Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑަށް ޓެސްޓުކުރުން

ސާމްޕަލްގެ ނަތީޖާ ލިބުމުން އެސްއެމްއެސް އަކުން އެންގޭނެ - މަބްރޫކް

ސާމްޕަލްގެ ނަތީޖާ އެޗްޕީއޭއަށް ލިބުނުހާ އަވަހަށް އެސްއެމްއެސް މެދުވެރުކޮށް އެންގޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 17 މެއި 2021 | ހޯމަ 03:08
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް

ކޮވިޑް-19 އަށް ޓެސްޓުކުރުމަށްފަހު ނަތީޖާ ލިބުން ލަސްވުމުގެ ޝަކުވާ އިތުރުވުމާ ގުޅިގެން އެކަން ހައްލުކުރުމުގެ ގޮތުން، ސާމްޕަލްތަކުގެ ނަތީޖާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ލިބުނުހާ އަވަހަކަށް އެސްއެމްއެސް އެއް މެދުވެރިކޮށް އަންގަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މަބްރޫކް ވަނީ ބައެއް ފަރާތްތަކުން ކޮވިޑަށް ޓެސްޓުކޮށް، ބައްޔަށް ޕޮޒިޓިވްވާކަން އެނގެނީ އެތައް ދުވަހެއް ފަހުން ކަމަށާއި، އެކަމުގެ ޝަކުވާ އިތުރުވުމާ ގުޅިގެން މިމަައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވެފައެވެ. މިގޮތަށް ނަތީޖާ އެންގުން ލަސްވެގެން ދިޔައީ ގިނަ އަދަދެއްގެ ސާމްޕަލްތައް ޓެސްޓުނުކުރެވި ބެކްލޮގްވުމުގެ ސަބަބުންނާއި އެޗްޕީއޭއަށް ނަތީޖާ ލިބުމުން ޕޮޒިޓިވްވާ މީހުންނަށް ގުޅައި އެކަން އެންގުމުގައި ލަސްތަކެއް އުޅުމުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ ކުރިން ޓެސްޓުތަކުގެ ނަތީޖާ ލިބުމުން ނެގެޓިވްވާ މީހުންނަށް އެސްއެމްއެސް މެދުވެރިކޮށް އެކަން އަންގާ ކަމަށާއި އަދި ޕޮޒިޓިވްވާ މީހުންނަށް ވަކިވަކިން ގުޅައި އެކަން އަންގަމުން ދިޔަ ކަމަށް މަބްރޫކް ފާހަގަކުރިއެވެ. ނަމަވެސް މިގޮތަށް މީހުންނަށް ވަކިވަކިން ގުޅާއިރު، ޕޮޒިޓިވްވާ މީހުންނަށް އެކަން އެންގޭލެއް ލަސްވާކަމަށް މަބްރޫކް ވިދާޅުވިއެވެ. މިކަން ހައްލުކުރުމަށް މި ހޯމަ ދުވަހުން ފެށިގެން ސާމްޕަލްގެ ނަތީޖާ އެޗްޕީއޭއަށް ލިބުނުހާ އަވަހަށް އެސްއެމްއެސް މެދުވެރިކޮށް އެންގޭނެ ކަމަށާއި، ނެގެޓިވްވި މީހުންގެ އިތުރުން ޕޮޒިޓިވްވާ މީހުންނަށްވެސް މި އެސްއެމްއެސް ލިބޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިގޮތަށް ފޮނުވޭ އެސްއެމްއެސް ގައި ހިމެނޭ ލިންކް މެދުވެރިކޮށް ކޮންމެ މީހަކަށްވެސް އެމީހެއްގެ ސާމްޕަލްގެ ނަތީޖާ ބަލާލެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިގޮތަށް ޕޮޒިޓިވްވާ މީހުންނަށް އެކަން އެންގި ނަމަވެސް، އެޗްޕީއޭ އިން ވަކިން ގުޅާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އަދި މިގޮތަށް ނިންމީ ވީހާވެސް އަވަހަށް ނަތީޖާތައް ފޮނުވަން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ޑައިރެކްޓް ކޮންޓެކްޓްވާ މީހުންގެ ތެރެއިން ގެއަށްގޮސް ސާމްޕަލް ނަގާނީ ހަމައެކަނި ހާއްސައެހީއަށް ބޭނުންވާ މީހުންނާއި މާބަނޑުމީހުންގެ އިތުރުން 65 އަހަރުން މަތީގެ މީހުންނާއި އެއް އަހަރުން ދަށުގެ ކުދިންގެ ކަމަށް މަބްރޫކް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީގެ ކޮވިޑް-19 ޑޭޝްބޯޑް އަޕްޑޭޓް ވުމުގައި ލަސްވާ ޝަކުވާ ލިބުމާ އެކު އެކަން ހައްލުކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން ކޮންމެ ދުވަހެއްގެ މެންދުރު 2:00ގެ ކުރިން ޑޭޝްބޯޑް އަޕްޑޭޓްކުރަން މިހާރު ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ކޮވިޑް-19 އާއި އެހެނިހެން އާންމު ބަލިތަކުގައި ރެޕިޑް ރެސްޕޮންސް ޓީމުން ރެސްޕޮންޑް ވުމުގައި ލަސްތަކެއް ހުރުމުން އެކަން ހައްލުކުރުމުގެ މަސައްކަތްކުރެވިގެން ދިޔަ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ދުވާލެއްގެ މައްޗަށް އެޓެންޑު ނުވެ ދޫކޮށްލެވޭ 200 އެއްހާ ކޭސް މިހާރު 25ށް ދަށްކުރެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވަނީ މިގޮތަށް ދިމާވާ މައްސަލަތަކާއި ގޮންޖެހުންތައް ހައްލުކުރުމަށް 24 ގަޑިއިރު، ކަމާގުޅޭ އިދާރާތަކުން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު