްފައި

އައްޑޫ ސިޓީ - ކޮވިޑްގެ ކޭސްތައް ފެނިގެން ފިޔަވަޅު ވަނީ ވަރުގަދަކޮށްފައި

ކޮވިޑް-19ން ރައްކާތެރިވުމަށް ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މޮނިޓަރިންގ ގެ ހާލަތަށް ގެނެވޭ ރަށްރަށުގައި ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އަންގައިފިއެވެ.

އެގޮތުން ބުދަ ދުވަހުން ފެށިގެން މޮނިޓަރިންގ ގައި އޮންނަ ރަށްރަށުގައި ރޭގަނޑު 9ން ފެށިގެން ފަތިހު 4ށް އެއްގަމު އުޅަނދުފަހަރު އުދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނިކުތުން ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް ރަށުގައި ބަލިފެތުރުމުގެ ހާލަތަށް ބަލައި މި ފިޔަވަޅު އަޅައިފައިވާ ވަގުތަށް ބަދަލުގެނެވޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

Advertisement - newsAdvertisement

ކާފިއު ހިންގާފައި އޮންނަ ވަގުތުތަކުގައި ސިފައިންނާއި ފުލުހުން، ސިއްހީ ޚިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެމުވައްޒަފުން ދުއްވާ އުޅަނދުފަހަރު އިސްތިސްނާވާނެއެވެ. މީގެއިތުރުން އެމްބިޔުލަންސް އާއި މޮނިޓަރިންގ ގެ ހާލަތުގައި އޮންނަ ރަށްރަށުގެ ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކާއި އެމަރޖެންސީކޮށް ސިއްހީ ޚިދުމަތް ހޯދަންޖެހޭ މީހުން އިސްތިސްނާވާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެއިތުރުން ދެން އަޅާފިޔަވަޅުތަކަކީ:

- ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުން

- ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން

- އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން

- އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމުތަންތާންގައި އެއްވެ އުޅުން ހުއްޓާލުން

- ސެލޫންތަކާއި ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދުކުރުން

- ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓާލުން

- ފިހާރަތަކުން ޚިދުމަތްދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުން

- ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކު ރިޔަށް ގެންދިޔުން ހުއްޓައިލުން

- ހޮޓާތަކާއި، ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން، މީގެތެރޭގައި ޓޭކްއަވޭ އާއި ޑެލިވަރީ ހުއްޓާލުން

ރާއްޖޭގައި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓްކުރަމުން އަންނަނީ މާލެ ސަރަހައްދުން ކަމަށްވިޔަސް އަތޮޅުތަކުގެ ވެސް ގިނަ ރަށްރަށަކުން އަންނަނީ މީހުން ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އެގޮތުން 24 މެއި ވީ ހޯމަ ދުވަހާ ހަމައަށް 74 ރަށެއް ވަނީ މޮނިޓަރިންގ ގެ ހާލަތުގައެވެ.

ކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު