Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަރުމަން - އިސްރާއީލް

ޖާރމަނީ އޮތީ އިސްރާއީލާއެކު

އިސްރާއީލަށް ދަތުރުކުރައްވާފައި ވަނީ ޖަރުމަނުން ތިބީ އިސްރާއީލާއި އެކު ކަމަށް ހާމަކުރައްވަން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 20 މެއި 2021 | ބުރާސްފަތި 16:14
ޖަރުމަނުގެ ފޮރިން މިނިސްޓަރާއި އިސްރާއިލްގެ ފޮރިން މިނިސްޓަރ

ޖަރުމަނުގެ ފޮރިން މިނިސްޓަރާއި އިސްރާއިލްގެ ފޮރިން މިނިސްޓަރ

ޖަރުމަނު އޮތީ އިސްރާއީލާއެކު ކަމަށް ޖަރުމަނުގެ ފޮރިން މިނިސްޓަރ ހެއިކޯ މާސް ވިދާޅުވެއްޖެއެވެ.

ޖަރުމަނުން އިސްރާއީލަށް ތާއިދުކުރާކަން އެގައުމުގެ ފޮރިން މިނިސްޓަރ ހެއިކޯ ވިދާޅުވެފައި ވަނީ ތެލަވިވް އަށް ކުރައްވާ ދަތުރުފުޅުގައި އިސްރާއީލުގެ ފޮރިން މިނިސްޓަރ ޖަބީ އަޝްކެނާޒީ އާއިއެކު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.

އިސްރާއީލުން ފަަލަސްތީނަށް ހަމަލާދެމުންދާތާ 10 ދުވަސް ވެފައިވާއިރު، ޖަރުމަނުގެ ފޮރިން މިނިސްޓަރ އިސްރާއިލަށް ދަތުރުކުރައްވާފައި މިވަނީ ޖަރުމަނުން ތިބީ އިސްރާއީލާއި އެކު ކަމަށް ހާމަކުރައްވަން ކަމަށް މިނިސްޓަރ ހެއިކޯ ވަނީ ވިދާޅުވެފައެވެ. އަދި ހަމާސްއިން ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް ކުރަންޖެހޭ ކަންތައް ކުރުމުގެ ހައްގު އިސްރާއިލަށް ލިބިގެންވާކަމަށާއި ހަމާސް އިން އިސްރާއިލަށް ދެމުންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭކަމަށް އޭނެ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިސްރާއީލާއި އެގައުމުގެ ޔަހޫދީންގެ ހިމާޔާތަށް ބުރުއަރާފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ޖަރުމަނުގެ ފޮރިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިސްރާއީލާއި ދެމެދު ހިގަމުންދާ ހަމަނުޖެހުންތައް ހުއްޓުމެއް ނެތި ކުރިޔަށްދާއިރު، ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ގޮވާލައްވާފައެވެ. އެހެންނަމަވެސް، އެމެރިކާއިން ވަނީ އަންގާރަ ދުވަހުވެސް، ހަމަލާ ބަދަލުކުރުން ހުއްޓުމަކަށް ގެނެސް، ހަމަނުޖެހުންތައް ހުއްޓާލުމަށް ދެފަރާތަށް ގޮވާލުމަށް ޔޫއެންއިން ބަޔާނެއް ނެރުން ހުއްޓުމަކަށް ގެނެސްފައެވެ. އެމެރިކާއިން މިހާތަނަށް ބުނަމުން އައިސްފައިވަނީ، ދެފަރާތަށްވެސް އެންމެ މަސްލަހަތު ހުރި ގޮތަކީ، ޔޫއެން މެދުވެރި ނުކޮށް، ސީދާ ޑިޕްލޮމަސީއަށް ދިއުން ކަމުގައެވެ.

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2019

މުސްލިމު އުއްމަތް އޮތީ ކާރިސާގެ ހާލަތެއްގައި: ޑރ. މަހާތިރު

19 ޑިސެމްބަރު 2019
މުސްލިމު އުއްމަތް އޮތީ ކާރިސާގެ ހާލަތެއްގައި: ޑރ. މަހާތިރު
02 އޮކްޓޯބަރު 2019

އިރާން އޮތީ ސައުދީއާއެކު މަޝްވަރާކުރަން ތައްޔާރަށް

02 އޮކްޓޯބަރު 2019
އިރާން އޮތީ ސައުދީއާއެކު މަޝްވަރާކުރަން ތައްޔާރަށް
13 މެއި 2019

މެލޭޝިއާގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި، ގުޅުން އޮތީ އައިއެސްއާ

13 މެއި 2019
މެލޭޝިއާގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި، ގުޅުން އޮތީ އައިއެސްއާ
24 ފެބުރުއަރީ 2019

އިންޑިއާއި ޕާކިސްތާނާއި ދެމެދު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއް: ޓްރަމްޕް

24 ފެބުރުއަރީ 2019
އިންޑިއާއި ޕާކިސްތާނާއި ދެމެދު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއް: ޓްރަމްޕް
03 ފެބުރުއަރީ 2019

ހަމާސްގެ ލީޑަރު ހަނިއްޔާ އިސްރާއީލާއެކު ވާހަކަދެއްކެވުމަށް މިސްރަށް

03 ފެބުރުއަރީ 2019
ހަމާސްގެ ލީޑަރު ހަނިއްޔާ އިސްރާއީލާއެކު ވާހަކަދެއްކެވުމަށް މިސްރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު