ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެެވެ.
ފެންޝަން ފަންޑުގައި ހުރި ފައިސާ ސަރުކާރުން ބޭނުންކުރުމަށްޓަކައި އެމްއެމްއޭ މެދުވެރިކޮށް ފައިސާ ޗާޕުކުރުމަށް ކުރަމުން އަންނަ މަސައްކަތާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އެއާޕޯޓު ހިންގަން އުފެއްދި އެމްއޭސީއެލް ފުނޑާލައި، ސެންޓްރަލް ބޭންކާއި ބީއެމްއެލް އެއްކޮށް ލޫޓުވާލައި ނިންމާލުމަށްފަހު މިހާރު މި ސަރުކާރު އަމާޒު ހިފާފައި ހުރީ ސީދާ ރައްޔިތުންގެ ޕެންޝަން ފަނޑު ދޮވެލުމަށް ކަމަށެވެ.
އަދި ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ ސަރުކާރު ދެކެ ބިރުން ނުވަތަ ޒާތީ މަންފާއަކަށް ގައުމާއި ރައްޔިތުންނަށް ގެއްލުންދިނުމުގައި ބައިވެރި ވުމަކީ އުޒުރެއް ނޫން ކަމަށާއި، ބަލައިގަނެވޭނެ ކަމެއް ވެސް ނޫން ކަމަށެވެ.
އަދި ދިވެހިންގެ މުސްތަގުބަލު ފޭރިގަތުމުގައި ބައިވެރިނުވެ، އެކަމަށް ނޫނެކޭ ބުނަން ނުކެރޭނަމަ އެމްއެމްއޭ އާއި ޕެންޝަން އޮފީހުގެ ބޯޑުގެ މެންބަރުން އިސްތިއުފާ ދިނުމަށް ފައްޔާޒު ގޮވާލެއްވިއެވެ. ފައްޔާޒު ވިދާޅުވީ ގައުމާއި ރައްޔިތުންނަށް އިއާދަނުކުރެވޭނެ ގެއްލުން ދިނުމުގައި ބައިވެރިވާ ފަރާތްތައް ރައްޔިތުން ނުކުމެ ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.
އެއާޕޯޓު ހިންގަން އުފެއްދި އެމްއޭސީއެލް ފުނޑާލައި، ސެންޓްރަލް ބޭންކާއި ބީއެމްއެލް އެއްކޮށް ލޫޓުވާލައި ނިންމާލުމަށްފަހު މިހާރު މި ސަރުކާރު އަމާޒު ހިފާފައި ހުރީ ސީދާ ރައްޔިތުންގެ ޕެންޝަން ފަނޑު ދޮވެލުމަށް. ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ…
— Fayyaz Ismail (@faya_i) October 22, 2025
މީގެ ކުރިން ފައްޔާޒު ވިދާޅުވީ ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް ފައިސާ ޗާޕު ކުރަން މަޖުބޫރު ކުރަމުންދާކަމީ އަޖައިބުވާންޖެހޭ ކަމެއް ނޫން ކަމަށެވެ. ފައްޔާޒު ވިދާޅުވީ އެންމެ ކަންބޮޑުވާ ކަމަކީ މި މުއާމަލާތް ސްޓްރަކްޗާ ކޮށްފައިވަނީ ސަރުކާރުން ޒިންމާ ނުނަގާ ގޮތަށް ކަމާއި، ސަރުކާރުން އެމްއެމްއޭ އިން ބޮންޑު ގަތުމުގެ ނަމުގައި ކުރާ ކަމަކީ ފައިސާ ޗާޕުކުރުން ކަމަށެވެ. އަދި، މިކަން "އިންވެސްޓްމަންޓެއް" ގެ ގޮތުގައި ގިންތިކުރުމަށްޓަކައި، މި ސަރުކާރުން ވަނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ޝާމިލްކޮށްގެން މިކަން "އިންވެސްޓްމަންޓް އެރޭންޖްމަންޓެއް" ފަދަ ގޮތަކަށް ހަދާ އޮޅުވާލާފައި ކަމަށެވެ.
ވިޔަފާރި-އިގްތިސާދު: ދެއްކި ވާހަކަތަކާއި ހިލާފަށް މިސްމެނޭޖްމަންޓުގެ ސަބަބުން މި ސަރުކާރަށް ފައިސާ ޗާޕުކުރުން ނޫން އެހެން ގޮތެއް ނެތް: ފައްޔާޒު https://t.co/EdCJIYsgMK
— raajje.mv (@raajjemv) October 21, 2025
ފައްޔާޒު ވިދާޅުވެފައިވަނީ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ނަޒާހަތްތެރިކަން ނުރައްކަލުގެ ތެރެއަށް ވައްޓާލާ، އަދި، މިފަދަ އަމަލެއްގައި ޕެންޝަން ފަންޑުން ބައިވެރިވާން މަޖުބޫރުވާއިރު، މި ސަރުކާރު ކަމެއް ކުރަން ކޮންމެ ހިސާބަކަށް ވެސް ގޮސްދާނެކަން މިއިން ތަސައްވުރު ކުރެވޭ ކަމަށެވެ. ފައްޔާޒު ވިދާޅުވީ މި ސަރުކާރުން ހަމައެކަނި ފައިސާ ޗާޕްކުރާ ކުރަނީ ނޫން ކަމަށާއި، މިކަމުގެ ސަބަބުން އެތައް ހާސް ދިވެހިންގެ ރިޓަޔަރމަންޓް ސެކިއުރިޓީ އަށް ނުރައްކާވެ، އެމީހުންގެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ނިންމާފައިވާ ނިޒާމަށް ކުރާ އިތުބާރު ގެއްލިގެންދާނެ ކަމަށެވެ.