Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ކޮވިޑް-19ގެ ހާލަތު

ކޮވިޑަށް ފަރުވާހޯދަމުންދާ ކުޑަކުދިންގެ އަދަދު 3000ށް ވުރެ ގިނަ

10 އަހަރުން ދަށުގެ 1563 ކުދިން ދަނީ ކޮވިޑަށް ފަރުވާހޯދަމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 17 މެއި 2021 | ހޯމަ 02:57
18 އަހަރުން ދަށުގެ 3012 ކުދިން ދަނީ ކޮވިޑަށް ފަރުވާހޯދަމުން

18 އަހަރުން ދަށުގެ 3012 ކުދިން ދަނީ ކޮވިޑަށް ފަރުވާހޯދަމުން

ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާހޯދަމުންދާ ކުޑަކުދިންގެ އަދަދު 3000ށް ވުރެ ގިނަ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

އާދިއްތަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން 18 އަހަރުން ދަށުގެ 3012 ކުދިން ދަނީ ކޮވިޑަށް ފަރުވާހޯދަމުންނެވެ. ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ހާމަކުރެއްވި ތަފާސްހިސާބުތައް ދައްކާގޮތުން 10 އަހަރުން ދަށުގެ 1563 ކުދިން މިވަގުތު ދަނީ ކޮވިޑަށް ފަރުވާހޯދަމުންނެވެ. އަދި 18 އަހަރާއި 10 އަހަރާ ދެމެދުގެ 1449 ކުދިން ދަނީ މި ބައްޔަށް ފަރުވާހޯދަމުންނެވެ.

މަބްރޫކް ހާމަކުރެއްވި ތަފާސްހިސާބުތައް ދައްކާގޮތުން މިވަގުތު އެންމެ ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ފަރުވާހޯދަމުންދަނީ އުމުރުން 18 އަހަރާއި 39 އަހަރާ ދެމެދުގެ އުމުރުފުރާއިންނެވެ. މި އުމުރުފުރާއިން 7495 މީހުން ދަނީ ކޮވިޑަށް ފަރުވާހޯދަމުންނެވެ. އުމުރުން 40 އަހަރާއި 59 އަހަރާ ދެމެދުގެ 3185 މީހުން ކޮވިޑަށް ފަރުވާހޯދަމުންދާއިރު، 60 އަހަރުން މަތީގެ 927 މީހުން ބައްޔަށް ފަރުވާހޯދަމުންދާ ކަމަށް މަބްރޫކްވިދާޅުވިއެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާދެމުންދާ މީހުންގެ ތެރޭގައި އުމުރުފުރާ ނޭނގޭ 284 މީހުން އެބަ ތިބިކަމަށާއި އޭގެތޭރޭގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ހިމެނޭކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި 15،956 މީހުން ކޮވިޑަށް ފަރުވާ ހޯދަމުންދާއިރު، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 259 މީހުންނަށް ދަނީ ފަރުވާދެމުންނެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލްގެ އެކި ފަންގިފިލާތަކުގައި 12 މީހުންނަށް ފަރުވާދެމުންދާއިރު، ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ވޯޑް އަދި އައިސީޔޫގައި ޖުމްލަ 192 މީހުންނަށް ދަނީ ފަރުވާދެމުންނެވެ. މީގެ އިތުރުން ހުޅުމާލެ މެޑިކަލް ހޮސްޕިޓަލްގައި 25 މީހުން، އައްޑޫ ކޮވިޑް ފެސިލިޓީގައި އެކަކަށް ދަނީ ފަރުވާދެމުންނެވެ. ބ. އޭދަފުށި ކޮވިޑް ފެސިލިޓީގައި ފަސް މީހުން، ފުނަދޫ ފެސިލިޓީގައި ނުވަ މީހުން އަދި ލ. ގަމު ކޮވިޑް ފެސިލިޓީގައި ހަ މީހަކަށް ދަނީ ފަރުވާދެމުންނެވެ.

އެޗްއީއޯސީން ހާމަކުރި މައުލޫމާތުތައް ދައްކާގޮތުން 15،956 އެކްޓިވް ކޭސްގެ ތެރެއިން 12،011 މީހުންނަކީ ދިވެހިންނެވެ. އަދި ބަންގްލަދޭޝްގެ 1371 މީހުން ހިމެނޭއިރު، އިންޑިއާގެ 893 މީހުން، ލަންކާގެ 205 މީހުން އަދި ނޭޕާލްގެ 174 މީހުން ދަނީ މިވަގުތު ރާއްޖޭގައި ކޮވިޑަށް ފަރުވާހޯދަމުންނެވެ. މީގެ އިތުރުން އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 1302 މީހުން ދަނީ ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާހޯދަމުންނެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު 100 މީހުން މިހާރު ނިޔާވެފައިވާއިރު، 99 ވަނަ މަރު ރިޕޯޓްކޮށްފައި ވަނީ 98 ވަނަ މަރު ރިޕޯޓްކުރިތާ ދެ ގަޑިއިރު ވެސް ނުވަނީހެއެވެ. މީގެ ކުރިން ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ގޯސްނުވާވަރަށް ހާލަތު ގޯސްވެ، މުޅި ގައުމަށް ބަލިފެތުރިފައިވާއިރު، ފާއިތުވި ދުވަސްތަކުގައި ކޮންމެ ދުވަހަކުވެސް ހާހަކަށްވުރެ ގިނަ މީހުން ދިޔައީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ. އާދިއްތަ ދުވަހު 741 ކޭސް ރިޕޯޓްކުރެވުނު ނަމަވެސް ޓެސްޓުކޮށްފައި ވަނީ 2881 ސާމްޕަލްއެވެ. އެހެން ކަމުން ޕޮޒިޓިވްވާ މީހުންގެ އަދަދު ނިސްބަތުން މާބޮޑުތަން ދަށްވެފައެއް ނުވެއެވެ.

ކޮވިޑް-19ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު