Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލުން އަގްސާ މިސްކިތަށް ވަނުން

އަގްސާ މިސްކިތަށް އިސްރާއީލް ސިފައިން ވަދެ ހަމަލަދީފި

ކަރުނަގޭސް ޖަހާފައިވަނީ އެސަރަހައްދުގައި ތިބެގެން އުފާފާޅުކުރަން ފެށުމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 މެއި 2021 | ހުކުރު 14:09
އަގްސާ މިސްކިތުގެ ހަރިންމަތެރޭގައި އިސްރާއީލުގެ ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަނީ

އަގްސާ މިސްކިތުގެ ހަރިންމަތެރޭގައި އިސްރާއީލުގެ ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަނީ

އިސްރާއީލާއި ޣައްޒާގެ ޖަމާއަތްތަކާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވީނަމަވެސް އިރުމަތީ ގުދުސްގައި އަންނަނީ ނުތަނަވަސްކަން އިތުރުވަމުންނެވެ.

ހުކުރު ނަމާދު އަޤްޞާ މިސްކިތުގައި ގިނަ އަދަދެއްގެ މުސްލިމުން ކޮށްފައިވާއިރު އޭގެފަހުން އިސްރާއީލުގެ ފައުޖުތައް ވަނީ އަޤްޞާ މިސްކިތުގެ ހަރިންމަތެރިއަށް ވަދެގަނެ އެތާނގައި އަޅުކަންކުރަން ތިބި މީހުންނަށް އަމާޒުކޮށް ކަރުނަގޭސް ޖަހާފައެވެ.

މަންޒަރުދުން މީހުންނާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުކުރު ނަމާދުކޮށް ނިމިގެން އެސަރަހައްދުގައި ނަމާދަށް އައިސްތިބި މީހުން މަޑުކޮށްގެން ތިބީ އުފާފާޅުކުރުމުގެ ގޮތުންނެވެ. އެއީހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވުމުންނެވެ.

އެމީހުން އުފާފާޅުކުރަމުންދަނިކޮށް އިސްރާއީލުގެ ސިފައިން މިސްކިތުގެ ހަރިންމަތެރެއަށް ވަދެގަނެ އެސަރަހައްދުގައި ތިބި މީހުންނާ ދިމާލަށް ސްޓަން ގްރޭނޭޑާއި ކަރުނަގޭސް އަދި ބޮމް އުކަން ފެށިކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެސަރަހައްދުގައި އެއްވެ ތިބި މީހުން ފޮނުވާލުމަށް މަސައްކަތްކުރިއެވެ.

މިސްރުން އިސްވެއޮވެ ހަމަލާތައް ބަދަލުކުރުމަށް ދެފަރާތުން ވީއެއްބަސްވުމާއެކު 11 ދުވަސްވަންދެން އިސްރާއީލާއި ޣައްޒާގެ ހަނގުރާމަވެރި ޖަމާއަތްތަކާދެމެދު ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލާފައިވަނީ ހުކުރު ދުވަހުއެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލުމާއެކު އެތައް ހާސް ފަލަސްތީނުގެ ރައްޔިތުންނެއް ވަނީ ޣައްޒާ އާއި ހުޅަނގު އައްސޭރީގެ މަގުތަކަށް ނިކުމެ އުފާފާޅުކޮށްފައެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ 243 މީހުން ޝަހީދުވިއިރު އޭގެތެރޭގައި 66 ކުޑަކުދިންވެސް ހިމެނެއެވެ. އަދި އިސްރާއީލްގެ 12 މީހުން މަރުވެފައިވާއިރު އޭގެތެރޭގައި 2 ކުޑަކުދިން ހިމެނެއެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހުކުރު ދުވަހުވެސް ވަނީ ކޮށްފައެވެ. އެގޮތުން އިމާރާތްތަކުގެ ދަށުން ފަލަސްތީނުގެ 9 މީހެއްގެ ހަށިގަނޑު ވަނީ ނަގާފައެވެ. އޭގެތެރޭގައި ކުޑަކުއްޖަކުވެސް ހިމެނޭކަމަށް އަލްޖަޒީރާއިން ބުނެއެވެ.

އަނެއްކޮޅުން ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތްނަމަވެސް ހަމާސްއިން ރޮކެޓް ހަމަލާއެއް ފޮނުވާލައިފިނަމަ ހަމަލާދޭން އަލުން ފަށާނެކަމަށް ވިދާޅުވެ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އިންޒާރުދެއްވާފައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

23 ފެބުރުއަރީ 2017
ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
16 ފެބުރުއަރީ 2017

ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

16 ފެބުރުއަރީ 2017
ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު