Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕްރިންސް ހެރީގެ އައު ސިލްސިލާ

ޕްރިންސް ހެރީގެ އައު ސިލްސިލާގައި ޑަޔާނާގެ ޖަނާޒާގެ މަންޒަރެއް

ފެނިގެންދަނީ ސަންދޯކަށް ބަލަހައްޓައިގެން ހުރި 12 އަހަރުގެ ހެރީ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 17 މެއި 2021 | ހޯމަ 17:34
ޕްރިންސެސް ޑަޔާނާގެ ޖަނާޒާގެ ތެރެއިން

ޕްރިންސެސް ޑަޔާނާގެ ޖަނާޒާގެ ތެރެއިން

ޕްރިންސް ހެރީ އާއި އޯޕްރާ ވިންފްރީ ގެނެސްދޭ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޓީވީ ސިލްސިލާގެ ފުރަތަމަ ޓްރެއިލާ އާންމު ކޮށްފިއެވެ.

އެޕަލް ޓީވީން ގެނެސްދޭ 'ދަ މީ ޔޫ ކާންޓް ސީ' ބްރޯޑްކާސްޓު ކުރަން ފަށަނީ އަންނަ ހުކުރު ދުވަހުއެވެ. މި ޝޯގެ ފުރަތަމަ ޓްރެއިލާ އާންމު ކޮށްފައި ވަނީ ހޯމަ ދުވަހުއެވެ. މި ޓްރެއިލާގައި ގިނަ އަދަދެއްގެ ފިލްމީ ތަރިންނާއި, މަޝްހޫރު ގިނަ ބަޔަކު ފެނިގެން ގޮސްފައިވާއިރު, އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވަނީ ޕްރިންސް ހެރީގެ މަންމާފުޅު ޕްރިންސެސް ޑަޔާނާގެ ޖަނާޒާގެ މަންޒަރަށެވެ.

ދެ މިނިޓްގެ ޓްރެއިލާއިން ފެނިގެންދަނީ ޖަނާޒާ ތެރޭގައި ޑަޔާނާގެ ސަންދޯކަށް ބަލަހައްޓައިގެން ހުރި 12 އަހަރުގެ ޕްރިންސް ހެރީއެވެ. އެވަގުތު ބައްޕާފުޅު ޕްރިންސް ޗާލްސް, ހެރީގެ ގާތު ކޮންމެވެސް ވާހަކަތަކެއް ދައްކަވާތަން ފެނިގެން ދެއެވެ.

ޝޯގެ ޓްރެއިލާއިން ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް ވެސް ފެނިގެން ދެއެވެ. ހަމަ އެހެންމެ ވަކި ހިސާބަކުން އެ ދެކަނބަލުންގެ ދަރިކަލުން ވެސް ފެނިގެން ދެއެވެ.

ނަފްސާނީގޮތުން ދިމާވާ މައްސަލަތަކާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ މި ޝޯގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންނަކީ ޕްރިންސް ހެރީ އަދި އޯޕްރާ ވިން ފްރީއެވެ. މި ޝޯގެ ފުރަތަމަ ޓްރެއިލާއިން މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާއާއި, އެކްޓްރެސް ގްލެން ކްލޯޒްއާއި, ސީރިއާގެ ރެފިއުޖީއެއް ކަމަށްވާ ފައުޒީގެ ތަޖުރިބާތައް ހިއްސާކުރާ މަންޒަރުވެސް ފެނިގެން ދެއެވެ.

ދި ރޯޔަލް ފެމިލީ

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2022

ރާނީ އެލިޒަބެތުގެ ހަށިކޮޅު ފަސްދާނުލައިފި

20 ސެޕްޓެމްބަރު 2022
ރާނީ އެލިޒަބެތުގެ ހަށިކޮޅު ފަސްދާނުލައިފި
12 ޖޫން 2021

ކަނޑިއަކުން ކޭކުފަޅުއްވައި އިނގިރޭސި ރާނީގެ ހުނަރުފުޅު ދައްކަވާލައްވައިފި

12 ޖޫން 2021
ކަނޑިއަކުން ކޭކުފަޅުއްވައި އިނގިރޭސި ރާނީގެ ހުނަރުފުޅު ދައްކަވާލައްވައިފި
16 މެއި 2021

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

16 މެއި 2021
އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
16 މެއި 2021

ޗާލްސްއަށް ރަސްކަން ލިބިވަޑައިގަތީމާ ގަނޑުވަރުތައް އާއްމުންނަށް ހުޅުވައިލާނެ

16 މެއި 2021
ޗާލްސްއަށް ރަސްކަން ލިބިވަޑައިގަތީމާ ގަނޑުވަރުތައް އާއްމުންނަށް ހުޅުވައިލާނެ
12 މެއި 2021

ޕްރިންސް ޗާލްސްއަށް އަންހެނަކު ނޫނެކޭ ބުނިކަން އެނގޭތަ؟

12 މެއި 2021
ޕްރިންސް ޗާލްސްއަށް އަންހެނަކު ނޫނެކޭ ބުނިކަން އެނގޭތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު