Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްޑީސީ

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

އެ ސިޓި އަކީ ތެދު މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ސިޓީ އެއް ނޫން

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2025 | ހުކުރު 13:46
ހިޔާ ޓަވަރު

ހިޔާ ޓަވަރު

ހިޔާ ޓަވަރުގެ ދިހަވަނަ ފަންގިފިލާ ގެ އެޕާޓުމަންޓް އަކަށް ދިމާވި މައްސަލައެއް ހައްލުކޮށްދިނުމަށް އެދި 12 ވަނަ ފަންގިފިލާ ގެ އެޕާޓުމަންޓް އަކަށް 1 އަހަރު ފަހުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިޓީ އެއް ފޮނުވައިފި އެވެ.

އެޗްޑީސީގެ ސިޓީ ލިބުނު ފަރާތުން ރާއްޖެ އެމްވީ އާށް އެކަމުގެ ކަންބޮޑުވުން ހިއްސާކުރަމުން ބުނީ އެޗްޑީސީ އިން ފޮނުވި ސިޓީ އަކީ އެއްވެސް ވަރަކަށް ތެދު މައުލޫމާތު ހުރި ސިޓީ އެއް ނޫން ކަމަށާއި ދިމާވި މައްސަލަ އަކީ 12 ފުލޯއިން ދިމާވި މައްސަލައެއް ވެސް ނޫން ކަމަށެވެ. އަދި އެ މައްސަލަ އަކީ 11 ފުލޯ އިން 10 ވަނަ ފަންގިފިލާ އަށް ފެން ލީކުވާތީ 10 ވަނަ ފުލޯގައި ދިރިއުޅޭ މީހުން މިދިޔަ އަހަރުގެ ފަހުކޮޅު އެޗްޑިސީ ގައި ޖެއްސި މައްސަލައެއް ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ބުނީ އެޗްޑީސީ ގެ ސިޓީ ލިބުމުން 11 ވަނަ ފަންގިފިލާ އަށް ގޮސް އެ އެޕާޓުމަންޓް ގައި އުޅޭ މީހުންނާއި ބައްދަލުކޮށް ފެން ލީކުވޭތޯ ސުވާލު ކުރުމުން އެކަހަލަ އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށާއި އެޗްޑީސީ އަށްވެސް މައްސަލަ ޖައްސާފައި ނުވާ ކަމަށް ބުނި ކަމަށެވެ. އެހެން ނަމަވެސް 10 ވަނަ ފަންގިފިލާ އަށް ފެން ލީކުވާތީ އެކަން ހައްލުކޮށްދީފައިވާނެ ކަމަށް އޭނާ ބުންޏެވެ.

އެޗްޑީސީން ފޮނުވި ސިޓީގެ ކޮޕީ އެއް ރާއްޖެ އެމްވީ އަށް ވަނީ ލިބިފަ އެވެ. އަދި ރާއްޖެ އެމްވީ އިން ބެލިބެލުމުން އެ ސިޓީ އަކީ ސައްހަ ސިޓީ އެއްކަން ވެސް ވަނީ އެނގިފަ އެވެ. އެ ސިޓީ އަކީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ލިޔެފައިވާ ސިޓީ އެކެވެ. އެހެން ނަމަވެސް 12 ވަނަ ފަންގިފިލާ ގެ އެޕާޓުމަންޓް ގައި ދިރިއުޅޭ މީހުންނަށް އެ ސިޓީ އެޗްޑީސީން ދީފައި ވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު އެވެ.

2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ލިޔެފައިވާ މި ސިޓީ ގައި ވާގޮތުން، އެ ސިޓީ ލިބޭ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ފުލެޓުގެ ފާހާނައިން ފެން ލީކުވުމުގެ މައްސަލަ ހައްލުކުރަން ޖެހެ އެވެ. އަދި ހައްލު ނުކޮށްފި ނަމަ ފުލެޓުގެ ވެރިފަރާތާއި އެކު ވެފައިވާ އެއްބަސްވުމުގައި ވާގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް އެ ފުލެޓުގެ ވެރިފަރާތުން ބުނީ 11 ވަނަ ފަންގިފިލާ ގެ އެޕާޓުމަންޓް އަކުން ކުރަންޖެހޭ މަސައްކަތެއް 12 ވަނަ ފަންގިފިލާގައި ދިރިއުޅޭ މީހުން ކުރަންޖޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި އެ މައްސަލަ އަކީ މީގެ އަހަރެއް ކުރިން 10 ވަނަ ފަންގިފިލާ ގައި އުޅޭ މީހުން އެޗްޑީސީ އަށް އީމެއިލް މެދުވެރިކޮށް ޖެއްސި މައްސަލައެއް ކަމަށާއި އެ މައްސަލަ ހައްލު ވީ ފަހުން ވެސް އެތައް ދުވަހެއް ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މިކަމާއި ގުޅިގެން އެޗްޑީސީގެ ހޮޓްލައިން އަށް ގުޅުމުން ބުނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 10 ވަނަ ފަންގިފިލާ ގެ އެ އެޕާޓުމަންޓުން އެފަދަ މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ހައްލު ކުރެވުނުތޯ ޓެކްނިކަލް ޓިމުގެ ބަހެއް ހޯދުމަށް ރާއްޖެ އެމްވީ އިން މަސައްކަތް ކުރި ނަމަވެސް އެ ޑިޕާޓުމަންޓްގެ އެއްވެސް ފަރާތަކާއި ގުޅޭގޮތް ވަނީ ނުވެފަ އެވެ.

ހިޔާ ޓަވަރުއެޗްޑީސީހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންފެން ލީކުވުންއެޕާޓްމަންޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު