Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެްިއިޒްރޭލުގެ އުދުވާން

ފަލަސްތީނުގެ އެއް އާއިލާއެއްގެ 10 މެންބަރުން ޝަހީދުކޮށްލައިފި

ޝަހީދުވީ މީހުންގެ އަދަދު ވަނީ 188ށް އަރާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 16 މެއި 2021 | އާދީއްތަ 19:18
ގާޒާގައި ހުންނަ އެއްމެ ބޮޑު އެއް ރެފުޖީ ކޭމްޕަށް ހަމަލާ ދިނީ އިންޒާރު ދިނުމެއްނެތި - އަނިޔާގައި ސަލާމަތްވި ކުޑަކުއްޖަކަށް ފަރުވާ ދެނީ

ގާޒާގައި ހުންނަ އެއްމެ ބޮޑު އެއް ރެފުޖީ ކޭމްޕަށް ހަމަލާ ދިނީ އިންޒާރު ދިނުމެއްނެތި - އަނިޔާގައި ސަލާމަތްވި ކުޑަކުއްޖަކަށް ފަރުވާ ދެނީ

ގާޒާގެ ރެފިއުޖީ ކޭމްޕަކަށް އިސްރާއީލުން ބޮން އަޅައި އަށް ކުޑަކުދިން ހިމެނޭހެން އެއް އާއިލާއެއްގެ 10 މެންބަރުން ޝަހީދުކޮށްލައިފިއެވެ.

އެ އާއިލާއިން ޝަހީދުވެފައިވަނީ އަށް ކުދިންނާއި ދެ އަންހެނުންނެވެ. އިޒްރޭލުން ބޮން އަޅާފައިވަނީ ޝާތީ ރެފިއުޖީ ކޭމްޕަށެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން މެދުކެނޑުމެއް ނެތި އިޒްރޭލުން ގާޒާއަށް ބޮން އަޅަމުން ދާތީ ޝަހީދުވީ މީހުންގެ ޖުމްލަ އަދަދު ވަނީ 188 އަށް އަރާފަ އެވެ. އޭގެ ތެރޭގައި 47 ކުޑަކުދިން ހިމެނެއެވެ.

އާދީއްތަ ދުވަހުގެ ހެނދުނު ދިން ހަމަލާއާ ގުޅިގެން އަބޫ ހަތާބް އާއިލާ ރެފިއުޖީ ކޭމްޕުގައި ދިރިއުޅެމުން ދިޔަ ޖިފުޓި ބިމާ ހަމަވިއެވެ. އެ ތަނުގެ އަޑީގައި އިތުރު މީހުންގެ މަރުވެފައިވާ ހަށިތައް ފޮރުވިފައިވުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި މަދުވެގެން 15 މީހުން ޒަޚަމްވި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އަލްޝިފާ ހޮސްޕިޓަލުގެ ޑރ. ނަބީލް އަބޫ އަލްރީޝް ވިދާޅުވީ މިއީ ގަތުލުއާއްމެއް ކަމަށެވެ. ހޮސްޕިޓަލް ފުރިފައިވާ ކަަމަށާއި ހޮސްޕިޓަލްގެ ރިސެޕްޝަނުގައިވެސް ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދަޅުވިއެވެ.

ރެފިއުޖީކޭމްޕަށް ބޮން އަޅާފައިވަނީ އިންޒާރު ދިނުމެއްވެސް ނެތިއެވެ. އަޑު އިވިގެން ގޮސް ބެލިއިރު، ހަތަރު ބުރީގެ އިމާރާތް ބިމާ ހަމަވެފައިވާ މަންޒަރު ފެނުނު ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އދ. އިން ބުނެފައިވާ ގޮތުގައި ޝާތީ ރެއިފުޖީ ކޭމްޕަކީ ގާޒާގައި ތިން ވަނައަށް އެންމެ ބޮޑު ރެފިއުޖީ ކޭމްޕެވެ. އެތަނުގައި 85،000 މީހުން ދިރިއުޅެއެވެ.

އިޒްރޭލުން ބުނެފައިވަނީ ބޮން އަޅަނީ އާއްމުންނަށް އަމާޒުކޮށްގެން ނޫން ކަމަށާއި ގާޒާގައި ވެރިކަން ކުރާ ހަމާސްގެ މެމްބަރުންނަށް އަމާޒުކޮށް ކަމަށެވެ. އެކަމަކު ގާޒާގައި މީހުން ދިރިއުޅޭ އިމާރާތްތަކަށް އަމާޒުކޮށް އިޒްރޭލުން އަންނަނީ ތަކުރާރުކޮށް ހަމަލާ ދެމުންނެވެ.

ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގެ ރައްދުގައި ހަމާސްއިން ރޮކެޓު ހަމަލާތައް ފޮނުވީ އިޒްރޭލުގެ އަޝްކެލޯން އަދި އަޝްދޯދް އަވަށަށެވެ. އެއްވެސް މީހަކު މަރުވި ކަމަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.

އިޒްރޭލްފަލަސްތީނު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު