Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއީލް ހަމަނުޖެހުން

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގައި ދެމިތިބުމަށް އދ އިން ގޮވާލައިފި

21 މެއި 2021 | ހުކުރު 16:02

ގާޒާގެ ރައްޔިތުން ގެންދަނީ އުފާ ފާޅުކުރަމުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 21 މެއި 2021 | ހުކުރު 16:02
އޮންޓޯނިއޯ ގުޓަރޭސް - މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ޒިންމާ ދެ ގައުމަށްވެސް އެބައޮތް

އޮންޓޯނިއޯ ގުޓަރޭސް - މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ޒިންމާ ދެ ގައުމަށްވެސް އެބައޮތް

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގައި ދެމިތިބުމަށް އދ އިން ގޮވާލައިފިއެވެ.

އދގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ އެއްބަސްވުމަށް މަރުހަބާ ވިދާޅުވެ، ދެފަރާތުންވެސް އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ގޮވާލައްވާފައެވެ.

އޭނާ ވިދާޅުވީ ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އިތުރުން މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ޒިންމާ ދެ ގައުމަށްވެސް އޮތްކަމަށެވެ. ގުޓަރޭސް ވިދާޅުވީ އދ އޮތީ އިސްރާއީލާއި ފަލަސްތީނާއި އެކުވެރި ދައުލަތްތަކާއެކު މަސައްކަތްކުރުމަށް ތައްޔާރަށްކަމަށެވެ. ގާޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތާއި، ފަލަސްތީނުގެ ސަރުކާރުން އެއްގަލަކަށް އަރަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އިދާރާތައް ވަރުގަދަކުރުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމުން ގާޒާގެ އެކި ސަރަޙައްދުތަކުގައި އާންމުން ދަނީ އުފާ ފާޅުކުރަމުންނެވެ.

11 ދުވަސްވަންދެން ކުރިޔަށްދިޔަ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެފަރާތުން އެއްބަސްވެފައިވަނީ އެއްވެސް ޝަރުތަކާ ނުލައެވެ. އެހެންނަމަވެސް އިސްރާއީލުން ބުނެފައިވަނީ ހަމާލާތައް އިތުރަށް ކުރިޔަށް ގެންދިއުން ބިނާވެގެން ދާނީ، މައިދާނުގެ ހާލަތު އޮންނަ ގޮތެއްގެ މައްޗަށް ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް މިސްރުން ހުށަހަޅާފައިވާ ހުށަހެޅުން އެއްވެސް ޝަރުތަކާ ނުލާ ގަބޫލުކުރުމަށް އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ނިންމާފައިވާ ކަމުގައެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުގެ ބަޔާން ނެރުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ހަމަލާ ބަދަލުކުރުމަށް އެއްބަސްވާކަން އިއުލާންކޮށް ފަލަސްތީނުގެ ހަމާސް ޖަމާއަތުންނާއި އަދި އިސްލާމިކް ޖިހާދުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެއާއެކު ބުރާސްފަތި ދުވަހުގެރޭ ގާޒާ ގަޑިން 2:00 ޖެހުމާއެކު ހަމަލާ ބަދަލުކުރުން ހުއްޓާލާނެކަމަށް ވަނީ އެއްބަސްވެފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް