Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕާސްވޯޑު-ޑިޖިޓަލް ދުނިޔެ

ރަނގަޅު ގޮތަކީ ޕާސްވޯޑުތައް ހަމަ ސިކުނޑީގައި ބެހެއްޓުން

ޓެކްނޮލޮޖީއާއި، އާ އީޖާދުތަކާއެކު ހައްޓަށް ބޮޑު ލުއެއް ވަނީ ލިބިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ނޮވެމްބަރު 2022 | ހޮނިހިރު 14:33
ޓެކްނޮލޮޖީއަށް ބަރޯސާވުމުގެ ސަބަބުން ސިކުނޑިއާއި ހަށިގަނޑު މިދަނީ ދުވަހެއް ދުވަހަކަށް ކަންނެއް ވަމުން

ޓެކްނޮލޮޖީއަށް ބަރޯސާވުމުގެ ސަބަބުން ސިކުނޑިއާއި ހަށިގަނޑު މިދަނީ ދުވަހެއް ދުވަހަކަށް ކަންނެއް ވަމުން

ޓެކްނޮލޮޖީއާއެކު އިންސާނުންގެ ދިރިއުޅުމަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ޓެކްނޮލޮޖީގެ ސަބަބުން އެތަކެއް ގޮތްގޮތުން ހައްޓަށް ލުއިވެގެން ގޮސްފައިވެއެވެ.

މިސާލަކަށް މީގެ ކުރިން އަތުން ލިޔެ ފޮނުވައި އުޅުނު ސިޓީބިޓީ މިހާރު "ޝޯޓް މެސެޖް ސަރވިސް" ނުވަތަ އާންމު ބަހުން ނަމަ އެސްއެމްއެސްއަށް ބަދަލުވެއްޖެއެވެ. އަތުން ލިޔެގެން ނެރެމުން ދިޔަ އެތައް ސަފްހާގެ ފޮތްތައް މިއަދު ޕްރިންޓަރުން ޗާޕުކޮށްލީމައި ނިމުނީއެވެ.

އެ އެކަންޏެއް ނޫނެވެ. ދޮލަނގަށް ހަނޑޫ އަޅައިގެން ފުކަކުން ފުކަކުން ވަކިކޮށްގެން ހަނޑޫ ހޮވައި އުޅުނު ޒަމާންވެސް މިއޮއްގެން މާޒީވީއެވެ. މިއީ ފުނޑާ ދައި މައްޗަށް ހަވާދު އަޅައިގެން ފުނޑާ ޒަމާނެއްވެސް ނޫނެވެ. މިހާރު އެކަމަށް ބޭނުންކުރަނީ މިކްސްޗަރެކެވެ.

މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ޓެކްނޮލޮޖީއާއި، އާ އީޖާދުތަކާއެކު ހައްޓަށް ލުއިވެގެން މި ދިޔައީ ތިޔަހެނެއް ނޫނެވެ. އެވަރުން ނުވިތާކަށް މިހާރު ސިކުނޑީގެ ބޭނުންވެސް ހިފާލުން ގިނަ މީހުންނަށް މި ވަމުން ދަނީ ބޮޑު ކަމަކަށެވެ. ނޭނގުނު ހެއްޔެވެ؟

ދޭއް ގުނަ ހަތަރެކޭ ބުނީމައި އަށެކޭ ބުނަން މީގެ ކުރިން ސިކުނޑި ހުންނަނީ އާދަވެފައެވެ. އެ މައުލޫމާތު ސިކުނޑީގައި ރައްކާ ކޮށްލައިގެން އުޅެން މީހުންނަށް މާ އުނދަގޫ ކަމަކަށްވެސް ނުވެއެވެ. ނަމަވެސް މިހާރު އެހެންތޯއެވެ؟ ދޭއް އެއްކުރަން ދޭއްގެ ނަތީޖާވެސް ކަލްކިއުލޭޓަރަކުން މެނުވީ އަމިއްލަ ސިކުނޑިއަށް ޤަބޫލު ކުރެވޭ ކަމަކަށް ނުވެއެވެ. "މަސްނޫއީސިކުނޑި" އަކަށް އިންސާނުންވެސް މިއޮއްގެން ވަނީއެވެ.

އެހެން މިސާލެކެވެ. މިއީ ހުރިހާ ކަމެއް ޑިޓިޖަލް ޒަމާނެއް ކަމުން، އެކިއެކި ކަންކަމަށް އެކިއެކި އެޕްލިކޭޝަންތައް ބޭނުން ކުރަން ޖެހެއެވެ. ފޯނަށް ވަކި ޕާސްވޯޑެކެވެ. ފޭސްބުކާއި އިންސްޓަގްރާމްއާއި ސްނެޕްޗެޓަށް ވަކި ޕާސްވޯޑެކެވެ. އީމެއިލްއާއި ޖީމެއިލްއަށް ވަކި ޕާސްވޯޑެކެވެ. މީގެ ކުރިން ނަމަ އަމިއްލަ ޕާސްވޯޑުތައް ބަހައްޓަނީ ސިކުނޑީގައެވެ. ނޫނީ ބައެއް ފަހަރު ތަނެއްގައި ލިޔެލާފައެވެ. ނަމަވެސް ޓެކްނޮލޮޖީ ކުރިއަރައިގެން ގޮސް މިހާރު ޕާސްވޯޑުވެސް ޖެހެނީ "އޮޓޯ ފިލް" ކޮށްލާށެވެ. އެގޮތަށް ދޮޅު އަހަރުވެގެންދާއިރު، މިހާރު ގިނަ މީހުންނަށް އެމީހުންނަށް ޖެހުނު ޕާސްވޯޑުވެސް ހަނދާނުގައެއް ނުހުރެއެވެ.

ހަގީގަތަކީ ކޮންމެ ކަމަކަށް ޓެކްނޮލޮޖީއަށް ބަރޯސާވުމުގެ ސަބަބުން ސިކުނޑިއާއި ހަށިގަނޑު މިދަނީ ދުވަހެއް ދުވަހަކަށް ކަންނެއް ވަމުންނެވެ. ދަގަނޑު އެއްޗެހީގައި ދަބަރު ޖެހުމުން ވާ ކަހަލަ ގޮތެއް ވަމުންނެވެ.

ސިކުނޑިއަށްވެސް ކޮންމެވެސް ކަސްރަތެއް ދޭންވާނެއެވެ. ތިމާގެ ވިސްނުމާއި ހިޔާލާއި، ހަނދާނުގައި ބަހައްޓަން ޖެހޭ ކަންކަމާއި، ބޮލުގައި ބަހައްޓަން ޖެހޭ ފިކުރުތައް އަތްމުށަށް ލެވޭ ވަރުގެ ކުޑަކުޑަ ފޯނެއްގެ ތެރޭގައި ފޮރުވާލުމަކުން ނުވާނެއެވެ. ސިކުނޑީގެ ބޭނުންވެސް ހިފަންވާނެއެވެ.

ހުރިހާ ކަމެއް ނޯޓްޕެޑާއި އޮޓޯފިލްގައި ސޭވްކޮށްގެން އުޅުމުން ސިކުނޑީގެ ހަނދާނުގައި އެއްޗެހި ބެހެއްޓުމާއި، ވިސްނުމުގެ ޤާބިލުކަމަށް އެއިން ކުރާނެ އަސަރަކަށްވެސް ވިސްނާލަން އެބަޖެހެއެވެ. ރަނގަޅު ގޮތަކީ ޕާސްވޯޑުތައް ހަމަ ސިކުނޑީގައި ބެހެއްޓުމެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....
10 އެޕްރީލު 2017

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ
07 އެޕްރީލު 2017

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި
30 މާރިޗު 2017

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ
19 މާރިޗު 2017

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

19 މާރިޗު 2017
ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު