Advertisement
ކ. މާލެ
|
19 އޯގަސްޓް 2025 | އަންގާރަ 09:59
ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު މަޖިލީހަށް ވަޑައިގެން ވިދާޅުވެފައިވަނީ އިންޑިއާ އައުޓް ޓީޝާޓެއް ލައިގެން ހުއްޓާ ނުފެންނާނެކަމަށް
ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު މަޖިލީހަށް ވަޑައިގެން ވިދާޅުވެފައިވަނީ އިންޑިއާ އައުޓް ޓީޝާޓެއް ލައިގެން ހުއްޓާ ނުފެންނާނެކަމަށް
ރާއްޖެއެމްވީ
ޚަލީލު އިންޑިއާ އައުޓް ޓީޝާޓް ލީ މައްސަލަ
ޚާރިޖީ ވަޒީރު ޚަލީލް މަޖިލިހަށް ދޮގު ހެއްދެވި މައްސަލަ މަޖިލީހުން ބޭރުކޮށް، މަޖިލީހަށް ދޮގު ހެދުން ވެސް ހުއްދަ ކޮށްފި!
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޚަލީލް ވަނީ މަޖިލީހުގައި އިންޑިއާ އައުޓް ޓީޝާޓް ނުލާ ކަމަށް ވިދާޅުވެފައި
ޑޮކްޓަރ ޚަލީލް އިންޑިއާ އައުޓް ޓީޝާޓް ލައިގެން ހުރި ޓީޝާޓް ސޯޝަލް މީޑިއާ ގައި ވަނީ އާންމުވެފައި
37 ޕީއެންސީގެ މެންބަރުންގެ ވޯޓާއެކު މައްސަލަ ވަނީ ބޭރުކޮށްލާފައި

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް މަޖިލީހަށް ދޮގު ހެއްދެވި މައްސަލަ މަޖިލިހުން ބޭރުކޮށް، މަޖިލީހަށް ދޮގު ހެދުން ވެސް ހުއްދަ ކަމަށް ޕީއެންސީގެ މެންބަރުން ކަނޑައަޅައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް މި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 208 ވަނަ މާއްދާގެ ދަށުން ހުށަހަޅާ އިމްތިޔާޒުގެ، މައްސަލައެއްގެ ގޮތުގައެވެ.

މީކާއީލް ވިދާޅުވެފައި ވަނީ، "ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 83 ވަނަ މާއްދާގެ. ދަށުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑޮކްޓަރ ޢަބްދުﷲ ޚަލީލް މަޖިލީހަށް ހާޒިރު ކުރުމަށް 2 ޖޫން 2025 ގައި ފޮނުވާފައިވާ "ސުވާލު ނޯޓިސް" އަށް ޖަވާބު ދެއްވުމަށް މަޖިލީހަށް 13 އޮގަސްޓު 2025 ވަނަ ދުވަހު ބޭއްވުނު 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލަސާއަށް، ވަޑައިގެން، ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ވަނީ އިތުރުފުޅު ހައްދަވާފައެވެ."

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން "ސޯޝަލް މީޑިއާ އިން ތިއިން އެއްވެސް ބޭފުޅަކަށް ފެނިވަޑައިނުގަންނަވަނެ 'އިންޑިއާ އައުޓ ޓީޝާޓު'، ލައިގެން އަޅުގަނޑު ހުއްޓައެއް، އެކަމަކު، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ، ގުޅުންހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިވަޑައިގެންފައި، އޮވެދާނެ،" ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފައިވާކަމުގެ ހެކިތައް މުޅި ސޯޝަލް މީޑިއާ އިން ދަނީ ފެންނަމުން ކަމަށް މީކާއިލް ވިދާޅުވެފައިވެއެވެ.

މީކާއީލް ހުށަހެޅުއްވި އިމްތިޔާޒުގެެ މައްސަލަ އާ އެކު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލް ކޮވިޑް ދުވަސްވަރު ސީދާ "އިންޑިއާ އައުޓް" ޖަހާފައިވާ ޓިޝާޓެއް ތުރުކުރައްވައިގެން ހުންނެވި ފޮޓޯއެއް އެއްކަރުދާސް ކޮށްފައި ވެއެވެ.

ޤާނޫނު ނަންބަރު 5/2013 - ރައްޔިތުންގެ މަޖިލީހުގެ އިމްތިއާޒުތަކާއި ބާރުތަކުގެ ޤާނޫނު ގެ 3 ވަނަ މާއްދާގައި އާއި ޤާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ) އާއި (ށ) އިން ރައްޔިތުންގެ މަޖިލީހަށް ލިިދީފައިވާ އިމްތިޔާޒުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާ ގުޅިގެން އެ މަޖިލީހަށާއި، އެ މަޖިލީހުގެ ކޮމިޓީތަކަށާއި މަޖިލީހުގެ މެންބަރުންނަށް އެ ޤާނޫނުގެ ދަށުން، ލިބިދޭ ބައެއް ބާރުތަކާއި، އިމްތިޔާޒުތައް ބަޔާންކޮށްދީފައިވާ ކަމަށް މީކާއީލް ފާހަގަ ކުރައްވާފައި ވެއެވެ.

މެންބަރު މީކާއިލް ހުށަހެޅުއްވި މައްސަލަ ބަލައިގަތުމާއި މެދު ނެގި ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ޕީއެންސީގެ މެންބަރުން ވަނީ ޚާރިޖީ ވަޒީރު އިންޑިއާ އައުޓް ޓީޝާޓް ތުރުކުރައްވައިގެން ހުންނެވި ފޮޓޯތައް އާންމުވި ނަމަވެސް މަޖިލީހުގައި އިތުރުފުޅު ނަހައްދަވާކަމަށް ނިންމާ 37 މެންބަރުންގެ ވޯޓާއެކު މައްސަލަ ބޭރުކޮށްލާފައެވެ. މި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެމްޑީޕީގެ 8 މެންބަރެކެވެ.

- ކޮމެންޓް