ބޮޑުތަކުރުފާނުމަގު ހެދުމަށް އެމްއެމްއޭ ސަރަހައްދާއި، ފަޅުތެރެއިން ބައެއް މަހަކަށް ވުރެ ގިނަ ދުވަހަށް ބަންދުކޮށްފިއެވެ.
ހޯމަ ދުވަހު މާލެސިޓީ ކައުންސިލުން ބުނީ، ބޮޑުތަކުރުފާނުމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި 18 އޯގަސްޓް 2025ން 13 އޮކްޓޯބަރ 2025 ގެ ނިޔަލަށް ބޮޑުތަކުރުފާނުމަގުގެ އެއްފަޅި ބަންދުކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން މިކަމުގައި އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތައް ސަމާލުވުމަށް އެދިފައިވެއެވެ.
މިބަދަލާއެކު އެސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވަނީ ބަދަލު ގެނެސްފައެވެ. އެމްއެމްއޭ ސަރަހައްދުން ބޮޑު ބައެއް ބަންދުކޮށްފައިވާއިރު، ފަޅުތެރެއިން ވެސް ވަނީ ބޮޑު ބައެއް ބަންދުކޮށްފައެވެ.
ބޮޑުތަކުރުފާނުމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި 18 އޯގަސްޓް 2025 ން 13 އޮކްޓޯބަރ 2025 ގެ ނިޔަލަށް ބޮޑުތަކުރުފާނުމަގުގެ އެއްފަޅި ބަންދުކުރެވިފައިވާ ވާހަކަ އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި، މިކަން އާންމުކޮށް އަންގާ އިޢުލާން… pic.twitter.com/tEv2SSHCMQ
— Malé City Council (@MaleCitymv) August 17, 2025
ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްމާރުކޭޓާ ހަމައަށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.
މި މަޝްރޫއުގެ ދަށުން 737 މީޓަރުގެ ސަރަހައްދެއް ޝީޓު ޕައިލްކޮށް ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމާއި ޑްރެއިނޭޖް ސާވިސް ލައިނެއް އެޅުމުގެ އިތުރުން ހިނގާ މީހުންނަށް ވަކި ލޭނެއް އަޅާނެއެވެ.
މި މަޝްރޫއަށް 144.50 މިލިއަން ރުފިޔާ ހޭދަވެއެވެ.