Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

އެޗްޑީސީން ސަފާރީތައް އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުތައް ދެ އިއުލާނުގައި ތަފާތުވުމުން ސަފާރީތަކުން ނުރުހުން ފާޅުކުރި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2025 | އާދީއްތަ 04:21
(ކ) އޮކްޓޯބަރ 2025 ގެ އިޢުލާންގައި ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދު، (ވ) 04 ނޮވެމްބަރ 2025 ގެ އިޢުލާންގައި ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދު

(ކ) އޮކްޓޯބަރ 2025 ގެ އިޢުލާންގައި ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދު، (ވ) 04 ނޮވެމްބަރ 2025 ގެ އިޢުލާންގައި ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދު

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް ދާން ނިންމައިފި އެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން، ޔޮޓް އެސޯސިއޭޝަންގެ ރައީސް އަހުމަދު ވިޝާމް ވިދާޅުވީ މީގެ ކުރިން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރު އާއި ބައްދަލުކުރުމަށް ހަމަޖެހިފައި އޮތީ އާދިއްތަ ދުވަހު ހެނދުނު 10:00ގައި ކަމަށެވެ. އެ ބައްދަލުވުމުގައި 156 ސަފާރީ ތަމްސީލްކުރުމަށް ހަމަޖެހިފައި ވާއިރު އޭގެ ތެރެއިން ޔޮޓް އެސޯސިއޭޝަނުން ރިޕްރެޒެންޓް ކުރަނީ 58 ސަފާރީ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެމްޑީ ބިޒީކޮށް އުޅުއްވާތީ އާދިއްތަ ދުވަހު މެންދުރުގެ ވަގުތަކަށް އެ ބައްދަލުވުން ފަސްކޮށްފައިވާ ކަމަށަް އޭނާ ވަނީ ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ 04 ނޮވެމްބަރ 2025ގައި ސަފާރީ އުޅަނދުތައް އެޅުމަށް، ގުޅީފަޅާއި، ތިލަފުށި އަދި ކުޑަގިރި އިން ސަރަހައްދު ތަކެއް ފާހަގަކޮށް އެސަރަހައްދު ތަކުގައި ސަފާރީ އެޅުމަށް އަންގާފަ އެވެ. އެހެން ނަމަވެސް އެ އެންގުމާއި އެކު އެއް ކަރުދާސް ކުރެވިފައިވާ ޗާޓް އަކީ 30 އޮކްޓޯބަރ 2025 ގައި އެ ކުންފުނިން ކުރި ޢިއުލާންގައި އެއް ކަރުދާސް ކުރެވިފައިވާ ޗާޓްގައިވާ ސަރަހައްދަށް ބަދަލުގެނެސް އިތުރު ސަރަހައްދެއް އިތުރުކުރެވިފައިވާ ޗާޓެއްކަން ފާހަގަކޮށްލެވެ އެވެ.

އެހެންކަމުން މިކަމުގެ ސަބަބުން ސަފާރީތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ބުރާސްފަތި ދުވަހު މޯލްޑިވްސް ޔޮޓް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެޗްޑީސީގެ އިއުލާނާއި ގުޅިގެން ސަފާރީތަކަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް ލިބިފައިވާ ކަމަށެވެ.

މިއީ ހެޔޮ ނިޔަތުގައި ޙަޤީޤަތުގައި ވެސް މަސައްކަތްކުރަން ބޭނުންވާ ސަރަހައްދު އެކަނި ހުސްކުރުމުގެ ބޭނުމުގައި ކުރެވުނު އިޢުލާނެއް ނަމަ އެސަރަހައްދު އޮންނާނީ 30 އޮކްޓޯބަރ 2025ގައި އިޢުލާންގައި ވެސް ހިމެނިފަ ކަމަށް ސަފާރީތަކުން ޤަބޫލު ކުރެ އެވެ.

މީގެ އިތުރުން ކުއްލިއަކަށް ދެ ދުވަސްތެރޭގައި މުޅި ފަޅު ހުސްކުރުމަށް އެންގުމުން އެކަމާއި މެދު ސަފާރީތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ވިޝާމް ވިދާޅުވީ ސަފާރީތައް ހުޅުމާލެ ފަޅުން އެހެންފަޅަކަށް ގެންދާ އިރު ސަފާރީ ގެންގޮސް ބަހައްޓާ ފަޅަކާއި އާރުޓީއެލް ފެރީފަދަ ޚިދުމަތަކުން ގުޅާލެވެން ޖެހޭ ކަމަށެވެ.

އަދި އެކަމަށްޓަލާ ލުއިފަސޭހަގޮތް ތަކެއް ހޯދިގެން ނޫނީ ވަކި މުއްދަތެއް ނޭގި ކަނޑުމަތީގައި ސަފާރީތައް އަޅާފައި ބޭއްވުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އުނދަގޫ، ޚަރަދުބޮޑު، އަދި މޫސުމީ ތަފާތު ގެއްލުމާއި ކުރިމަތިލާންޖެހޭ ކަމެއް." އޭނާ ވިދާޅުވި އެވެ.

ޔޮޓް އެސޯސިއޭޝަންގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މިހާރު ނިންމާފައިވާ ގޮތަށް ޢަމަލު ކުރުމުގެ ބަދަލުގައި ވަކި ތަރުތީބަކުން ހުޅުމާލޭ ފަޅުތެރޭގައި ހުރި އުޅަނދުތައް އަތުރާލެވިއްޖެނަމަ ސަފާރީތަކުގެ ގޮތުގައި އޮޕަރޭޓްކުރާ 167 ސަފާރީގެ ތެރެއިން އެކިއެކި ބޭނުމަށް ހުޅުމާލެފަޅަށް ވަންނަން ބޭނުންވާ ސަފާރީތަކަށް ޖާގައޮންނާނެ ކަމުގައި ދެކޭ ކަމަށެވެ.

އެހެންކަމުން އެ ޖަމިއްޔާގެ ފަރާތުން އެދިފައި ވަނީ ޖަމިއްޔާގެ މެމްބަރުންގެ އިތުރުން ސަފާރީ އުޅަނދުތައް ދުއްވާ އެހެން ފަރާތްތަކުގެ ޙައްޤުތައް ވެސް ނުގެއްލޭ ގޮތަށް އެއްވެސް ފަރާތެއް ބާކީނުކޮށް އެޗްޑީސީ އާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން ގުޅިގެން މަސައްކަތްކޮށް އަވަސްހައްލެއް ހޯދާ ދިނުމަށެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންސަފާރީ އުޅަނދު

ކޮމެންޓް

އިތުރަށް ކިޔާލަން

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

22 އޮކްޓޯބަރު 2025
އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި

އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި

05 އޯގަސްޓު 2025
ވޭތުވެދިޔަ 24 ގަޑި އިރު ތެރޭގައި ކަނޑުމަތީގެ ތަފާތު ހަތް ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކޮށްފި

ވޭތުވެދިޔަ 24 ގަޑި އިރު ތެރޭގައި ކަނޑުމަތީގެ ތަފާތު ހަތް ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކޮށްފި

11 ޖުލައި 2025
ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން

ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން

10 ޖުލައި 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު