Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސުމީ ބަދަލުތައް

ރާއްޖޭގެ މުސްތަގުބަލު ބިނާވެގެންވަނީ މޫސުމީ ބަދަލުތައް ހައްލުކުރަން ކުރާ މަސައްކަތަށް: މިނިސްޓަރ

18 މެއި 2021 | އަންގާރަ 08:16

މުޅި ރާއްޖޭގެ މުސްތަގުބަލު ބިނާވެފައި ވަނީ މިއަދު މޫސުމީ ބަދަލުތަކަށް ދޭ ސަމާލުކަމަށް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 18 މެއި 2021 | އަންގާރަ 08:16
އެންވާރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް މިނިސްޓަރ އައިމިނަތު ޝައުނާ

އެންވާރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް މިނިސްޓަރ އައިމިނަތު ޝައުނާ

ރާއްޖޭގެ މުސްތަގުބަލު ބިނާވެފައި ވަނީ މޫސުމީ ބަދަލުތަކަށް މިއަދު ދޭ ސަމާލުކަމާއީ އެ ބަދަލުތައް ކުޑަކޮށް ހައްލުކުރަން ކުރާ މަސައްކަތަކަށް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ސީއެންބީސީ އަށް ދެއްވި ހާއްސަ އިންޓަވިއެއްގައި އެކަމަނާ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ގައުމަކީ ދިވެހި ރާއްޖެ ކަމަށެވެ. ރާއްޖެ އަކީ ވަށައިގެން ކަނޑުގެ ލޮނުގަނޑު އޮތް ގައުމަކަށް ވާއިރު، ރާއްޖޭގެ 80 ޕަސަންޓު ރަށްތަކަކީ ސީ ލެވެލް އަށް ވުރެ އެންމެ މީޓަރެއް އުހުގައި އޮތް ރަށްތަކެއް ކަމަށެވެ. އެހެންވީމާ މި ގައުމު ސަލާމަތްވާނެ އިތުރު ގޮތެއް ނެތް ކަމަށާއި، ވަކި ދާނެ އިތުރު އުސް ބިމެއް ވެސް ނެތް ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ޝައުނާ ވިދާޅުވީ ރާއްޖެއިން މިހާރު ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް މިކަމަށް ވީ އެންމެ ރަނގަޅަކަށް މަސައްކަތްކުރާނެ ކަމަށާއި، އެކަމަށް ބައިނަލްއަގުވާމީ އެހީތެރިކަން ވެސް ވަރަށް ބޭނުންވާ ކަމަށް ވިދާޅުވިއެވެ. މޫސުމީ ބަދަލުތަކަކީ ހަގީގަތެއް ކަމަށާއި ދުނިޔޭގައި އުޅޭ ކޮންމެ މީހަކު ވެސް ފަރުދީ ލެވެލްއެއްގައި މިކަމަށް ހައްލު ގެނައުމަށް މަސައްކަތްކޮށްގެން ނޫނީ މި ބަދަލުތަކުން ސަލާމަތްވެ އަރައިގަނެވޭނެ މަގެއް ނެތް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ މިހާރު ވެސް މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖެ އަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު ވެސް ބައެއް ރަށްރަަށަށް ވެފައިވާ ގެއްލުންތައް މިނިސްޓަރ ތަފްސީލްކޮށްދެއްވިއެވެ. ޝައުނާ ވިދާޅުވީ 90 އިންސައްތަ ރަށްރަށަށް އުދަ އަރާ ކަމަށާއި، 97 އިންސައްތަ ރަށްރަށް ގިރާ ކަމަށެވެ. އަދި އޭގެ ތެރެއިން 64 އިންސައްތަ ރަށްރަށް ވަރަށް ބޮޑަށް ގިރާފައިވާ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ 50 އިންސައްތަ ރަށްރަށުގައި ގެތަށް އަޅާފައި ހުންނާނީ މޫދާ 100 މީޓަރު ދުރުގައި ކަމަށެވެ. އެހެންވީމާ ރަށް ގިރުމާއި ރާޅު އެރުމަކީ ރަށްރަށުގައި ދިރިއުޅޭ މީހުންނަށް އޭގެ ސަބަބުން އެކިވަރުގެ ގެއްލުން ވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ މިކަމަކީ މިހާރުން މިހާރަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމެއް ކަމަށެވެ. އެކަކު ދެމީހަކު ކުރާ މަސައްކަތަކުން މިކަން ހައްލެއް ނުވާނެ ކަމަށާއި، ދުނިޔޭގެ އެންމެން ވެސް ފަރުދީ ލެވަލްއެއްގައި މިކަަމަށް ޒިންމާ ނަގައި އެބަޔަކަށް ކުރެވުނު ކޮންމެ ކަމެއް ކުރަން މަޖުބޫރުވާ ހިސާބަށް އައިސްފައިވާ ކަމަށެވެ. އަދި ހުރިހާ ގައުމެއްގެ ސަރުކާރަކުން ވެސް ގައުމީ ފެންވަރުގައި ކުރެވެން ހުރި ކަންކަން ކޮށްގެން ނޫނީ ރާއްޖެއާއި ރާއްޖެ ފަދަ އެހެން ކުދި ގައުމުތައް ސަލާމަތް ނުވާނެ ކަމަށް ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
07 ސެޕްޓެމްބަރު 2025

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި
20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
16 ފެބުރުއަރީ 2025

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

16 ފެބުރުއަރީ 2025
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
12 ޑިސެމްބަރު 2024

އެންވަރަންމަންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިންގައި ވެސް ރޯވެ އަނދަނީ

12 ޑިސެމްބަރު 2024
އެންވަރަންމަންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިންގައި ވެސް ރޯވެ އަނދަނީ
19 ސެޕްޓެމްބަރު 2024

ދިވެހިރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް އިފްތިތާޙުކޮށްފި

19 ސެޕްޓެމްބަރު 2024
ދިވެހިރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް އިފްތިތާޙުކޮށްފި
19 ސެޕްޓެމްބަރު 2024

ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސޯލާ ބަދަލުކުރަން ބޮޑު ހަރަދެއް، އެކަންކުރެވޭނެ ތާރީހެއްވެސް ނޭނގޭ

19 ސެޕްޓެމްބަރު 2024
ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސޯލާ ބަދަލުކުރަން ބޮޑު ހަރަދެއް، އެކަންކުރެވޭނެ ތާރީހެއްވެސް ނޭނގޭ
03 ޖުލައި 2024

ސިޔާސީ މަޤާމުތައް މަދެއް ނުވި، އެންވަޔަރމަންޓް މިނިސްޓްރީއަށް އަނެއްކާވެސް އައު ޑެޕިއުޓީ މިނިސްޓަރެއް އައްޔަނުކޮށްފި

03 ޖުލައި 2024
ސިޔާސީ މަޤާމުތައް މަދެއް ނުވި، އެންވަޔަރމަންޓް މިނިސްޓްރީއަށް އަނެއްކާވެސް އައު ޑެޕިއުޓީ މިނިސްޓަރެއް އައްޔަނުކޮށްފި
08 އެޕްރީލު 2024

ރަސްމާލެ ހިއްކުމަށް، ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ވެލި ނެގޭގޮތަށް ގަވާއިދު އިސްލާހުކޮށްފި

08 އެޕްރީލު 2024
ރަސްމާލެ ހިއްކުމަށް، ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ވެލި ނެގޭގޮތަށް ގަވާއިދު އިސްލާހުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް