ކ. މާލެ
|
27 އޮކްޓޯބަރ 2024 | އާދީއްތަ 21:52
ނިއޯމްގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓް - ސިންދާލާ
ނިއޯމްގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓް - ސިންދާލާ
އެސް.ޕީ.އޭ
ސައުދީ އަރަބިއްޔާ
ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި
ސިންދަލާގެ ބޮޑުމިނަކީ 840،000 އަކަ މީޓަރު (200 އޭކަރު) ކަމަށާއި، 2028 ވަނަ އަހަރާ ހަމައަށް ދުވާލަކު 2،400 މެހުމާނުންނަށް ޚިދުމަތް ދެވޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ޚަބަރުގެ އޯޑިއޯ

ސަޢޫދީ ޢަރަބިއްޔާގެ ޒަމާނީ މެގަ-ސިޓީ ނިއޯމް ގެ ފުރަތަމަ ލަގްޒަރީ ރިސޯޓު ސިންދާލާ އާދިއްތަ ދުވަހު ހުޅުވައިފިއެވެ.

ރަތް ކަނޑުގައި ސައުދީން ތަރައްގީ ކުރި ފަތުރުވެރިކަމަށް ޚާއްސަ މި ރަށުގައި ރެސްޓޯރަންޓްތަކާއި ހޮޓާތަކާއި ޔޮޓު ބަނދަރު ކުރެވޭނެ ވަސީލަތްތައް ހުންނާނެ ކަމަށް ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ބުނެފައިވެއެވެ.

ފަތުރުވެރިކަމަށް އަލަށް ތަރައްގީ ކުރި ސިންދާލާއަކީ މޮނާކޯ އަދި އެތެންސް ފަދަ ދުނިޔޭގެ އެންމެ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލުތަކާ ވާދަކުރެވޭ ފެންވަރުގެ ރަށެއް ކަމަށާއި، މުޅި އަހަރު ދުވަހު ފަތުރުވެރިކަމުގެ މަތީ ފަންތީގެ ޚިދުމަތްތައް އެ ރަށުން ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.

ސިންދަލާގެ ބޮޑުމިނަކީ 840،000 އަކަ މީޓަރު (200 އޭކަރު) ކަމަށާއި، 2028 ވަނަ އަހަރާ ހަމައަށް ދުވާލަކު 2،400 މެހުމާނުންނަށް ޚިދުމަތް ދެވޭނެ ކަމަށް އެސްޕީއޭ އިން ބުނެފައިވެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފުރަތަމަ އިޢުލާނުކުރެއްވި ނިއޯމްގެ ސިންދާލާ ހުޅުވުމަކީ ނިއޯމް ތަރައްގީ ކުރުމުގެ މުހިންމު ލަނޑުދަނޑިއެއް ކަމަށް އެ މަޝްރޫއުގެ އިސް އޮފިޝަލުން ބުނެފައިވެއެވެ.

"ސިންދަލާ ޚިޔާލުން ޙަޤީޤަތަށް ބަދަލުކުރުމަކީ "ދެ އަހަރު ދުވަހުގެ ގިނަ އަދި ބުރަ މަސައްކަތުގެ ނަތީޖާ،" ކަމަށް އޮފިޝަލުން އިތުރަށް ބުނެފައިވެއެވެ.

މިއީ ސަޢޫދީ ވިޝަން 2030 ގެ ދަށުން އެ ގައުމުގެ ފަތުރުވެރިކަމުގެ އަމާޒުތައް ޙާޞިލުކުރުމުގައި މުހިންމު ފިޔަވަޅެއް ކަމަށް ނިއޯމް އިން ދެކޭ ކަމަށް ވެސް އެސްޕީއޭ އިން ބުނެފައިވެއެވެ.

- ކޮމެންޓް