Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އދގެ ސެކެޓްރީ ޖެނެރަލް ގޮވާލައްވައިފި

20 މެއި 2021 | ބުރާސްފަތި 19:31

މިސްރާ، ޖޯރޑަން އަދި ގަތަރާއެކު މި މައްސަލައިގައި ހައްލު ހޯދޭނެ ގޮތްތަކާ ބެހޭ މަޝްވަރާތައް ކުރިއަށްދޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 20 މެއި 2021 | ބުރާސްފަތި 19:31
ސެކްޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް، އދ، ދެފަރާތުންވެސް ހަމަލާބަދަލުކުރުން ހުއްޓާލަން ޖެހޭ

ސެކްޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް، އދ، ދެފަރާތުންވެސް ހަމަލާބަދަލުކުރުން ހުއްޓާލަން ޖެހޭ | އަލްޖަޒީރާ

ދެފަރާތުން ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލުމަށް އދގެ ސެކެޓްރީ ޖެނެރަލް ގޮވާލައްވައިފިއެވެ.

ގާޒާއާއި އިސްރާއީލްގެ މައްސަލަ އެޖެންޑާކޮށް ބޭއްވި ކުއްލި ބައްދަލުވުމުގައި ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވީ، ހަމަލާ ބަދަލުކުރުން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ. ހަމަލާތައް ދެފަރާތުންވެސް ހުއްޓާލާ ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް އދ އެހީތެރިކަން އެހިތެރިވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

"ފާއިތުވި 10 ދުވަހަކީ ބިރުވެރި ދުވަސްތަކެއް. ޚާއްސަކޮށް ގާޒާއަށް. އަހަރެން މިހިރީ ޝޮކްވެފައި އިސްރާއީލުން ވައިގެ މަގުން ގާޒާއަށް ދެމުންދާ ހަމަލާތައް ފެނިފައި" ގުޓަރޭސް ވިދާޅުވިއެވެ.

ސެކެޓްރީ ޖެނެރަލް ވިދާޅުވިހެން ގާޒާ އޮތީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. ގުޓަރޭޝް ވިދާޅުވީ، ދުނިޔެ މަތީގައި ނަރަކަވާނަމަ ގާޒާގެ ކުދިން ވޭތުކުރަމުންދަނީ، އިހުސާސްކުރަމުން ދަނީ އެ އަނިޔާވެރިކަން ކަމުގައެވެ.

ގާޒާގައި ހުރި މީޑިއާ އޮފީސްތައް ހިންގަމުން އައި އިމާރާތް ބިމާ ހަމަކޮށްލުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، ނޫސްވެރިންނަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތައް ބަލައި ނުގަނެވޭނެ ކަމަށް ވިދާޅުވިއެވެ. ނޫސްވެރިންނަށް އެމީހުންގެ މަސައްކަތް ކުރެވޭނެ މަގު ފަހިވެފައި އޮންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ގާޒާއަށް އަމާޒުކޮށް އިސްރާއީލުން ދެމުންގެންދާ އުދުވާނި ހަމަލާތަކުގައި ގާޒާގެ މަގުތަކާއި، ކަރަންޓް ކޭބަލްތަކަށް ގެއްލުންވެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާކަން ފާހަގަކުރެއްވިއެވެ. 100އަށްވުރެ ގިނަ ގެ ބިމާހަމަވެފައިވާއިރު 50،000ށްވުރެ ގިނަ މީހުންވަނީ ގެދޮރު ގެއްލިފައެވެ. ބައެއް ސަރަހައްދުތަކުގެ ފެނާއި ކާބޯތަކެއްޗަށް ޖެހިފައިވާކަމަށް ވިދާޅުވިއެވެ.

އެހި ފޯރުކޮށްދޭ ޖަމާއަތްތަކުން ދޭ އެހި ގާޒާއަށް ލިބޭނެ މަގު ފަހިވާން ޖެހޭ ކަމަށާއި، ޔޫއެންގެ އިމަރޖެންސި ރެސްޕޮންޑް ފަންޑުން 14 މިލިއަން ޑޮލަރު ގާޒާގެ ކަންކަމަށް ޚަރަދު ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އެހީ ހިފައިގެންދާ ފަރާތްތަކަށް އަމާޒުކޮށް ހަމަލާތައް ދީގެން ނުވާނެ ކަމަށާއި، އެމީހުންނަށް ގާޒާއަށް ވަނުމުގެ ހުއްދަ އިސްރާއީލުން ދިނުމަށް ގޮވާލެއްވިއެވެ.

ހަނގުރާމަތަކުގައިވެސް އުސޫލުތަކެއް އޮންނަ ކަމަށާއި، ހަނގުރާމައިގައިވެސް ކުށެއް ނެތް އާންމުންނާއި އެމީހުންގެ ގެދޮރު ރައްކާތެރި ކުރެވެން ޖެހޭނެ ކަމަށް ގުޓަރޭސް ވިދާޅުވިއެވެ. އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށްބުނެ ކުށެއްނެތް އާއްމު ރައްޔިތުންގެ ގެދޮރު ސުންނާފަތި ކޮށްލުމަކީ، ބައިންލއަގުވާމީ އިންސާނީ ހައްގުތަކާ ޚިލާފު ކަމެއް ކަމަށް ވިދާޅުވިއެވެ.

ހަމާސްއިންވެސް އިސްރާއީލްގެ އާންމުން ދިރިއުޅޭ ހިސާބުތަކަށް އަމާޒުކޮށް ހަމަލާތައް ނުދިނުމަށް ގޮވާލެއްވިއެވެ.

ގުޓަރޭސް ވިދާޅުވީ މިސްރާ، ޖޯރޑަން އަދި ގަތަރާއެކު މި މައްސަލައިގައި ހައްލު ހޯދޭނެ ގޮތްތަކާ ބެހޭ މަޝްވަރާތައް ކުރިއަށްދާ ކަމަށެވ

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް