Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިރާގު މޯލްޑިވްސް ރޯޑް ރޭސް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025ގެ މެޑަލް އަދި ރޭސް ކިޓް ދައްކާލައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 އޮކްޓޫބަރު 24 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ސެޕްޓެމްބަރު 2025 | ހޯމަ 02:14
ދިރާގު މޯލްޑިވްސް ރޯޑްރޭސް ގައި ބޭނުންކުރާ ބިބް، ޓީޝާޓް އަދި ދަބަސް

ދިރާގު މޯލްޑިވްސް ރޯޑްރޭސް ގައި ބޭނުންކުރާ ބިބް، ޓީޝާޓް އަދި ދަބަސް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2025ގެ މެޑަލް އަދި ރޭސް ކިޓް ދިރާގުން ދައްކައިލައިފިއެވެ.

މި އަހަރުގެ ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 24 އޮކްޓުބަރު 2025 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.

Advertisement - newsAdvertisement

ޑީ.އެމް.އާރް.އާރް 2025 ގެ ރަސްމީ ރޭސް ކިޓްގެ ތެރޭގައި ރޭސް ނިންމާ ވަގުތު ދެނެގަނެވޭ ޗިޕް އެކުލެވޭ ބިބް، ދުވުންތެރިންނަށް ހާއްސަ ޓީޝާޓް، އަދި ދުވުމުގެ ދުވަހު ކޮންމެހެން ބޭނުންވާ ތަކެތި ގެންދިއުމަށް ރޭސް ދަބަހެއް ހިމެނެއެވެ. މީގެ އިތުރުން ރޭސް ނިންމާ ކޮންމެ ދުވުންތެރިއަކަށް ޑީ.އެމް.އާރް.އާރް 2025 އަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ މެޑަލް އެއް ލިބިގެންދާނެއެވެ.

ޑީ.އެމް.އާރް.އާރްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން އިންތިޒާރުކުރާ ދުވުމުގެ އިވެންޓެވެ. މި ދުވުމުގެ އިވެންޓުގައި ސަރަހައްދީ ގައުމުތަކުގެ ދުވުންތެރިން ވެސް ބައިވެރިވެއެވެ. އަދި މީގެ އިތުރުން ވޯރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.

ކޮންމެ އަހަރަކުވެސް މި އިވެންޓަކީ އެއްބައިވަންތަކަމާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ރޫހެއް އުފެއްދުމުގެ އިތުރުން މުހިންމު އިޖުތިމާއީ ކަންކަމަށް ހޭލުންތެރިކަން ގެނެސްދޭ އިވެންޓެކެވެ. މި އަހަރު ޑީ.އެމް.އާރް.އާރް ގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެން.ޖީ.އޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޑީ.އެމް.އާރް.އާރް 2025 އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، 4،000 ބައިވެރިން ހަމަވުމުން ބަންދުކުރާނެ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސްހުޅުމާލެ ސެންޓްރަލް ޕާކުވަރލްޑް އެތުލެޓިކްސްކުޑަކުދިންގެ ރައްކާތެރިކަންގައުމުތަކާއި އޮންނަ ގުޅުން

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2025

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި

30 އޮކްޓޯބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި
23 އޮކްޓޯބަރު 2025

ދިރާގު x އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން!

23 އޮކްޓޯބަރު 2025
ދިރާގު x އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން!
22 އޮކްޓޯބަރު 2025

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: 4,500 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު މި ހުކުރު ދުވަހު ފަށަނީ

22 އޮކްޓޯބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: 4,500 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު މި ހުކުރު ދުވަހު ފަށަނީ
07 އޮކްޓޯބަރު 2025

ކުޑަކުދިންތަކެއް ކުށުގެ ވެއްޓަށް ހުށަހެޅި ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި

07 އޮކްޓޯބަރު 2025
 ކުޑަކުދިންތަކެއް ކުށުގެ ވެއްޓަށް ހުށަހެޅި ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
28 ސެޕްޓެމްބަރު 2025

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

28 ސެޕްޓެމްބަރު 2025
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު