Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭގައި ހަރުކަށި ފިޔަވަޅު އެޅުން

ހަވީރު 4:00ން ހެނދުނު 8:00ށް ކާފިއު ހިންގާ އެހެން ގަޑިތަކުގައި ނުކުތުމަށް ހާއްސަ ހުއްދައެއް!

މެއި 26 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަކަށް ފިޔަވަޅުތައް ވަރުގަދަ ކުރަން ވަނީ ނިންމައިފަ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 24 މެއި 2021 | ހޯމަ 12:17
ސަލާމަތީ ބާރުތަކުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ މަސައްކަތުގައި

ސަލާމަތީ ބާރުތަކުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ މަސައްކަތުގައި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު ގަޑި އިތުރުކޮށް، އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މެއި 26 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަކަށް ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމައިފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު ގަޑި ހަވީރު 4:00ން ހެނދުނު 8:00ށް ވަނީ އިތުރުކޮށްފައެވެ. އަދި ކާފިއު ނޫން އެހެން ގަޑިތަކުގައި ބޭރަށް ނުކުމެ އުޅުމުގައި އިތުރު ހިފެހެއްޓުންތަކެއް އަޅަން ނިންމާފައިވާއިރު، ކާފިއު ނޫން ގަޑީގައި ކޮންމެ ގެއަކަށް ވެސް ރެސިޑެންޝަލް ޕާމިޓެއް ދޫކުރުމަށް ވަނީ ނިންމާފައެވެ.

ރެސިޑެންޝަލް ޕާމިޓް ދޫކުރާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ހެނދުނު 8:00ން މެންދުރު 12:00ށް އަދި މެންދުރު 12:00ން ހަވީރު 4:00ށް ގެއަކަށް 2 ޕާމިޓް ދެ ގަޑިއެއްގައި ދޫކުރެވޭނެ ކަމަށް އެޗްއީއޯސީން ބުނެއެވެ. އެގޮތުން ހޯމަ ދުވަހުގެ ރޭ 8:00ން ފެށިގެން ރެސިޑެންޝަލް ޕާމިޓަށް ރިކުއެސްޓް ކުރެވޭނެ ކަމަށް އެޗްއީއޯސީން ބުނެއެވެ. ރެސިޑެންޝަލް ޕާމިޓަށް އެދޭއިރު ވެރިފިކޭޝަނެއްގެ ގޮތުގައި ގޭގެ ކަރަންޓް މީޓަރުގެ ނަންބަރު ހުށަހަޅަން ޖެހޭނެކަމަށާއި ކޮންމެ ގެއަކުން ވެސް 2 މީހަކަށް ފާސް ލިބޭނެ ކަމަށް އެޗްއީއޯސީން ބުނެއެވެ.

މީގެ އިތުރުން ގްރޭޓަރ މާލެ ސަރަހައްދު ބަހާލާފައިވާ ގޮތަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މާލެ އަދި ވިލިމާލެ އަކީ ވަކި ޒޯނެއްގެ ގޮތަށް އަދި ހުޅުމާލެއަކީ ވަކިޒޯނެއްގެ ގޮތުގައި ބަލަން ނިންމާފައިވާއިރު، މާލެ އަދި ވިލިމާލެއަށް ދޫކުރާ ފާސްތައް ހުޅުމާލޭގައި ބޭނުން ނުކުރެވޭނެކަމަށާއި ހުޅުމާލެއަށް ދޫކުރާ ފާސްތައް މާލޭގައި ބޭނުން ނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ. މިއާއެކު މާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހުޅުމާލެ ނުދެވޭ އިރު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް މާލެ ނާދެވޭނެއެވެ. ރެސިޑެންޝަލް ޕާމިޓް ކާފިއު ގަޑީގައި ބޭނުން ނުކުރެވޭ އިރު، ގެބިސީތަކުން ހުއްދަދޭ ފަރާތްތަކުގެ ނަން ބަދަލު ކުރާނަމަ ނަން ބަދަލު ކުރެވޭނީ ފުރަތަމަ ހުއްދަ ދޭތާ 72 ގަޑި އިރު ފަހުންނެވެ.

އޭގެ އިތުރުން ޑެލިވަރީގެ ހިދުމަތް ދެވޭނީ ހެނދުނު 6:00ން މެންދަމު 12:00ށް ކަމަށާއި ކުރިން ދޫކޮށްފައިވާ ޑެލިވަރީ ފާސް ބޭނުންކުރެވޭނެ ކަމަށް އެޗްއީއޯސީން ބުނެއެވެ. އަދި ކާފިއުގަޑީގައި ފިހާރަތެރެއަށް ވަދެ ވިޔަފާރި ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެޗްއީއޯސީން ބުނެއެވެ.

މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް 1،000ށް ވުރެ ގިނަ ކޮވިޑް ކޭސްތައް ރިޕޯޓްކުރަމުން އަންނަ އިރު އެވްރެޖްކޮށް ފަސް މީހުން ދަނީީ ދުވާލެއްގެ މައްޗަށް ބަލީގައި ނިޔާވަމުންނެވެ. ބައްޔަށް ފަރުވާދޭ ފެސިލިޓީތަކުގެ ބެޑް ކެޕޭސިޓީ ފުރެން ކައިރިވެފައިވާ އިރު، ބަލިމީހުންނަށް އެކަށީގެންވާ ވަރަށް ފަރުވާދެވޭނެ މިންވަރަށް ސިއްހީ އެހީތެރިން ނެތްކަމަށް އަންނަނީ ބުނަމުންނެވެ.

ކޮވިޑް-19ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު