Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައްދޫ ޒާހިރު އަވަހާރަވުން

ގައްދޫ ޒާހިރު އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

ރައްޔިތުންގެ ޚާއްޞަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގައި އެކުގައި މަސައްކަތް ކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 މެއި 2021 | އަންގާރަ 01:51
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު- ރައީސް ވިދާޅުވީ، އެއީ އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އެކުވެރިއެއްކަމަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު- ރައީސް ވިދާޅުވީ، އެއީ އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އެކުވެރިއެއްކަމަށް

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) އަވަހާރަ ވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ތައުޒިޔާ ދަންނަވައިފިއެވެ.

ތައުޒިޔާ ދަންނަވައި އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޒާހިރަކީ ރައްޔިތުންގެ ޚާއްޞަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގައި އެކުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވި ގާތް ރަޙުމަތްތެރިއެއް ކަމަށެވެ. އަދި ޒާހިރު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުކަން ފާހަގަ ކުރައްވައި ރައީސް ވަނީ އޭނާގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލެއްވުން އެދި ދުއާ ކުރައްވާފައެވެ.

ޒާހިރުގެ އާއިލާގެ ފަރާތުން ރާއްޖެ އެމްވީއާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ޒާހިރުގެ ހާލުކޮޅު ގޯސްވެގެން އެމަރޖެންސީގައި އައިޖީއެމްއެޗަށް ގެންދެވި ފަރުވާ ދެވިފައިވާ ކަމަށެވެ. އާއިލާއިން ވިދާޅުވެފައިވަނީ ޒާހިރުގެ ހާލުކޮޅު ގޯސްވެފައިވަނީ ކޮވިޑުގެ ސަބަބުން ކަމަށެވެ. ޒާހިރު އަވަހާރަވި އިރު އުމުރުފުޅުން 80 އަހަރެވެ.

ޒާހިރު އާދަމް (ގައްދޫ ޒާހިރު) އަކީ ގައްދޫ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ޒާހިރުގެ ބައްޕާފުޅެވެ. ޒާހިރު ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަައްދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައެވެ. މީގެ އިތުރުން ހުވަދުއަތޮޅު ދެކުނުބުރީ މެންބަރުކަމާއި ޚާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ޒާހިރު ވަނީ ކުރައްވާފައެވެ.

ޒާހިރު އާދަމްރައީސް ސޯލިހުކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު