Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޓަނެޓް އަގުހެޔޮކުރުން

އިންޓަނެޓް އަގުހެޔޮކުރުމުގެ މަސައްކަތް އެބަކުރަން: ޝައުނާ

އިންޓަނެޓް އަގުހެޔޮކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 17 މެއި 2021 | ހޯމަ 14:20
 މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އިންޓަނެޓް އަގުހެޔޮކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ދެއްވި ޚިތާބުގައި ވަނީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާ ފެށިގެން އައި އިރާ އަޅާބަލާއިރު މިހާރު ގިނަ ކަންތައްތަކެއް ރަނގަޅުވެ ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވާފައެވެ. އެކަމަކު އަދިވެސް ރަނގަޅުކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެއާއި ބޭރުދުނިޔެއާއި ސަބްމެރީން ފައިބަރ އޮޕްޓިކް ކޭބަލުން ގުޅާލުމުގެ އިރުތުން، ރާއްޖޭގެ އެތެރޭގައި ވެސް މިވަނީ ފައިބަރ ނެޓްވަރކްތައް ޤާއިމްކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވަނީ އެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ޕްރައިވެޓް ސެކްޓާއިން ކޮށްދެމުންދާ މަސައްކަތް ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދުވަހުން ދުވަހަށް ފައިބަރ ނެޓްވާރކާ ގުޅާލެވޭ ރަށްތައް އިތުރުވެ މިހާރު ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފައިބަރ ނެޓްވާރކް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަރނެޓް ޚިދްމަތް ލިބޭކަން ވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އަދިވެސް ރަނގަޅުކުރަން ޖެހޭ ކަންތައްތައް ގިނަ ކަމަށެވެ. އެގޮތުން އިންޓަނެޓުގެ އަގާއި ފެންވަރަކީ އެކަމަކާ މެދު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް އެއް ކަންތައް ކަމަށެވެ. އެހެންވެ އެކަމަށް ރިއާޔަތްކޮށް އިންޓަރނެޓް ޚިދުމަތުގެ އަގުތަކާއި ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ޓެކްނޮލޮޖީ މިނިސްޓަރ ކަމަށް އަލަށް އައްޔަންކުރައްވާފައިވާ ޝައުނާ މިހެން ވިދާޅުވި އިރު، އެއީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މި ސަރުކާރުގައި މިނިސްޓްރީއާ އެންމެ ފުރަތަމަ ހަވާލުވެ ހުންނެވި މަލީހް ޖަމާލް ވެސް ވަނީ ތަކުރާރުކޮށް ހަމަ އެހެން ވިދާޅުވެފައެވެ. އެކަމަކު ވެރިކަމަށް ތިން އަހަރަށް ވީ އިރުވެސް އެކަމުގެ އެއްވެސް އަލިމަގެއް ނުފެނި އާންމުންގެ ވަރަށް ބޮޑެތި ފާޑުކިޔުން ވަނީ އެމަނިކުފާނަށް އަމާޒުވެފައެވެ. އެންމެ ފަހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކުރީ ވެސް އެފަދަ މައްސަލަތަކުގައެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭއާއި ބޭރުދުނިޔެއާއި ގުޅުވާލަދޭ އިތުރު ސަބްމެރީން ކޭބަލްތައް ކުރިމަގުގައި ޤާއިމްކުރުމަކީ ވެސް މުވާސަލާތީ ޚިދުމަތްތަކުގެ އަގުތަކާއި ފެންވަރަށް ހެޔޮބަދަލުތައް ގެނައުމަށްޓަކައި ސިޔާސަތުތަކުގެ ތެރެއިން ކުރެވެމުންދާ މަސައްކަތެއް ކަމަށެވެ. އެ ބަދަލުތަކުގެ ހެޔޮ އަސަރު ދިވެހި އިގްތިސާދަށް ލިބި، ދިވެހިން އެދޭ ތަރައްގީ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލިޖީ

އިތުރަށް ކިޔާލަން

23 މާރިޗު 2022

އެން.ސީ.އައި.ޓީގެ ހަރުމުދާ ބެލެހެއްޓުން: މިލިއަނަކަށްވުރެ ގިނަ ރުފިޔާއަކީ ހަރުމުދަލުގެ ޞައްހަ އަގުކަން ކަށަވަރުކުރެވޭކަށް ނެތް

23 މާރިޗު 2022
އެން.ސީ.އައި.ޓީގެ ހަރުމުދާ ބެލެހެއްޓުން: މިލިއަނަކަށްވުރެ ގިނަ ރުފިޔާއަކީ ހަރުމުދަލުގެ ޞައްހަ އަގުކަން ކަށަވަރުކުރެވޭކަށް ނެތް
14 އޮކްޓޯބަރު 2021

ދިވެހިރާއްޖެއަށް އިންޓަނެޓު ތައާރަފުވިތާ 25 އަހަރުގެ ރިހިޔޫބީލު މުނާސަބަތު!

14 އޮކްޓޯބަރު 2021
ދިވެހިރާއްޖެއަށް އިންޓަނެޓު ތައާރަފުވިތާ 25 އަހަރުގެ ރިހިޔޫބީލު މުނާސަބަތު!
14 ސެޕްޓެމްބަރު 2021

ޑިޖިޓަލް އިޤްތިޞާދަކާ ދިމާއަށް ޤައުމު ގެންދިޔުމަކީ އަމާޒެއް - ރައީސް

14 ސެޕްޓެމްބަރު 2021
ޑިޖިޓަލް އިޤްތިޞާދަކާ ދިމާއަށް ޤައުމު ގެންދިޔުމަކީ އަމާޒެއް - ރައީސް
14 ސެޕްޓެމްބަރު 2021

ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

14 ސެޕްޓެމްބަރު 2021
ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު