Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 އަށް ކުރާ ޚަރަދު

ކޮވިޑާ ގުޅިގެން ކުރި ޚަރަދު 3.5 ބިލިއަނަށް

އިކޮނޮމިކް ރިކަވަރީ ޕެކޭޖްގެ ދަށުން ވިޔަފާރިތަކަށް 947.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 19 މެއި 2021 | ބުދަ 07:42
ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީގައި ބަހައްޓާފައި ހުރި ވެންޓިލޭޓަރެއް

ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީގައި ބަހައްޓާފައި ހުރި ވެންޓިލޭޓަރެއް

ކޮވިޑް-19 އާ ގުޅުންހުރި އެކި މަސައްކަތްތަކަށް ސަރުކާރުން 3.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން މެއި 13 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ ކޮވިޑް-19 އިކޮނޮމިކް ރެސްޕޮންސްގެ ދަށުން 1.8 ބިލިއަން ރުފިޔާއާއި ސިއްހީ އަދި އިޖުތިމާއީ އެކި ކަންކަމަށް 1.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

އެގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) މެދުވެރިކޮށް އެންމެ ބޮޑު ޚަރަދެއް މިހާތަނަށް ކޮށްފައިވާއިރު، އެ އިދާރާއިން އެކަނިވެސް 867.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކައެވެ.

މީގެ އިތުރުން، އައިޖީއެމްއެޗް މެދުވެރިކޮށް ކޮވިޑް-19 އާ ގުޅިގެން 143.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ހެލްތު މިނިސްޓްރީ އިން ޚަރަދުކޮށްފައި ވަނީ 469.5 މިލިއަން ރުފިޔާއެވެ.

ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން ކުރަމުން އަންނަ ޚަރަދުތަކުގެ ތެރެއިން ޕްލޭނިން މިނިސްޓްރީން ވަނީ 40.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އަދި ފޮރިން މިނިސްޓްރީ އިން 6.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޖެންޑަރ މިނިސްޓްރީ އިން ޚަރަދުކޮށްފައި ވަނީ 4.3 މިލިއަން ރުފިޔާއެވެ. އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން 3.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އޭގެ އިތުރުން އެމްއެންޑީއެފްއިން 67.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ފުލުހުންގެ އިދާރާއިން ޚަރަދުކޮށްފައި ވަނީ 31.1 މިލިއަން ރުފިޔާއެވެ. އިމިގްރޭޝަން މެދުވެރިކޮށް ނުވަ ލައްކަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި ނެޝަނަލް ޑްރަގް އެޖެންސީން 1.2 މިލިއަން ރުފިޔާ އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން 16.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށްވެސް ފިނޭންސްއިން ބުނެއެވެ.

މީގެ އިތުރުން ޑިޒާސްޓަރ މެނޭޖްމެންޓް ފަންޑުން މިހާތަނަށް 84.06 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން ޚަރަދުކޮށްފައި ވަނީ 28.8 މިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ސިއްޙީ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ސަޕްލައި އަދި ރިކުއިސިޓްސްއަށް 498.9 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ކެޕިޓަލް އިކުއިޕްމެންޓްއަށް 201.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޮޕަރޭޝަނަލް ސަރވިސަސްއަށް ޚަރަދުކޮށްފައި ވަނީ 195.7 މިލިއަން ރުފިޔާއެވެ.

ކޮވިޑް-19އަށް ސަރުކާރުން ކުރި ޚަރަދުތަކުގެ ތެރެއިން ގްރާންޓްސް ކޮންޓްރިބިއުޝަންސް އަދި ސަބްސިޑީސްއަށް ހޭދަކޮށްފައި ވަނީ 127.9 މިލިއަން ރުފިޔާއެވެ. ސަޕްލައިސް އަދި ރިކުއިސިޓްސްއަށް 93 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ހޭދަކޮށްފައި ވަނީ 145.7 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ކޮވިޑާ ގުޅިގެން ޓްރެވަލް އެކްސްޕެންސްގެ ގޮތުގައި 317 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.

ދައުލަތުން ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 419.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އިކޮނޮމިކް ރިކަވަރީ ޕެކޭޖްގެ ދަށުން ވިޔަފާރިތަކަށް 947.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެއީ ރިސޯޓް ތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ 585.9 މިލިއަން ރުފިޔާ އާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކޮށްފައިވާ 361.3 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީކޮވިޑް-19

އިތުރަށް ކިޔާލަން

28 ޑިސެމްބަރު 2025

2014 އިން 2022ގެ ނިޔަލަށް އޭދަފުށީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފަ އެއް ނުވޭ: އޮޑިޓް ރިޕޯޓް

28 ޑިސެމްބަރު 2025
2014 އިން 2022ގެ ނިޔަލަށް އޭދަފުށީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފަ އެއް ނުވޭ: އޮޑިޓް ރިޕޯޓް
21 ޑިސެމްބަރު 2025

ބިމާއި އިމާރާތް ފަދަ ތަންތަން އެންމެ ރަނގަޅަށް މަންފާ ލިބޭނެ ގޮތަށް ޕްލޭން ކުރުމަށް ބޭރު ގެ ކޮންސަލްޓެންޓެއް ހޯދަނީ

21 ޑިސެމްބަރު 2025
 ބިމާއި އިމާރާތް ފަދަ ތަންތަން އެންމެ ރަނގަޅަށް މަންފާ ލިބޭނެ ގޮތަށް ޕްލޭން ކުރުމަށް ބޭރު ގެ ކޮންސަލްޓެންޓެއް ހޯދަނީ
18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
18 ޑިސެމްބަރު 2025

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

18 ޑިސެމްބަރު 2025
ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް
17 ޑިސެމްބަރު 2025

އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި

17 ޑިސެމްބަރު 2025
އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި
17 ޑިސެމްބަރު 2025

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025
ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ
10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު