Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާބަނޑު މީހުން ޕޮޒިޓިވްވުން

ފަންސާހެއްހާ މާބަނޑު މީހުން ޕޮޒިޓިވްވެ ފަރުވާ ދެނީ، އެކަކު ވެންޓިލޭޓަރުގައި

މާބަނޑު މީހުންނަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 16 މެއި 2021 | އާދީއްތަ 03:03
މާބަނޑު މީހެއް، ބައްޔަށް ޕޮޒިޓިވްވެއްޖެނަމަ އަވަސް ގޮތެއްގައި ފަރުވާ ދޭން ޖެހޭ

މާބަނޑު މީހެއް، ބައްޔަށް ޕޮޒިޓިވްވެއްޖެނަމަ އަވަސް ގޮތެއްގައި ފަރުވާ ދޭން ޖެހޭ

ކޮވިޑް-19ށް ފަންސާހެއްހާ މާބަނޑު މީހުން ޕޮޒިޓިވްވެ ފަރުވާ ދެމުންދާ ކަމަށާއި، އެކަކުގެ ހާލު ސިރިއަސް ކަމަށް އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ މަސައްކަތުގައި އިސް ސަފުގައި ހަރަކާތްތެރިވަމުންދާ ޑރ. މުހައްމަދު ވިދާޅުވީ ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާ މިދަނޑިވަޅުގައި ބައްޔަށް ޕޮޒިޓިވްވެގެން ގާތްގަނޑަކަށް 50 މާބަނޑު އަންހެނުންނަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް ވެސް ޑރ. މުހައްމަދު ވިދާޅުވިއެވެ.

މާބަނޑު މީހުންނަކީ ހައިރިސްކް މީހުންނަށްވާތީ، އެމީހުންނަށް ޚާއްސަ ގޮތެއްގައި ސަމާލުވުމަށް ހެލްތު އެމަޖެންސެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ޑޮކްޓަރުންގެ ޓީމުން އިލްތިމާސްކޮށްފައިވެއެވެ. ކޮވިޑް-19ން ރައްކާތެރިވުމަށް މާބަނޑު މީހުންނަށް ދެމުން އަންނަނީ ފައިޒާ ވެކްސިނެވެ.

ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ހަތަރު ވަނަ ރާޅާއެކު ކޮންމެ ދުވަހަކު ވެސް ދަނީ ގިނަ ބަޔަކު ޕޮޒިޓިވްވަމުންނެވެ. މާބަނޑު މީހުންނާއި، ކުޑަ ކުދިން ގިނަ އަދަދަކަށް ޕޮޒިޓިވްވަމުންދާތީ މީގެ ކުރިން ވެސް އެޗްއީއޯސީން ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޓެސްޓު ކޮށްފައިވަނީ 3،159 މީހުންނެވެ. މިއީ މިފަހުން ކޮވިޑަށް އެންމެ މަދުން މީހުން ޓެސްޓު ކުރި ދުވަސް ވެސްމެއެވެ. ޓެސްޓުކުރި މީހުންގެ ތެރެއިން 1،007 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 793 މީހުންނާއި، އަތޮޅު ތެރެއިން ޕޮޒިޓިވްވި 183 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 26 މީހުންނެވެ.

އިތުރު 1،007 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއެކު، ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 43،782ށް އަރައިފައެވެ. އަދި އެކްޓިވް ކޭސްތަކުގެ ގޮތުގައި 15،666 މީހުން ތިބިއިރު، 260 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ރާއްޖެއިން މިހާތަނަށް 28،013 މީހުން ބަލިން ފަސޭހަވެފައިވާއިރު، 94 މީހުން ވަނީ ނިޔާވެފައެވެ.

މާބަނޑު މީހުންކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު