Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްލެޓް ލިސްޓު މައްސަލަ

4،000 ފްލެޓު ރެޖިސްޓަރީ ކޮށްދޭނީ ކުލިދައްކައި ނިމުމުން: މުއްތަލިބު

4،000 ފްލެޓް ލިބޭ މީހުންނަށް އެތަންތަން މިލްކުކޮށްދޭނީ ފްލެޓަށް ދައްކަންޖެހޭ ކުލި ދައްކައި ނިމުމުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 28 ޖޫން 2025 | ހޮނިހިރު 13:27
ހައުސިންގ މިނިސްޓަރު މުއްތަލިބް: ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކަށް ގަވާއިދުން ކުލި ނުލިބޭ މައްސަލާގައި ކަންބޮޑުވުން ފާޅުކުރެއްވި

ހައުސިންގ މިނިސްޓަރު މުއްތަލިބް: ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކަށް ގަވާއިދުން ކުލި ނުލިބޭ މައްސަލާގައި ކަންބޮޑުވުން ފާޅުކުރެއްވި

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްގީ ކުރާ 4،000 ފްލެޓު ލިބޭ މީހުންނަށް އެތަންތަން މިލްކުކޮށްދޭނީ ފްލެޓަށް ދައްކަންޖެހޭ ކުލި ދައްކައި ނިމުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްހައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ އުސޫލުން އަމަލު ކުރަން ނިންމީ ސަރުކާރުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދެއްކުމުގެ މައްސަލަ ބޮޑުވުމުން ކަމަށެވެ.

ސަރުކާރުން ހިންގާ ހައުސިން މަޝްރޫޢުތަކުގައި ދޫކުރާ ހައުސިން ޔުނިޓްތަކަށް، ގިނަ ބަޔަކު ކުލި ނުދައްކާ ދިރިއުޅެމުންދާތީ، އާއްމު ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގްރިމަންޓްގައި އޮންނަގޮތުން، ހައުސިން ޔުނިޓް މިލްކުވާނީ، ސަރުކާރާއެކު އެއްބަސްވެފައިވާ މުއްދަތަށް، ކަނޑައެޅިފައިވާ އުސޫލުން ކުލި ދައްކާ ފަރާތްތަކަށެވެ. ނަމަވެސް އެކި މަޝްރޫޢުތަކުން ފްލެޓް ލިބި، ދަޢުލަތަށް ލިބެން ޖެހޭ ކުލިން، 700 މިލިޔާން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދަޢުލަތަށް ނުލިބި އެބަހުރި ކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މިހާރު މި ދޫކުރަން އުޅޭ 4،000 ފްލެޓު އަޅުގަނޑުމެން އެގްރިމެންޓު ކުރާނީ މި ދެންނެވި ގޮތަށް 25 އަހަރުގެ މުއްދަތަށް ކަނޑައެޅިފައިވާ ކުއްޔެއް ދެއްކީމާ އެ ފަރާތްތަކަށް އެތަން ރެޖިސްޓްރީ ކޮށްދޭ ގޮތަށް
މިނިސްޓަރ އަބްދުﷲ މުއްތަލިބު

މިނިސްޓަރ މުއްޠަލިބް ވިދާޅުވީ، ކުލި ނުދައްކާ މައްސަލައިގެ ސަބަބުން ދަޢުލަތަށް އާމްދަނީއެއް ނުލިބުމަށްވުރެ، އެކަމުގައި މައްސަލަ ކުރިމަތިވަނީ އިތުރަށް ހައުސިން މަޝްރޫޢުތައް ހިންގުމާއި އެހެނިހެން މަޝްރޫޢުތަކަށް ބޭނުންވާ ފައިނޭންސިންއަށް ދަތިވުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން މަޝްރޫޢުތައް ހިންގަން ނަގާ ލޯނުތައް ގަވާއިދުން ދައްކަމުންނުދާނަމަ، އިތުރު މަޝްރޫޢުތަކަށް ލޯނު ހޯދަން ދަތިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ފްލެޓްތައް ލިބޭ މީހުން އެތަނަށް ދައްކަން ޖެހޭ ކުލި ނުދެއްކުމަކީ ދަޢުލަތަށް އާމްދަނީ ލިބުމުގެ ހުރަހަކަށްވުރެ އެއީ އެއަށްވުރެ މާ ބޮޑު މައްސަލައެއް ކަމަށެވެ.

ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކުގެ ވެރިފަރާތުން ކުލި ނުދެއްކުމުގެ މައްސަލަ ބޮޑުވެފައިވާއިރު، މިނިސްޓަރު ވިދާޅުވިގޮތުގައި އެ މައްސަލަ އަށް ހައްލެއް ލިބެން މި ވަގުތަށް އޮތީ ރައްޔިތުންގެ މަޖިލިހުން މިހާރު ފާސްކުރަން ތައްޔާރުވަމުން އަންނަ ގެދޮވެރިވެރިކަމުގެ ބިލުންނެވެ. އޭރުން ކުލި ނުދައްކާ މީހުން ގޮވައިގެން ކޯޓު މަރުހަލާ އަށް ނުގޮސް އަދި މާ ބޮޑު ދަތިތަކެއް ނެތި ކުލި ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ތައްޔާރުވަމުން އަންނަ 4،000 ފްލެޓާ މެދު އަމަލުކުރަން ނިންމާފައި ވަނީ މުއްތަލިބު ވިދާޅުވި ގޮތުގައި ކުލި ދައްކައި ނިމުމުން މިލްކު ކޮށްދިނުމުގެ އުސޫލެވެ.

ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާ އަށް ވުރެ މަތިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެޗްޑީސީން މި މަހު ވަނީ ކުލި ނުދައްކާ މީހުންނަށް ނޯޓިސް ފޮނުވަން ފަށައި އެ ކަންކަން ދާއިމީކޮށް މޮނިޓަ ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފައި ކަމަށެވެ.

މުތައްލިބު ވިދާޅުވީ، ސަރުކާރުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދެއްކުމަކީ އެތައް ބައެއްގެ ހައްގަށް އަރައިގަތުން ކަމަށާއި އެކަން އެ ގޮތަށް ނުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

އެޗްޑީސީން ބަލަހައްޓާ ހުޅުމާލޭގެ ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދު 8،511 އަށް އަރާކަމަށް ބުނާއިރު، އޭގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ 3،219 ފްލެޓަކުންކަމަށާއި އަދި 5،099 ފްލެޓަކުން ކުލި ނުދައްކާކަމަށް ސަރުކާރުން ބުނެއެވެ.

މިނިސްޓަރު މުއްތަލިބު މި މަހުގެ 19 ވަނަ ދުވަހު ވިދާޅުވެފައި ވަނީ 4،000 ފްލެޓުތަކުގެ މަސައްކަތް ނިމެމުން އަންނަ ވަރަކުން، އަންނަ މަހުން ފަށައިގެން ފްލެޓްތައް ހައްގުވެރިންނަށް ދޫކުރަން ފަށާނެ ކަމަށެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންހައުސިންގް މިނިސްޓަރފްލެޓުތަކުގެ ކުލިސަރުކާރުގެ ހައުސިން މަޝްރޫޢުތައްވަޒީރު މުއްތަލިބު

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
09 ނޮވެމްބަރު 2025

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

09 ނޮވެމްބަރު 2025
ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް
22 އޮކްޓޯބަރު 2025

އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

22 އޮކްޓޯބަރު 2025
އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!
12 އޮކްޓޯބަރު 2025

ފުލެޓް ކުއްޔަށް ދޭނަމަ އަތުލެވޭ ގޮތަށް ގާނޫނުގައި ހިމަނަނީ

12 އޮކްޓޯބަރު 2025
ފުލެޓް ކުއްޔަށް ދޭނަމަ އަތުލެވޭ ގޮތަށް ގާނޫނުގައި ހިމަނަނީ
01 އޮކްޓޯބަރު 2025

ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން ފްލެޓު ދޫކޮށް، ދިރިއުޅެވޭނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި ނަމަވެސް އެ މަސައްކަތް ވެސް ފެއިލް

01 އޮކްޓޯބަރު 2025
ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން ފްލެޓު ދޫކޮށް، ދިރިއުޅެވޭނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި ނަމަވެސް އެ މަސައްކަތް ވެސް ފެއިލް
26 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ ކުލަނުޖެހި އިތުރުވަމުންދާ ވައުދު ލިސްޓު

26 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ކުލަނުޖެހި އިތުރުވަމުންދާ ވައުދު ލިސްޓު
14 ސެޕްޓެމްބަރު 2025

ބޮޑުފުޅަދޫގައި ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރު ތަރައްގީ ކުރުމަކީ ''ވޯތު'' ކަމެއް ނޫން ކަމަށް ސަރުކާރުން ބުނެފައިވޭ: ކައުންސިލްގެ ރައީސް ސުޖާއު

14 ސެޕްޓެމްބަރު 2025
ބޮޑުފުޅަދޫގައި ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރު ތަރައްގީ ކުރުމަކީ ''ވޯތު'' ކަމެއް ނޫން ކަމަށް ސަރުކާރުން ބުނެފައިވޭ: ކައުންސިލްގެ ރައީސް ސުޖާއު
07 ސެޕްޓެމްބަރު 2025

ބަޖެޓް ގެ ނަން ބަދަލުކޮށްލަން ރައީސް އަށް ދަންނަވާލަބަ!

07 ސެޕްޓެމްބަރު 2025
ބަޖެޓް ގެ ނަން ބަދަލުކޮށްލަން ރައީސް އަށް ދަންނަވާލަބަ!
05 އޯގަސްޓު 2025

އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި

05 އޯގަސްޓު 2025
އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި
10 ޖުލައި 2025

ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން

10 ޖުލައި 2025
ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު