Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެޗްޑީސީ

އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

އެޗްޑީސީއަށް އަމިއްލަ ފަރާތްތަކުން ނުދައްކާ އޮތް ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާއަށް އަރާއިރު، މީގެ ތެރޭގައި ނަން ހިނގާ ބޮޑެތި ކުންފުނިތަކުން 430 މިލިއަނާ ހަމައަށް ނުދައްކާ އެބަހުއްޓެވެ.

ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2025 | ބުދަ 14:37
ހުޅުމާލޭގައި ޗައިނާގެ ލޯނު ފައިސާ އިން ހަދާފައިވާ އެޕާޓްމަންޓް ބްލޮކްތަކުގެ މަންޒަރެއް

ހުޅުމާލޭގައި ޗައިނާގެ ލޯނު ފައިސާ އިން ހަދާފައިވާ އެޕާޓްމަންޓް ބްލޮކްތަކުގެ މަންޒަރެއް

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަމިއްލަ ފަރާތްތަކުން ޖުރިމަނާ އާ އެކު ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަރާ ކަމަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަމިއްލަ އެއް ކުންފުންޏަކުން ގާތްގަނޑަކަށް 430 މިލިއަން ނުދައްކާ އޮތް އިރު، 344 މިލިއަން ދައްކަން ޖެހޭ ކުންފުންޏަކާއި، 150 މިލިއަނަށް ވުރެ ގިނަ ފައިސާ އެޗްޑީސީ އަށް ދައްކަން ޖެހޭ ކުންފުންޏަކާ، 100 މިލިއަން ދައްކަން ޖެހޭ ކުންފުންޏެއް މީގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން 76 މިލިއަނާއި 10 މިލިއަނާއި ދެމެދުގެ އަދަދެއް އެޗްޑީސީ އަށް ދައްކަން ޖެހޭ 17 ކުންފުނި މީގެ ތެރޭގައި ހިމެނޭކަން ފާހަގަ ކުރެވިފައެވެ.

މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ 571 ފަރާތުގެ ޕޭމަންޓް އެޗްޑީސީ އަށް ނުލިބި ހުރި އިރު މީގެ ތެރޭގައި ނަން ހިނގާ ބޮޑެތި އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރާތްތައް ވެސް ހިމެނެއެވެ.

ގިނަ އަދަދެއްގެ ފަރާތްތަކުން އެޗްޑީސީ އަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ހުރި އިރު ހަމަ އެކަނި ޖުރިމަނާގެ ގޮތުގައި ވެސް ގިނަ އަދަދެއްގެ ފައިސާ ކުންފުންޏަށް ލިބެން ޖެހޭކަން ފާހަގަ ކުރެވެއެވެ.

އެޗްޑީސީ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބެނީ ބިން ވިއްކައިގެންނާއި ބިން ކުއްޔަށް ދީގެންނެވެ. ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައިގައި އެޗްޑީސީގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ވެސް ވަނީ ހާޒިރު ކޮށްފައެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންލިބެންޖެހޭ ފައިސާ

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
09 ނޮވެމްބަރު 2025

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

09 ނޮވެމްބަރު 2025
ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް
05 އޯގަސްޓު 2025

އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި

05 އޯގަސްޓު 2025
އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި
12 ޖުލައި 2025

ތިނަދޫ ސިޓީ ކައުންސިލުގެ އޮޓިޑު: މައްސަލަތައް އިސްލާހުކުރަން އަންގައިފި

12 ޖުލައި 2025
ތިނަދޫ ސިޓީ ކައުންސިލުގެ އޮޓިޑު: މައްސަލަތައް އިސްލާހުކުރަން އަންގައިފި
10 ޖުލައި 2025

ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން

10 ޖުލައި 2025
ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު