Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް ފަލަސްތީން ހަމަނުޖެހުން

ގާޒާއަށް ދެމުންދާ ހަމަލާގައި ނޫސްވެރިއަކު ޝަހީދު ކޮށްލައިފި

19 މެއި 2021 | ބުދަ 23:12

ހުސެއިންގެ ގެއަށް އިތުރު ދެ ހަމަލާ އަރާފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 19 މެއި 2021 | ބުދަ 23:12
ޔޫސުފް އަބޫ ހުސެއިން - އިސްރާއީލުން މެދުނުކެޑި ގާޒާއަށް ދެމުންދާ ހަމަލާތަކުގައި ބުދަ ދުވަހުގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ފަލަސްތީނުގެ 4 މީހުންގެ ތެރޭގައި ހުސެއިންވެސް ހިމެނޭ

ޔޫސުފް އަބޫ ހުސެއިން - އިސްރާއީލުން މެދުނުކެޑި ގާޒާއަށް ދެމުންދާ ހަމަލާތަކުގައި ބުދަ ދުވަހުގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ފަލަސްތީނުގެ 4 މީހުންގެ ތެރޭގައި ހުސެއިންވެސް ހިމެނޭ

ގާޒާއަށް އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ ނޫސްވެރިއަކު ޝަހީދު ކޮށްލައިފިއެވެ.

ބުދަ ދުވަހު ދިން ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވަނީ، ފަލަސްތީނުގެ މަޝްހޫރު ނޫސްވެރިއެއް ކަމުގައިވާ ޔޫސުފް އަބޫ ހުސެއިނެވެ. ހުސެއިންގެ ގެއަށް މިސައިލް ހަމަލާދީ، އޭނާގެ ގެ ވަނީ ބިމާ ހަމަކޮށްލާފައެވެ. ހުސެއިން ހިމެނެނީ، ބުދަދުވަހުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ 4 މީހުންގެ ތެރޭގައެވެ. ހުސެއިން މަސައްކަތްކުރަމުން ގެންދިޔައީ، އަލް-އަގްސާ ރޭޑިއޯ ސްޓޭޝަންގައެވެ.

ނޫސްވެރިޔާ، ހުސެއިންގެ ބައްޕަ މުހައްމަދު އަބޫ ހުސެއިން ބުނެފައިވަނީ ގާޒާގެ ޝެއިޚް ރަޑްވާން އަވަށުގައި ހުންނަ އެއާއިލާގެ ގެ ވަނީ އިސްރާއީލުގެ މިސައިލް ހަމަލާގައި ބިމާ ހަމަލާ ކޮށްފައެވެ. އަދި ފުރަތަމަ މިސައިލް ހަމަލާއަށްފަހުވެސް އިތުރު ދެ ހަމަލާއެއް އެގެއަށް އަމާޒުވި ކަމަށްވެއެވެ.

ހުސެއިންގެ މަރުގެ ޚަބަރު އާންމުވެގެން ދިއުމާއެކުވެސް އެތައް ބަޔަކު ގެންދަނީ މިކަމުގައި އިސްރާއީލް ޖަވާބުދާރީ ކުރުމަށް ގޮވާލަމުންނެވެ.

ހުސެއިން ޝަހީދު ވުމާއިގުޅިގެން ވޮއިސް އޮފް އަލް-އަގްސާ ރޭޑިއޯއިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، “ދަރިއެއް ފަދަ މުވައްޒިފު” ޝަހީދުވެގެން ދިއުމުގެ ހިތާމަ ފާޅުކުރާ ކަމަށާއި، ބުދަ ދުވަހުގެ ހަވީރު 5 ޖަހާއިރު އަލް-ޝިފާ ހޮސްޕިޓަލުގައި ހިމޭންކަމުގެ ސުކޫތެއް ގެންނާނެ ކަމުގައެވެ.

އަލްޖަޒީރާ އަދި އެސޯސިއޭޓް ޕްރެސްގެ އޮފީހުގެ އިތުރުން އާންމުން ދިރިއުޅޭ އެތަކެއް އެޕާޓްމަންޓެއް ހުންނަ ގާޒާ ބިލްޑިންގއަށްވެސް މިސަައިލް ހަމަލާދީ އެ އިމާރާތް ބިމާ ހަމަކޮށްލާފައެވެ. އިސްރާއީލުން މި މޭމަހުގެ 15 ވަނަ ދުވަހު، އަލް-ޖަލާ ޓަވަރު ބިމާއި ހަމަކޮށްލި ކޮށްލުން ޕްރެސް ފްރީޑަމް އެޑްވޮކޭޓްގެ ފަރާތުންވަނީ، އިސްރާއީލުން މިހާރު ކުރިޔަށް ގެންދާ އުދުވާންގައި މީޑިއާގެ އަޑު ކަޑުވާލުމަށް ދެމުންދާ ހަމަލާތައް ކުއްވެރިކުރާ ކަމަށް ބުނެފައެވެ.

އިސްރާއީލުން ބުނެފައިވަނީ، މިއިމާރާތަށް ހަމަލާ ދީފައިވަނީ، މިއިމާރާތުގައި ހަމާސްގެ މުޖާހިދުންގެ ސިއްރު އޮފީސްތައް ހިންގަމުންދާތީ ކަމުގައެވެ. އެހެންނަމަވެސް، މީގެ އެއްވެސް ހެއްކެއް އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

19 އޯގަސްޓު 2017

ބާސެލޯނާއަށް ދިން ހަމަލާގައި އިސްކޮށް ހުރި މީހާ މަރާލައިފި

19 އޯގަސްޓު 2017
ބާސެލޯނާއަށް ދިން ހަމަލާގައި އިސްކޮށް ހުރި މީހާ މަރާލައިފި
30 ޖޫން 2017

ސީރިޔާގެ އިދްލީބްގައި އެޕްރީލް ކުރީކޮޅު ދިން ހަމަލާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވޭ: އދ

30 ޖޫން 2017
ސީރިޔާގެ އިދްލީބްގައި އެޕްރީލް ކުރީކޮޅު ދިން ހަމަލާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވޭ: އދ
25 ޖޫން 2017

ޓެރަރިސްޓް ހަމަލާގައި ޒަޚަމްވި ސިފައިން ގާތަށް ސައުދީ ވަލީއަހުދު ޒިޔާރަތް ކުރައްވައިފި

25 ޖޫން 2017
ޓެރަރިސްޓް ހަމަލާގައި ޒަޚަމްވި ސިފައިން ގާތަށް ސައުދީ ވަލީއަހުދު ޒިޔާރަތް ކުރައްވައިފި
06 ޖޫން 2017

ލަންޑަން ހަމަލާ: ހަމަލާގައި ބައިވެރިވި މީހުން ވަޅުލަށް އިމާމުން ދެކޮޅު ހަދައިފި

06 ޖޫން 2017
ލަންޑަން ހަމަލާ: ހަމަލާގައި ބައިވެރިވި މީހުން ވަޅުލަށް އިމާމުން ދެކޮޅު ހަދައިފި
31 މެއި 2017

ކާބުލްގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 80 އަށް އަރައިފި

31 މެއި 2017
ކާބުލްގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 80 އަށް އަރައިފި
23 މެއި 2017

މެންޗެސްޓަރ އެރީނާގައި ދިން ހަމަލާގައި 19 މީހުންް މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

23 މެއި 2017
މެންޗެސްޓަރ އެރީނާގައި ދިން ހަމަލާގައި 19 މީހުންް މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
20 މެއި 2017

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

20 މެއި 2017
ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް