Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

މުލާގެ ރިކޯޑާ ލެވަންޑޯސްކީ ހަމަކުރި މެޗުން ބަޔާން އެއްވަރު

ލެވަންޑޯސްކީ ވަނީ ލީގު އެއް ސީޒަނެއްގައި 40 ލަނޑު ހަމަކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 މެއި 2021 | ހޮނިހިރު 21:33
ފްރެއިބާގާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން ޕޮލެންޑުގެ ތަރި ރޮބަޓް ލެވަންޑޯސްކީ

ފްރެއިބާގާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން ޕޮލެންޑުގެ ތަރި ރޮބަޓް ލެވަންޑޯސްކީ

ލީގު ސީޒަނެއްގައި 40 ލަނޑު ޖަަހައިގެން ކުރީގެ އެއްވަަނަ ފޯވާޑް ގާޑް މުލާ ހަދާފައިވާ ރިކޯޑާ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑުގެ ތަރި ރޮބަޓް ލެވަންޑޯސްކީ އެއްވަރުކޮށްފިއެވެ.

މުލާގެ ރިކޯޑާ ލެވަންޑޯސްކީ އެއްވަރުކުރީ ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ފްރެއިބާގާ 2-2 ގެ ނަތީޖާއަކުން ބަޔާން އެއްވަރުވި މެޗުގައެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބަޔާނުންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލެވަންޑޯސްކީއެވެ. މި ލަނޑާއެކު މުލާގެ ރިކޯޑާ ލެވަންޑޯސްކީ އެއްވަރުކުރިއިރު، މުލާ މި ރިކޯޑު ހަދާފައިވަނީ މީގެ 49 އަހަރު ކުރިން 1972 ވަނަ އަހަރުއެވެ. މި ފަހަރުގެ ލީގުގައި 28 މެޗުން ލެވަންޑޯސްކީ 40 ލަނޑު ޖެހިއިރު، އަނިޔާގެ ސަބަބުން އޭނާއަށް ބައެއް މެޗުތައް ގެއްލުނެވެ. އެކަމަކު މުލާގެ ރިކޯޑު މުގުރާލަން ލެވަންޑޯސްކީއަށް ބާކީ މެޗެއް އެބައޮތެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ލެވަންޑޯސްކީ ބަޔާނަށް ލިޑު ނަގައިދިން ނަމަވެސް، އޭގެ ތިން މިނެޓު ފަހުން ފްރެއިބާގުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެނުއަލް ގޫލްޑާއެވެ. އަދި މެޗުގެ ދެވަނަ ހާފް ފަށައިގެން އަށްވަނަ މިނެޓުގައި ލެރޯއި ސާނޭ ބަޔާނަށް އަލުން ލީޑު ނަގައިދިން ނަމަވެސް، މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ކްރިސްޓިއަން ގަންޓާ ވަނީ އަލުން ފްރެއިބާގަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުން ބަޔާން އެއްވަރުވި ނަމަވެސް، މިދިޔަ ހަފުތާގައި އެ ޓީމުން ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. ތާވަލުގެ އެއްވަނައިގައި އޮތް ބަޔާނަށް ކުޅުނު 33 މެޗުން 75 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އާރްބީ ލައިޕްޒީގަށް 32 މެޗުން ލިބިފައިވަނީ 64 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ވުލްފްސްބާގަށް 32 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ޑޯޓްމަންޑަށް 32 މެޗުން ލިބިފައިވަނީ 58 ޕޮއިންޓެވެ.

ޖަރުމަން ލީގުބަޔާން މިއުނިކްރޮބަރޓް ލެވަންޑޯސްކީ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
15 ސެޕްޓެމްބަރު 2025

ލެވަންޑޯސްކީގެ ދެ ލަނޑާ އެކު، ބާސެލޯނާ އަށް ބޮޑު މޮޅެއް

15 ސެޕްޓެމްބަރު 2025
ލެވަންޑޯސްކީގެ ދެ ލަނޑާ އެކު، ބާސެލޯނާ އަށް ބޮޑު މޮޅެއް
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު