Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިރާގު މޯލްޑިވްސް ރޯޑް ރޭސް

ދިރާގު މޯލްޑިވްސް ރޯޑްރޭސް 2025 ގެ ކޯޕަރޭޓް ޓީމް ގިންތީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

ޑީ.އެމް.އާރް.އާރް 2025 އަކީވެސް ދިރާގުގެ ސީ.އެސް.އާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަކޮށްފައިވާ ދުވުމެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 22 އޯގަސްޓު 2025 | ހުކުރު 03:22
ދިރާގު މޯލްޑިވްސް ރޯޑްރޭސް 2025 ގެ ކޯޕަރޭޓް ޓީމް ގިންތީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

ދިރާގު މޯލްޑިވްސް ރޯޑްރޭސް 2025 ގެ ކޯޕަރޭޓް ޓީމް ގިންތީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

ދިރާގު މޯލްޑިވްސް ރޯޑްރޭސް 2025 ގެ ކޯޕަރޭޓް ޓީމް ގިންތީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

ކުރިއަށް އޮތް ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2025 ގެ ތައްޔާރީތަކުގެ ތެރެއިން، އެކި މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ޖިސްމާނީ ދުޅަހެޔޮކަމަށް ބާރުއެޅުވުމުގެ މަގްސަދުގައި، ދިރާގުން ވަނީ އެކި މުއައްސަސާތައް ހިމެނޭގޮތަށް ހާއްސަ ބައްދަލުވުމެއް ބާއްވާފައެވެ.

Advertisement - newsAdvertisement

2024 ވަނަ އަހަރު ތައާރަފު ކުރެވުނު މި ގިންތީގައި އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް 4 މީހުންގެ ޓީމެއްގެ ގޮތުގައި ބައިވެރިވެވޭނެއެވެ. އަދި ކޮންމެ ރިސޯޓު، ސަރުކާރުގެ އިދާރާ، ސަރުކާރުގެ ހިއްސާވާ ކުންފުނި އަދި ޕްރައިވެޓް ސެކްޓަރުގެ މުވައްޒަފުންނަށްވެސް އެ ފަރާތެއްގެ މުއައްސަސާ ތަމްސީލުކުރުމުގެ ޓީމްތައް އެކުލަވާލާ، ބައިވެރިވެވޭނެއެވެ.

ޓީމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާ އިރު ކޮންމެ ޓީމެއްގެ ރަޖިސްޓްރޭޝަން ފީއަކީ ޖުމްލަ 1000 ރުފިޔާއެވެ. އަދި ދިރާގުޕޭ ބޭނުންކޮށްގެން ފާއިސާ ދައްކާ ޓީމްތަކުގެ ފީއަކީ ޖުމްލަ 800 ރުފިޔާއެވެ. ރަޖިސްޓްރޭޓްރޭޝަން ފީގެ ތެރޭގައި ދުވުންތެރިންނަށް ހާއްސަ ޓީޝާޓް، ވަގުުތު ބެލުމަށް ބޭނުންކުރާ ޗިޕް އެކުލެވޭ ބިބް، އަދި މެޑަލް ހިމެނެއެވެ. މީގެ އިތުރުން، ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ ހަރަކާތުގައި ބައިވެރިވާ އެން.ޖީ.އޯތަކުގެ މެދުގައި ހަމަހަމައަށް ބެހިގެންދާނެއެވެ.

ކޯޕަރޭޓް ޓީމް ގިންތީގެ މޮޅުވާ ޓީމުތައް ހޮވާނީ ޓީމުގެ ހުރިހާ މެމްބަރުން ރޭސް ނިންމާ ޖުމްލަ ވަގުތައް ބަލާފައެވެ. އަދި ހުރިހާ މެމްބަރުންވެސް 5K ރޭހުގެ ކަޓް-އޮފް ވަގުތުކަމަށްވާ 45 މިނެޓުގެ ތެރޭގައި ރޭސް ނިންމަންވާނެއެވެ. މި ގިންތީގެ އިނާމުތަކަކީ:

• ޗެމްޕިއަން ޓީމް: 10،000 ރުފިޔާ

• ރަނަރަޕް ޓީމް: 8،000 ރުފިޔާ

• ދެވަނަ ރަނަރަޕް ޓީމް: 6000 ރުފި

ޑީ.އެމް.އާރް.އާރް އަކީ ވާރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވާރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. މި ދުވުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ 24 އޮކްޓޫބަރު 2024 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގަ އެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން، ޑީ.އެމް.އާރް.އާރް 2025 އަކީވެސް ދިރާގުގެ ސީ.އެސް.އާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެން.ޖީ.އޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ޑީ.އެމް.އާރް.އާރްގެ ރަޖިސްޓްރޭޝަން ދިރާގުން މިހާރުވަނީ ހުޅުވާލާފައެވެ. އަދި 4000 ބައިވެރިންގެ ލިމިޓް ހަމަވަންދެކަށް މި އިވެންޓްގައި ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސްހުޅުމާލެ ސެންޓްރަލް ޕާކުކޯޕަރޭޓް ޓީމްކުޑަކުދިންގެ ރައްކާތެރިކަންދިރާގުވަރލްޑް އެތުލެޓިކްސް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

08 ޑިސެމްބަރު 2025
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި
27 ނޮވެމްބަރު 2025

ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

27 ނޮވެމްބަރު 2025
ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް
25 ނޮވެމްބަރު 2025

ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

25 ނޮވެމްބަރު 2025
ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި
07 ނޮވެމްބަރު 2025

ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

07 ނޮވެމްބަރު 2025
ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި
30 އޮކްޓޯބަރު 2025

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި

30 އޮކްޓޯބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު