Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މެންޗެސްޓަރ

މެންޗެސްޓަރ އެރީނާގައި ދިން ހަމަލާގައި 19 މީހުންް މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

މި ހަމަލާ ދީފައިވަނީ އެމެރިކާގެ ޕޮޕް ލަވަކިއުންތެރިޔާ އަރިއާނާ ގްރާންޑެގެ ކޮންސެޓެއް ކުރިޔަށް ދަނިކޮށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 23 މެއި 2017 | އަންގާރަ 06:33
މި ހަމަލާގައި ގާތްގަނޑަކަށް 50 މީހުން ޒަހަމްވެފައިވޭ

މި ހަމަލާގައި ގާތްގަނޑަކަށް 50 މީހުން ޒަހަމްވެފައިވޭ

މެންޗެސްޓަރ އެރީނާގައި ދެވުނު ޓެރެރިސްޓް ހަމަލާއެއްކަމަށް ބެލެވޭ ހަމަލާގައި ނަވާރަ މީހުން މަރުވެ 50 އެއްހާ މީހުން ޒަހަމްވެއްޖެއެވެ.

މި ގޮވުން ގޮވާފައިވަނީ ބްރިޓިޝް ސަމަރ ޓައިމް އިން ހޯމަ ދުވަހު 22:35 ގައެވެ.

އިނގިރޭސިވިލާތުގެ އުތުރުގެ ސިޓީއެއް ކަމަށްވާ މެންޗެސްޓާގެ މެންޗެސްޓަރ އެރީނާގައި މި ހަމަލާ ދީފައިވަނީ އެމެރިކާގެ ޕޮޕް ލަވަކިއުންތެރިޔާ އަރިއާނާ ގްރާންޑެގެ ކޮންސެޓެއް ކުރިޔަށް ދަނިކޮށެވެ.

ހަމަލާ ދިން ސަބަބެއް އެނގިފައިނުވާއިރު، ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވީ ހަމަލާގައި ގެއްލުން ލިބުނު ފަރާތްތަކަށް ހަމްދަރުދީވެ ވަޑައިގަންނަވާކަމަށެވެ.

އިނގިރޭސިވިލާތުގެ ފުލުހުން ބުނާގޮތުގައި މި ގޮވުމެއް ގޮއްވާލާފައިވަނީ އެރީނާއަށް ވަންނަ އެންޓްރެންސް ހޯލުގައެވެ.

މެންޗެސްޓަރ އެރީނާ އަކީ ޔޫރަޕްގެ އެންމެ ބޮޑު އިންޑޯ އެރީނާއަށްވާއިރު 1995 ވަނަ އަހަރު ހުޅުވި މި ތަނަކީ 21،000 މީހުންގެ ޖާގައިގެ ތަނެއްކަމަށް އެ ތަނުގެ ވެބްސައިޓްގައިވެއެވެ. އެ ތަނަކީ ކޮންސެޓްތަކާއި ކުޅިވަރުތައް ބޭއްވާ މަޝްހޫރު ތަނެކެވެ.

އަރިއާނާ ގްރާންޑެގެ ތަރުޖަމާނު ބުނީ ލަވަކިއުންތެރިޔާ ހާލު ރަނގަޅު ކަމަށެވެ.

މި ކޮންސެޓަކީ އަރިއާނާ ގްރާންޑެގެ"ދި ޑޭންޖަރަސް ވުމަން ޓުއަރ"ގެ ބައެކެވެ.

އިނގިރޭސި ވިލާތް އޮތީ މިފަދަ ހަމަލާތެކެއް އަތުވެދާނެ ކަމުގެ ފުރުސަތުއޮތުމުން ދެވަނައަށް އެންމެ ހައި އެލަރޓް ލެވެލްގައެވެ.

ހަމަލާ ކުށްވެރި ކުރައްވައި ބޮޑުވަޒީރު މޭ ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ ހަމަލާއާ ގުޅޭ އިތުރު ތަފްސީލީ މައުލޫމާތު ހޯދުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.

ލޭބަރ ޕާޓީގެ ލީޑަރު ޖެރެމީ ކޯބީންވެސް އޭނާ ވަނީ އެ ހަމަލާގައި ގެއްލުން ލިބުނު މީހުންނާއި ކުއްލިހާލަތުގައި މަސައްކަތްކުރާ ހިތްވަރުގަދަ ފަރާތްތަކާއެކު ކަމަށް ވިދާޅުވެ މި ހަލާއާ ބެހޭގޮތުން ޓްވިޓަރގައި ކޮމެންޓް ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު