Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންފޮމޭޝަން އާއި ކޮމިއުނިކޭޝަން ޓެކްނޮލޮޖީ

އިންފޮމޭޝަން އާއި ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް ކާމިޔާބު ހޯދިފައިވޭތަ؟

އައި.ސީ.ޓީ މާޙައުލަށް ބަލާލާއިރު، އެކަށީގެންވާ މިންވަރަކަށް ޚިދުމަތާއި އިންފްރާ ސްޓްރަކްޗަރ މިވަނީ ތަރައްޤީ ކުރެވިފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 މެއި 2023 | ހުކުރު 10:47
މާލޭގައި 1977 ވަނަ އަހަރު ގާއިމު ކުރެވުނު އާރތު ސްޓޭޝަން: ބައިނަލްއަގުވާމީ މުވާސަލާތުގެ ތެރެއަށް ދިވެހިރާއްޖެ ވަނުމުގެ ދޮރަކަށްވީ މި ސްޓޭޝަން

މާލޭގައި 1977 ވަނަ އަހަރު ގާއިމު ކުރެވުނު އާރތު ސްޓޭޝަން: ބައިނަލްއަގުވާމީ މުވާސަލާތުގެ ތެރެއަށް ދިވެހިރާއްޖެ ވަނުމުގެ ދޮރަކަށްވީ މި ސްޓޭޝަން

ދިވެހިރާއްޖެއަކީ މިހާރު އެންމެކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ގިންތިން ކުރިއަށްޖެހި، ތަރައްޤީވަމުން އަންނަ ޤައުމެއްގެ ގޮތުގައި ބެލެވޭ ޤައުމަކަށްވިޔަސް، އެންމެ ކުޑަކޮށް ތަރައްޤީ ވެފައިވާ ޤައުމުތަކަށް ހުންނަ ގިނަ ގޮންޖެހުންތައް އަދިވެސް ރާއްޖެއަށް އެބަހުއްޓެވެ. މިގޮތުން، ކުދި ޖަޒީރާތަކެއްގެ މައްޗަށް ރާއްޖެ އެކުލެވިފައިވުމާއި، ރަށްރަށުގެ ކުދި އާބާދީގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ފާހަގަކުރެވެއެވެ. އިންފޮމޭޝަން އާއި ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އަކީ މިގޮންޖެހުންތަކުން އަރައިގަނެ، ރާއްޖޭގެ އެކަހެރި ރައްތަކުގެ އެކަހެރިކަން ކުޑަކޮށް އާބާދީ އެކުގައި މަސައްކަތްކުރުމަށް މަގުފަހިކޮށްދޭ ވަސީލަތެކެވެ.

އިންފޮމޭޝަން އާއި ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ނުވަތަ އާއްމުކޮށް މިހާރު ކިޔާގޮތަށްނަމަ ޑިޖިޓަލް ޓެކްނޮލޮޖީތައް ތަޢާރަފްވަމުންއައި ދުވަސްތަކުގައި، ޓެކްނޮލޮޖީ ބޭނުކުރުމަކީ ޢިޙްތިޔާރެއް ކަމަށްވިޔަސް، މިހާރު އެދުވަސްމިވަނީ މާޒީވެފައެވެ. އަދި ޓެކޮނޮލޮޖީ އާއިނުލައި ނޫޅެވޭ ހިސާބަށް ގޮސްފައެވެ. މިއަދުގެ ހާލަތަށް ބަލާލާއިރު، ޗާޕުކުރި ނޫހެއް މިހާރު (ވަރަށް މަދުންނޫނީ) ނުނެރެއެވެ. ފެނާއި ކަރަންޓު، އަދި ފޯނު ފަދަ ޚިދުމަތްތަކަށް މިހާރު ގެއަށް ބިލެއްނާދެއެވެ. ސަރުކާރުން ދޭ ގިނަ ޚިދުމަތަކަށް އަޅުގަނޑުމެން ފައިސާ ދައްކަނީ އޮންލައިންކޮށެވެ. އަދި، މާދުރުނޫން މުސްތަގްބަލެއްގައި، ނަގުދު ފައިސާ ބޭނުންކުރުން މުޅިންހެން ނެތިގެންދާނެއެވެ.

ކުރިއަށްއޮތްތަނުގައި އަންނާނެ އެއްޗެއްކަމުގައި އަޅުގަނޑުމެން ދެކެމުންއައި އާޓިފިޝަލް އިންޓެލިޖެންސް މިހާރު މިއޮތީ މިހިނދުން މިހިނދަށް ވެސް އޭގެ ބޭނުން ހިފޭ ވަސީލަތަކަށް ބަދަލުވެފައެވެ. މާލަސްތަކެއްނުވެ، އިންސާނީ ސިކުނޑިންނޫނީ ނުކުރެވޭ ބައެއްކަންކަން އާޓިފިޝަލް އިންޓެލިޖެންސް މެދުވިރކޮށް ކުރުމުގެ ފުރުސަތު ފަހިވާނެވެ. މިފަދަ މިންވަރަކަށް ޓެކްނޮލޮޖީ ކުރިއަރަމުންދާއިރު، މުޖުތަމައުގެ ކޮންމެ ފަރުދަކީވެސް، ޓެކްނޮލޮޖީގެ ވަސީލަތްތައް ލިބޭ، އަދި ޓެކްނޮލޮޖީއަށް ބީރައްޓެހިނޫން މީހަކަށް ވާންޖެހެއެވެ. ޓެކްނޮލޮޖީގެ ފަސޭހަކަން އަޅުގަނޑުމެން އިޙްޞާސް ކުރާއިރު، ހަމަ މި ފަސޭހަތަކުގެ ތެރެއިން ކޮށްފާނެ ނުރަނގަޅު ކަންކަމަށް ވެސް އަޅުގަނޑުމެން ވަރަށް ސަމާލު ވާންޖެހޭނެއެވެ. އެހެންކަމުން ޑިޖިޓަލް ޓެކްނޮލޮޖީ ރަނގަޅުގޮތުގައި ބޭނުނުންކުރުމަށް ރައްޔިތުން އަހުލުވެރިކުރުވާ، ޓެކްނޮލޮޖީގެ ތެރެއިން ކުރިމަތިވެދާނެ އެހެނިހެންކަންމުން ސަލާމަތްވެ ތިބޭނެ ގޮތްތައް އެންމެހާ ފަރާތްތަކަށް އަންގާދިނުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ވަރަށް މުހިއްމު މަސައްކަތެކެވެ.

ފަހަކަށްއައިސް އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ބޮޑު އެއް މައްސަލައަކީ އެކިއެކި ސްކޭމް ތަކުގެ ސަބަބުން ރައްޔިތުންގެ އަތުގައި ހުންނަ ފައިސާ ގެއްލިގެންދާ މައްސަލައެވެ. މިފަދަ ސްކޭމްތައް ހުއްޓުވާ، މުވާސަލާތީ ޚިދުތްތަކާއި ބޭންކިންގް ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން ކަމާއިބެހޭ ފަރާތްތަކުގެ މަޝްވަރާއާއިއެކު ގިނަ ކަންތައްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން މިހާތަނަށް ކުރެވުނު މަސައްކަތްތަކުންވެސް އެދެވޭ ނަތީޖާ ދަނީ ފެންނަމުންދެއެވެ. އަދި މިއަހަރުގެ ތެރޭގައި އަޅަން ހަމަޖައްސާފައިވާ އިތުރު ފިޔަވަޅުތަކާއިއެކު، މި މައްސަލަ ވަރަށްބޮޑަށް ހައްލުވެގެންދާނެއެވެ.

ރާއްޖޭގެ އައި.ސީ.ޓީ މާޙައުލަށް ބަލާލާއިރު، އެކަށީގެންވާ މިންވަރަކަށް ޚިދުމަތާއި އިންފްރާ ސްޓްރަކްޗަރ މިވަނީ ތަރައްޤީ ކުރެވިފައެވެ. ރާއްޖެއާއި ބޭރުދުނިޔެއާއި ގުޅުމަށް އިތުރު ސަބްމެރީން ފައިބަރ އޮޕްޓިކް ކޭބަލްތައް އެޅުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މިގޮތުން ކުރިއަށްއޮތް 2 އަހަރެއްހާދުވަހުގެ ތެރޭގައި  އިތުރު 3 ސަބްމެރީން ކޭބަލް ސިސްޓަމާއި ރާއްޖެގުޅާލެވޭނެއެވެ. އަދި ރާއްޖޭގެ އެތެރޭގެ އިންފްރާސްޓަރަކްޗަރ ވެސް ފުޅާކުރެވި، ފައިބަރ ނެޓްވާރކާ ގުޅާލެވޭ ރަށްތައް އިތުރު ވެގެންދާނެއެވެ. 2021 ވަނަ އަހަރުގެ ތެރޭގައި އިންޓަރނެޓު ޚިދުމަތުގެ އަގުތަކާއި ފެންވަރަށް ގެނެވުނު ހެޔޮ ބަދަލުގެ ސަބަބުން ބްރޯޑްބޭންޑް އިންޓަރނެޓް ޚިދުމަތްބޭނުންކުރާ ފަރާތްތަކަށް ދިމާވި ގިނަ މައްސަލަތައް މިހާރު މިވަނީ ހައްލުކުރެވިފައެވެ.

ރާއްޖޭގެ އައި.ސީ.ޓީ ދާއިރާއަށް އައިސްފައިވާ ކުރިއެރުން ފާހަގަކުރާއިރު، މި ދާއިރާގައި އަދި އިތުރަށް ކަންކަން  ކުރަން ހުރިކަންވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ. ރާއްޖޭގެ އާބާދީކުޑަ ރަށްތަކަށްވެސް ބްރޯޑްބޭނޑް ޚިދުމަތް ފުޅާކޮށް ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރަން ޖެހެއެވެ. އަދި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުން ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުން އިތުރުކުރަން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

15 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
ފުރާނައާއި ފުރާނަފުޅު!

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017
އިންފޮމޭޝަން ކޮމިޝަނަރަށް ދެން ސިޓީއެއް ފޮނުވޭނެތަ؟!

އިންފޮމޭޝަން ކޮމިޝަނަރަށް ދެން ސިޓީއެއް ފޮނުވޭނެތަ؟!

19 އެޕްރީލު 2017

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު