Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސެންޓްރަލް ޕާކު އިސްލާމީ މަރުކަޒު

އަގުހުރި އިނާމަކާއެކު ސެންޓްރަލް ޕާކުގެ އިސްލާމީ މަރުކަޒު ފަރުމާ ކުރުމުގެ މުބާރާތެއް

ފަރުމާ ކުރުންތަކުގައި ރާއްޖޭގެ ސަގާފީ ފަންނުވެރިކަން ފެންނަން ހުންނަން ވާނެ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 17 މެއި 2021 | ހޯމަ 12:20
ހުޅުމާލެ ސެންޓްރަލް ޕާކު

ހުޅުމާލެ ސެންޓްރަލް ޕާކު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަދާ އިސްލާމީ މަރުކަޒު ފަރުމާކުރުމުގެ މުބާރާތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

މި މުބާރާތަކީ އެޗްޑީސީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

Advertisement - newsAdvertisement

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި, ސެންޓްރަލް ޕާކުގައި އިސްލާމީ މަރުކަޒެއް ބިނާ ކުރުމުގެ ބޭނުމަކީ, އެ ޕާކުގައި ސަގާފީ ކުލަ ޖެއްސުމެވެ. އެހެން ކަމުން މި މުބާރާތުގެ ދަށުން ފަރުމާ ކުރެވޭ ފަރުމާ ކުރުންތަކުގައި ރާއްޖޭގެ ސަގާފީ ފަންނުވެރިކަން ފެންނަން ހުންނަން ވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ސެންޓްރަލް ޕާކުގެ އިސްލާމީ މަރުކަޒު އެކުލެވެނީ މައިގަނޑު ދެ އިމާރާތެއްގެ މައްޗަށެވެ. އެއީ 2500 މީހުންގެ ޖާގައިގެ މިސްކިތަކާއި ދީނީ ކުތުބުޚާނާއެކެވެ.

އިސްލާމީ ކުތުބުޚާނާއަކީ, ދީނީ ތައުލީމާއި ދިރާސާތައް ކުރެވޭނެހެން ފަރުމާކުރާ ކުތުބުޚާނާއެކެވެ. އެތަނުގައި ފޮތްކިޔުމަށް ޚާއްސަ ކޮޓަރިތަކުގެ އިތުރުން, އިލްމީ މަޝްވަރާތައް ކުރެވޭނެ ޖާގަތައް ހެދުމަށް ނިންމާފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭ އިސްލާމީ މަރުކަޒު ފަރުމާ ކުރުމުގެ މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި ވެސް ރެޖިސްޓާޑް އާކިޓެކްޓެއް ހުންނަން ޖެހެއެވެ. މި މުބާރާތުން އެއްވަނައަށް ހޮވޭ ޓީމަކަށް 300,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައި ވާކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކަކީ ދިވެހި ރާއްޖޭގެ އެންމެ ބޮޑު ޕާކެވެ. މި ޕާކު ތަރައްގީ ކުރަނީ ޖުމްލަ ހަތަރު ފިޔަވައްސަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިށީނދެލައިގެން ތިބެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕާކަކާއި, އައުޓްޑޯ ސްޓޭޖް އަދި ސްޓޯން ގާޑެންފަދަ ތަންތަން ހުންނަ އިންޓަރެކްޓިވް ޕާކަކާއި, ކަސްރަތުކުރުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދެވޭ ރެކްރިއޭޝަނަލް ޕާކެއްގެ އިތުރުން ފެންއަރުވާ ވަޑާމަކާއި މިސްކިތް ހުންނަ ބައެވެ.

ސެންޓްރަލް ޕާކުގައި އިސްލާމީ މާރުކަޒެއް ގާއިމް ކުރުމުގެ މަގުސަދަކީ, ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދީނީ ގޮތުން ފާހަގަކުރެވޭ އިމާރާތެއް ނުވަތަ ލޭންޑް މާކެއް ހެދުން ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންމިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

09 ނޮވެމްބަރު 2025
އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

22 އޮކްޓޯބަރު 2025
އެއްވަނައަށް 7500 ޑޮލަރުގެ އިނާމު ލިބޭ، ދިލްމާ ނެޗުރަލް ސޮމެލިއަރ ޗެލެންޖް ފަށައިފި

އެއްވަނައަށް 7500 ޑޮލަރުގެ އިނާމު ލިބޭ، ދިލްމާ ނެޗުރަލް ސޮމެލިއަރ ޗެލެންޖް ފަށައިފި

09 ސެޕްޓެމްބަރު 2025
ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2025 ގެ ކޯ ސްޕޮންސަރަކަށް ސިމްޑީ

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2025 ގެ ކޯ ސްޕޮންސަރަކަށް ސިމްޑީ

09 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު