Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލާއި ހަމާސްގެ އެއްބަސްވުން

އެއްބަސްވުން ދެމެހެއްޓޭނެ ގޮތްތައް ދެނެގަތުމުގެ މަޝްވަރާ މިސްރުން ފަށައިފި

23 މެއި 2021 | އާދީއްތަ 03:03

މިސްރާއި އެމެރިކާ ވެސް ވަނީ އެއްބަސްވުން ދެމެހެއްޓުމަށް މަޝްވަރާ ކުރުމަށް ނިންމާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 23 މެއި 2021 | އާދީއްތަ 03:03
ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާ

ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާ

ގާޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތާ ދެކޮޅަށް އިސްރާއިލުން ދިން ހަމަލާތަކަށް ކުރި ނުލިބުމުން ބަލި ގަބޫލުކުރި އިސްރާއީލުގެ ޔަހޫދީ ދައުލަތުން ވެފައިވާ އެއްބަސްވުން ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތްތައް ދެނެގަތުމުގެ މަޝްވަރާތައް މިސްރުން ފަށައިފިއެވެ.

އިސްރާއީލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ދެމެދު ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވަނީ މިސްރުންނެވެ. މިސްރުން ވަނީ އެއްބަސްވުން ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތްތައް ދެނެގަތުމުގެ ގޮތުން ޚާއްސަ ވަފުދެއް ކަނޑައަޅާ ގާޒާއަށާއި އިސްރާއީލަށް ފޮނުވައިފައެވެ. އެގޮތުން ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި އެއްބަސްވުން އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން މި ވަފުދުން މަޝްވަރާ ކުރާނެ ކަމަށް މިސްރުގެ ސަރުކާރުން ބުނެއެވެ.

މިސްރުގެ އިތުރުން ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ ގުޅޭ ގޮތުން އިތުރު މަޝްވަރާތަކެއް ކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބުލިންކެން ވެސް އިސްރާއީލާއި ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބުލިންކެންގެ މިދަތުރުގައި އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ގާޒާ އަލުން އާރާސްތު ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. އެކަމަކު ބުލިންކެން ހަމާސް ޖަމާއަތާއި މަޝްވަރާ ކުރުމަށް ނިންމާފައި ނުވާ ކަމަށް އެމެރިކާ އިން ބުނެއެވެ.

ގާޒާއަށް ހަމަލާ ދިނުން ހުއްޓާލާނެކަން އިސްރާއީލުން އިއުލާން ކުރުމާއެކު ގާޒާގެ ބިމާ ހަމަކޮށްފައިވާ އިމާރާތްތައް ސާފުކުރުމަށް ކުއްލި ހާލަތުގައި މަސައްކަތްކުރާ ފަރާތްތަކާ ވޮލަންޓިއަރުން ވަނީ މަސައްކަތް ފަށާފައެވެ. ސްކޫލްތަކުގައި ދިރިއުޅެމުންދިޔަ އާއިލާތައް އަނބުރާ ގެއަށް ބަދަލުވުމަށްވަނީ ފަށާފައެވެ.

11 ދުވަހު މެދުކެނޑުމެއްނެތި ދެމުން ގެންދިޔަ ހަމަލާތަކުގައި 255 މީހުން ގާޒާއިން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 66 ކުޑަކުދިންނާއި 39 އަންހެނުންވެސް ހިމެނެއެވެ. އިސްރާއީލުން ހަމަލާތައް ހުއްޓާލާފައިވަނީ ހުކުރު ދުވަހުގެރޭ މެންދަމު ގާޒާ ގަޑިން 2:00ޖެހުމާއެކުގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!
24 އެޕްރީލު 2017

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

24 އެޕްރީލު 2017
މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި
06 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

06 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
20 މާރިޗު 2017

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

20 މާރިޗު 2017
އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް