Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ޓީމުގެ ތައްޔާރީތައް

ތައްޔާރީތައް ކުރިއަށްދަނީ އާދައިގެ ގޮތަކަށް ނޫން: ކޫޕްމަން

ޖެން ހޮޓަލުގައި ޓީމުގެ ފިޒިކަލް ތަމްރީނުތައް ކުރިއަށްގެންދޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 17 މެއި 2021 | ހޯމަ 12:09
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނަށް ގައުމީ ފުޓްބޯޅަ ޓީމުގެ ތައްޔާރީތައް ކުރިއަށްދަނީ އާދައިގެ ގޮތަކަށް ނޫން ކަމަށް ގައުމީ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ބުނެފިއެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅެން ވަނީ ތާވަލުކޮށްފައެވެ. އެހެންކަމުން ޗައިނާއަށް ފުރުމުގެ ކުރިން 33 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް މީގެ ކުރިން އެކުލަވާލިއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ހޮޓެލް ޖެންގައި ކޭމްޕްކޮށްފައެވެ.

މައުލޫމާތު ލިބޭ ގޮތުން ގައުމީ ޓީމުން އަންނަނީ އަންނަ ބުދަ ދުވަހު ޗައިނާއަށް ފުރަން މަސައްކަތް ކުރަމުންނެވެ. އުމުރުން 64 އަހަރުގެ ކޫޕްމަންގެ އިރުޝާދުގެ ދަށުން ކޮލިފައިން މެޗުތަކާ ގައުމީ ޓީމުން ކުރިމަތިލާއިރު، އޭނާ ގައުމީ ޓީމާ ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ގައުމީ ޓީމާއެކު މިހާތަނަށް ކޫޕްމަން މެޗަކަށް ނުކުމެފައެއް ނުވެއެވެ. ދާދި ފަހުން ކޫޕްމަން ވަނީ ގައުމީ ޓީމުގެ އެއްބަސްވުން އިތުރު ތިން އަހަރަށް އާކޮށްފައެވެ.

ޖެންގައި ގައުމީ ޓީމުން ކުރިއަށްގެންދާ ފިޒިކަލް ތަމްރީނުތަކުގެ ފޮޓޯތަކެއް އިންސްޓާގްރާމުގައި ހިއްސާކުރުމަށްފަހު ކޫޕްމަން ބުނީ ވަރަށް ގިނަ ކުޅުންތެރިން އިންފެކްޓްވެފައިވާ ކަމަށާއި، އެކަމަކު ރަނގަޅު ހާލަތަކަށް ގެނެވޭތޯ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ފަސް ހަފުތާ ވަންދެން ދަނޑުގައި ތަމްރީނު ނުކޮށް، ޗައިނާގައި 10 ދުވަހުން ތައްޔާރުވާން ޖެހުމަކީ ޗެލެންޖެއް ކަމަށާއި، އެކަމަކު ޓީމެއްގެ ގޮތުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ކޫޕްމަން ބުންޏެވެ.

ކޫޕްމަން އިތުރަށް ބުނީ ކުރިއަށް އޮތް ކޮލިފައިން މެޗުތަކަށް ވަމުންދާ ތައްޔާރީތަކަކީ އާދައިގެ ގޮތަކަށް ދާ ކަމެއް ނޫން ކަމަށާއި، ދަނޑުމަތީގައި ތަމްރީނުތައް ކުރިއަށް ގެންދަން ފުރުސަތު ނުލިބުނަސް، ކުޅުންތެރިން ފިޓްކޮށް ތިބެން ކުރެވުނުހާ ކަމެއް ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް-19 ގެ އަސަރު ގައުމީ ޓީމަށްވެސް ކޮށްފައިވާއިރު، މީގެ ކުރިން އެކުލަވާލި 33 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނުނު ތަޖުރިބާކާރު މިޑްފީލްޑަރު އިސްމާއީލް އީސަ (މެސީ) ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން އޭނާއަށް ގައުމީ ޓީމުން ފުރުސަތު ގެއްލިފައިވެއެވެ. ފައިނަލް ސްކޮޑް އެކުލަވާލަން އަދި ދުވަސް ނަގާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑާ ގުޅިގެން ކޮލިފައިން މެޗުތައް ޗައިނާގައި ކުޅޭއިރު، ރާއްޖެއަށް ބާކީ ތިން މެޗު އެބައޮތެވެ. އެއީ ޗައިނާ އާއި، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. މީގެ ތެރެއިން ސީރިއާ މެޗަކީ ރާއްޖޭގެ ހޯމް މެޗެކެވެ.

އޭޝިއާ ސަރަހައްދުން ހަތަރު ގައުމެއް 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެގެން އަދި ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ގައުމީ ފުޓްބޯޅަ ޓީމުމާޓިން ކޫޕްމަންވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި

މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި

13 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު

ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު

11 އޮކްޓޯބަރު 2023
ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި

ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި

05 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު