Advertisement
ކ. މާލެ
|
20 އޮކްޓޯބަރ 2025 | ހޯމަ 18:48
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ
ރާއްޖެއެމްވީ
މަޖިލިސް
ކިހާދޫ ޓިވެޓް ސެންޓަރުގެ މައްސަލަ އާއި މީޑިއާ ކޮމިޝަނަށް މެމްބަރުން އައްޔަންކުރާ މައްސަލަ ހިމަނައި އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފި
ކިހާދޫ ޓިވެޓް ސެންޓަރާއި ގުޅޭގޮތުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ އަލީ ހައިދަރު އަހްމަދާއި ސުވާލު ކުރަން ހަމަޖެހިފައިވޭ
މަޖިލީހުގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލާއި ޕެންޝަން ބިލު ބަލައިގަތުމަށް ވޯޓަށް އަހާނެ

2024 ވަނަ އަހަރުގެ ޖުލައިމަހުން ފެށިގެން ބ. ކިހާދޫގައި ހިންގަމުން އައި "ޓިވެޓް" ޓްރެއިނިންގ ސެންޓަރުގެ މަސައްކަތް ހުއްޓިފައިވާ މައްސަލަ އާއި މީޑިއާ ކޮމިޝަނަށް 3 މެމްބަރުން ކަނޑައެޅުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު އިއްވުމުގެ މައްސަ ހިމަނައިގެން އަންގަރާ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެޖެންޑާ ކޮށްފި އެވެ.

އަންގާރަ ދުވަހުގެ ހެނދުނު 9:00 އަށް ޖަލްސާ ތާވަލުކޮށްފައިވާ އިރު ސުވާލު ކުރުމުގެ ބައިގައި ހިމެނެނީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އަހްމަދު އާއި ޖަވާބު ހޯއްދެވުމަށް ކުރައްވާ ސުވާލެވެ.

2024 ވަނަ އަހަރުގެ ޖުލައިމަހުން ފެށިގެން ބ. ކިހާދޫގައި ހިންގަމުން އައި "ޓިވެޓް" ޓްރެއިނިންގ ސެންޓަރުގެ މަސައްކަތް ހުއްޓިފައި ހުންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެ އިމާރާއް ވަނީ ބާވެ ވީރާނާވާން ފަށާފަ އެވެ.

އެހެން ކަމުން މެމްބަރު މައުރޫފް ހައިދަރާއި ސުވާލު ކުރައްވާނީ މި އިމާރާތުގެ އާބާތުރަ ފިލުވައި އަލުން އެތަން ހިންގަން ފެށޭނެ ތާރީޚެއް ހޯއްދެވުމަށެވެ.

މީގެ އިތުރުން ޖަލްސާގެ އިބްތިދާއީ ބަހުސްގެ ގޮތުގައި ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ހުށަހަޅުއްްވާފައިވާ، ޤާނޫން ނަމްބަރު 24/2014 (ސްޕެންޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) އަށް އިސްލާހު ގެނައުމަށް ބަހުސް ކުރުން ހިމެނެ އެވެ.

ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ޤާނޫނު ނަމްބަރ 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު)ގެ 17 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަމްބަރުގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް 3 މެމްބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަށްޓަކައި ފޮނުވާފައިވާ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު އިއްވުން ހިމެނެެ އެވެ.

މީގެ އިތުރުން އަންގާރަ ދުވަހުގެ ޖަލްސާގައި ވޯޓަށް އަހާ ކަންކަމުގެ ތެރޭގައި ހޯމަ ދުވަހު މަޖިލީހުގައި ބަހުސް ކުރެވުނު މެމްބަރު މުހައްމަދު އިބުރާހީމް (ކުޑޫ) ހުށަހަޅުއްވާފައިވާ ރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަލައިގަތުމާއި ގުޅޭގޮތުން ވޯޓަށް އަހާނެ އެވެ.

އަދި ރާއްޖޭގައި ލޭ ހޯދުމަށް ނުހަނު ދަތިވާކަން ފާހަގަކޮށް އެ މައްސަލަ ހައްލުކުރުމާއި މެދު ހުށަހަޅާ ޤަރާރު ބައލައިގަތުމަށް ވެސް ވޯޓަށް ހުށަހެޅުމަށް އެޖެންޑާގައިވެ އެވެ.

މީގެ އިތުރުން ސަރުކާރުގެ ފަރާތުން ފޭދޫ ދެކުނުދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ހުށަހަޅުއްވާފައިވާ އިންސާނުންގެ ގުނަވަން ޓްރާންސްޕަލާންޓް ކުރުމުގެ ބިލު ބަލައިގަތުމަށް ވެސް އަންގާރަ ދުވަހުހެ ޖަލްސާގައި ވޯޓަށް އަހާނެ އެވެ.

އަންގާރަ ދުވަހުގެ އެޖެންޑާގެ އެންމެ ފަހު ކަހަމަށް ބަޔާންކޮށްފައި އޮތީ ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަަށް ވޯޓަށް އެހުމެވެ.

- ކޮމެންޓް