Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީނުގެ މަޝްރަހު

ޣައްޒާގައި ކޮންމެ ގަޑިއިރަކުން ތިން ކުޑަކުދިން ޒަޚަމްވޭ

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 58 ކުޑަކުދިން ވަނީ ޝަހީދުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 17 މެއި 2021 | ހޯމަ 07:35
ޣައްޒާއަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ކުޑަކުއްޖަކު ޒަޚަމްވެފައި

ޣައްޒާއަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ކުޑަކުއްޖަކު ޒަޚަމްވެފައި

މިމެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް އައިއިރު ކޮންމެ ގަޑިއިރަކުން ތިން ކުޑަކުދިން ޒަޚަމްކޮށްފައިވާކަމަށް އަމިއްލަ ޖަމިއްޔާއެއްކަމުގައިވާ ސޭވް ދަ ޗިލްޑްރަން އިން ބުނެފިއެވެ.

ފާއިތުވި ހަފްތާއެއްހާ ދުވަހުގެތެރޭގައި 58 ކުޑަކުދިން ވަނީ ޝަހީދުވެފައެވެ. މީގެއިތުރުން ޣައްޒާގެ ހާހަކަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު މީގެތެރޭގައި 366 ކުޑަކުދިން ހިމެނެއެވެ.

ސޭވް ދަ ޗިލްޑްރަންގެ ފަލަސްތީނުގެ ޑިރެކްޓަރ ވަނީ ކުޑަކުދިން ދިރިއުޅެމުންދާ ގެތަކުގެ މައްޗަށް ބޮން އަޅަމުންދާއިރު އެކުދިން ސަލާމަތްވާނީ ކޮންތާކަށްތޯ ސުވާލު އުފައްދަވާފައެވެ.

" އަދި ކިތައް މީހުން އެމީހުން ލޯބިވާ އާއިލާއާ ވަކިވީމަތޯ ބައިނަލްއަގްވާމީ ފަރާތްތަކުން މިކަމާ ދެކޮޅަށް ކަމެއްކުރާނީ؟" ޖޭސަން ލީ ވިދާޅުވިއެވެ.

މިހާތަނަށް ރިކޯޑްކުރެވިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2000 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ފަލަސްތީނުގެ 3090 ކުޑަކުއްޖަކު ވަނީ އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި ޝަހީދުވެފައެވެ.

ހޯމަ ދުވަސް ފެށުމާއެކު އިސްރާއީލުން ވަނީ އަނެއްކާވެސް ޣައްޒާއަށް ވައިގެ މަގުން ހަމަލާތައް ދޭންފަށާފައެވެ. ކުރިއަށްވުރެ ބާރުގަދަކޮށް ދޭ މިހަމަލާތަކުގައި އާދިއްތަ ދުވަހު ވަނީ ފަލަސްތީނުގެ 42 މީހަކު ޝަހީދުވެފައެވެ.

މިހާތަނަށް އައިއިރު މިހަމަލާތަކުގައި 192 މީހުން ޝަހީދުވެފައިވާއިރު މީގެތެރޭގައި 58 ކުޑަކުދިންނާއި 34 އަންހެނުން ހިމެނެއެވެ.

އިސްރާއީލުން ދެމުންދާ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ހަމާސް އިން ފޮނުވާލި ރޮކެޓް ހަމަލާތަކެއްގައި އިސްރާއީލްގެ 10 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ދެ ކުޑަކުދިން ހިމެނެއެވެ.

އދ.ގެ ސެކިޔުރިޓީ ކައުންސިލުން ވަނީ އާދިއްތަ ދުވަހު ބައްދަލުވުމެއް ބާއްވާފައެވެ. ނަމަވެސް ގުޅިފައިވާ ބަޔާނެއް ނެރުމަށް ވަނީ ނުކުޅެދިފައެވެ. ޗައިނާއިން ބުނާގޮތުގައި ކައުންސިލަށް އެއް އަޑެއްގެ ގޮތުގައި ވާހަކަ ނުދެއްކެނީ އެމެރިކާގެ ސަބަބުންނެވެ.

ފަލަސްތީން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްތީނު ރައްޔިތުން ޒައިތޫނި ބިނުމަށް ވެސް ހުރަސް އަޅާ ޔަހޫދީން ހަމަލާދެނީ

ފަލަސްތީނު ރައްޔިތުން ޒައިތޫނި ބިނުމަށް ވެސް ހުރަސް އަޅާ ޔަހޫދީން ހަމަލާދެނީ

02 ނޮވެމްބަރު 2024
ޔަހޫދީ ސިފައިން ޖެނިން ހިސޯރުކުރުމާއެކު ފަލަސްތީނުގެ މީހުންނަށް ފެނާ، ކާނާ، ކަރަންޓް ލިބުން ހުއްޓިއްޖެ

ޔަހޫދީ ސިފައިން ޖެނިން ހިސޯރުކުރުމާއެކު ފަލަސްތީނުގެ މީހުންނަށް ފެނާ، ކާނާ، ކަރަންޓް ލިބުން ހުއްޓިއްޖެ

01 ސެޕްޓެމްބަރު 2024
އިޒްރޭލު ސިފައިންނާ ކުރިމަތި ލުމަށް ހަމާސްގެ ހަރަކާތްތައް ހުޅަނގު އައްސޭރީގައި ފުޅާ ކުރަނީ

އިޒްރޭލު ސިފައިންނާ ކުރިމަތި ލުމަށް ހަމާސްގެ ހަރަކާތްތައް ހުޅަނގު އައްސޭރީގައި ފުޅާ ކުރަނީ

31 އޯގަސްޓު 2024
ޔަހޫދީ ސިފައިން ޣައްޒާ އަށް ބޮން އަޅައިފި، ހުޅަނގު އައްސޭރީގެ ޖެނިން ހިސޯރުކޮށްފި

ޔަހޫދީ ސިފައިން ޣައްޒާ އަށް ބޮން އަޅައިފި، ހުޅަނގު އައްސޭރީގެ ޖެނިން ހިސޯރުކޮށްފި

31 އޯގަސްޓު 2024
އިޒްރޭލާ ދެކޮޅަށް ރާއްޖޭގައި އަޑު އުފުލަމުންދިޔަ ދެ އަންހެނުން ހައްޔަރުކޮށްފި

އިޒްރޭލާ ދެކޮޅަށް ރާއްޖޭގައި އަޑު އުފުލަމުންދިޔަ ދެ އަންހެނުން ހައްޔަރުކޮށްފި

28 އޯގަސްޓު 2024

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު