Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޭން ޓޮޓެންހަމް ދޫކޮށްލުން

މި ސީޒަނަށްފަހު ކޭން ޓޮޓެންހަމް ދޫކޮށްލަނީ

18 މެއި 2021 | އަންގާރަ 08:25

ސިޓީ ނުވަތަ ޔުނައިޓެޑަށް ބަދަލުވާން ކޭން ބޭނުންވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 މެއި 2021 | އަންގާރަ 08:25
ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން

ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން

މި ސީޒަނަށްފަހު ޓޮޓެންހަމް ހޮޓްސްޕާ ދޫކޮށްލަން ބޭނުންވާކަން އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 27 އަހަރުގެ ކޭން މި ވަގުތު ޓޮޓެންހަމުގެ އެއްބަސްވުމުގައި ހުރީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. 2011 ވަނަ އަހަރު ޓޮޓެންހަމުގެ ސީނިއާ ޓީމުން ޖާގަ ހޯދި ކޭނަށް މިހާތަނަށް ޓޮޓެންހަމާއެކު ބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. އެކަމަކު އޭނާ ވަނީ 2018-2019 ވަނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލާއި، 2014-2015 އަދި މި ސީޒަނުގެ އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި ކުޅެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހޯމަ ދުވަހުގެ ވަގުތެއްގައި ކޭން ވަނީ ޓޮޓެންހަމް ދޫކޮށްލަން ނިންމާފައިވާކަން އެ ކުލަބުގެ ވެރިންގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި ޓޮޓެންހަމް ދޫކޮށްލި ނަމަވެސް، ކޭން ބޭނުންވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުމަށް ކަމަށާއި، އެގޮތުން ޓޮޓެންހަމް ދޫކޮށްލާނަމަ، ކޭން ބޭނުމީ މެންޗެސްޓާ ސިޓީ ނުވަތަ މެންޗެސްޓާ ޔުނައިޓެޑަށް ދާން ކަމަށްވެސް ރިޕޯޓުތައް ވަނީ ބުނެފައެވެ.

ޓޮޓެންހަމް ދޫކޮށްލަން ބޭނުންވާކަން ކޭން އެންގިއިރު، މީގެ ކުރިން ދިން އިންޓަވިއުއެއްގައި ކޭން ވަނީ ފުޓްބޯޅައިގެ އެންމެ ބޮޑު ޓްރޮފީތައް ހޯދަން އޭނާވެސް ބޭނުންވާ ކަމަށާއި، އެހެންކަމުން ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ކުރިން ބޮޑު މުބާރާތެއް ކާމިޔާބުކުރުމަކީ އަމާޒެއް ކަމަށް ބުނެފައެވެ.

ޕްރިމިއާ ލީގުގައި މަޑުކުރަން ކޭން ބޭނުންވި ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން އޭނާ ހޯދުމަށް ޕީއެސްޖީން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ކޭން ހޯދުމުގެ މަސައްކަތް ޕީއެސްޖީން ފެށީ މީގެ ކުރިން ޓޮޓެންހަމުގައި ކޭންއަށް އިރުޝާދުދިން އަދި މިހާރު ޕީއެސްޖީއަށް އިރުޝާދުދެމުން އަންނަ މައުރީސިއޯ ޕޮޗެޓީނޯގެ އެދުމުގެ މަތިން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޕީއެސްޖީގެ އެއްބަސްވުން ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އާނުކޮށްފިނަމަ، ކޭން ގަތުމަށް ޕީއެސްޖީ އޮތީ ތައްޔާރަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ސީޒަނަށްފަހު ކޭން ޓޮޓެންހަމް ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، އޭނާ ވަނީ މިހާތަނަށް އެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މިހާތަނަށް ޓޮޓެންހަމަށް ކުޅެދިން 334 މެޗުގައި ކޭން ވަނީ 220 ލަނޑު ޖަހާފައެވެ.

ހެރީ ކޭންޓޮޓްނަމް ހޮޓްސްޕަރ

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
07 ޖޫން 2025

ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި

07 ޖޫން 2025
ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި
20 މާރިޗު 2025

ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި

20 މާރިޗު 2025
ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި
17 ފެބުރުއަރީ 2025

ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ

17 ފެބުރުއަރީ 2025
ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ
03 ފެބުރުއަރީ 2025

ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

03 ފެބުރުއަރީ 2025
ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް
23 ޑިސެމްބަރު 2024

ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް

23 ޑިސެމްބަރު 2024
ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް
10 ޑިސެމްބަރު 2024

ޓޮޓެންހަމް އަތުން ލިބުނީ ފުރިހަމަ މޮޅެއް: މަރެސްކާ

10 ޑިސެމްބަރު 2024
ޓޮޓެންހަމް އަތުން ލިބުނީ ފުރިހަމަ މޮޅެއް: މަރެސްކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް