Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮމިޔުނިކޭޝަން މިނިސްޓްރީގެ އޮޑިޓް ރިޕޯޓް

އެން.ސީ.އައި.ޓީގެ ހަރުމުދާ ބެލެހެއްޓުން: މިލިއަނަކަށްވުރެ ގިނަ ރުފިޔާއަކީ ހަރުމުދަލުގެ ޞައްހަ އަގުކަން ކަށަވަރުކުރެވޭކަށް ނެތް

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މިމައްސަލައަކީ 2018 ވަނަ އަހަރުގެ އޮޑިޓްގައިވެސް ފާހަގަކޮށް އިސްލާހުކުރަން ލަފާދިން މައްސަލައެއް ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 23 މާރިޗު 2022 | ބުދަ 02:27
 މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ

ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ން ހޯދާފައިވާ ހަރުމުދަލުގެ އަގު ހަރުމުދަލުގެ ރަޖިސްޓްރީން އެނގެން ނެތުމުގެ ސަބަބުން، 2019 ވަނަ އަހަރުގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މިލްކިއްޔާތުގެ ބަޔާނުގައި ހަރުމުދަލުގެ އަގުގެ ގޮތުގައި ހިމަނާފައިވާ 164،430،313 (އެއް ސަތޭކަ ފަސްދޮޅަސް ހަތަރު މިލިއަން ހަތަރު ސަތޭކަ ތިރީސް ހާސް ތިން ސަތޭކަ ތޭރަ) ރުފިޔާއަކީ ހަރުމުދަލުގެ ޞައްހަ އަގުކަން ކަށަވަރުކުރެވެން ނެތްކަމަށް އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ކޮމިޔުނިކޭޝަން މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ވަނީ ހާމަކޮށްފައެވެ. އެރިޕޯޓުގައި އޮޑިޓުން ފާހަގަކުރެވުނު މައްސަލަތައް ހިމަނާފައިވާއިރު އެއް މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ހަރުމުދަލުގެ ހިސާބުތައް ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައި ނެތުމެވެ.

Advertisement - newsAdvertisement

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވަނީ ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމެނޭ ކޮންމެ މުދަލެއްގައިވެސް ވަކި މައުލޫމާތުތަކެއް ފުރިހަމަކޮށް ބެލެހެއްޓިފައި ހުންނަން ވާނެކަމަށެވެ. ނަމަވެސް އެންސީއައިޓީން ހޯދާފައިވާ ގިނަ އަދަދެއްގެ މައިކްރޯ ސޮފްޓް ލައިސެންސްތައް ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނައިގެން ބަލަހައްޓަމުން ގެންގޮސްފައިނުވުމާއި، އެސެންޓަރުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނާފައިވާ ބައެއް ހަރުމުދަލުގެ އަގު ހަރުމުދަލުގެ ރަޖިސްޓްރީން އެނގެން ނެތްކަމުގައި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ދައުލަތުގެ އޮފީސްތަކުގައި ހުންނަ ހަރުމުދާ ހަމައަށް ހުރިތޯ މަދުވެގެން އަހަރަކު އެއްފަހަރު، އެ އޮފީހުގެ މާލީ ޒިންމާދާރުވެރިޔާ ކަނޑައަޅާ އުސޫލެއްގެ މަތިން ޗެކުކޮށް ބަލަންވާނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ކޮމިޔުނިކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ އެންސީއައިޓީގެ ބެލުމުގެ ދަށުގައި ހުރި ހަރުމުދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ޗެކުކޮށް މާލީ ޒިންމާދާރުވެރިޔާ ސޮއިކޮށްފައިނުވާކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މިމައްސަލައަކީ 2018 ވަނަ އަހަރުގެ އޮޑިޓްގައިވެސް ފާހަގަކޮށް އިސްލާހުކުރަން ލަފާދިން މައްސަލައެއް ކަމަށާއި މިކަން އިސްލާހުކުރަން އެދެވޭ މަސައްކަތެއް ކޮށްފައިނުވާކަމަށެވެ.

މިމައްސަލަ ހައްލުކުރުމަށް ދެ ކަމެއް ވަނީ ހުށަހަޅާފައެވެ. އެއީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މުދާ ލިބުނު ތާރީޚާއި މުދަލުގެ އަގާއި މުދާ ހުރިތަން އަދި މުދަލަށް ފަހުން އަންނަ ބަދަލު ރަޖިސްޓްރީގައި ހިމަނަގައިގެން ބެލެހެއްޓުމެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތަކެއްޗާއި ހަވާލުވެހުރި މުވައްޒަފަކާއި ޗެކުކުރި ބަޔަކު ހަރުމުދާ ޗެކުކުރިކަމުގެ ލިޔުމެއްގައި ސޮއިކުރުމަށާއި އަދި ޗެކްކުރިއިރު އުނިއިތުރެއްވާނަމަ އެކަމާމެދު ނިންމި ގޮތް ބަޔާންކޮށް އެއޮފީހެއްގެ މާލީ ޒިންމާދާރުވެރިޔާ ނުވަތަ އެއޮފީހެއްގެ އިސްވެރިއަކު ސޮއިކުރުމަށެވެ.

ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލިޖީ

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިރާއްޖެއަށް އިންޓަނެޓު ތައާރަފުވިތާ 25 އަހަރުގެ ރިހިޔޫބީލު މުނާސަބަތު!

ދިވެހިރާއްޖެއަށް އިންޓަނެޓު ތައާރަފުވިތާ 25 އަހަރުގެ ރިހިޔޫބީލު މުނާސަބަތު!

14 އޮކްޓޯބަރު 2021
ޑިޖިޓަލް އިޤްތިޞާދަކާ ދިމާއަށް ޤައުމު ގެންދިޔުމަކީ އަމާޒެއް - ރައީސް

ޑިޖިޓަލް އިޤްތިޞާދަކާ ދިމާއަށް ޤައުމު ގެންދިޔުމަކީ އަމާޒެއް - ރައީސް

14 ސެޕްޓެމްބަރު 2021
ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

14 ސެޕްޓެމްބަރު 2021
އިންޓަނެޓް އަގުހެޔޮކުރުމުގެ މަސައްކަތް އެބަކުރަން: ޝައުނާ

އިންޓަނެޓް އަގުހެޔޮކުރުމުގެ މަސައްކަތް އެބަކުރަން: ޝައުނާ

17 މެއި 2021
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު