Advertisement
ކ. މާލެ
|
10 އޯގަސްޓް 2025 | އާދީއްތަ 06:29
2019 ވަނަ އަހަރު އެންސިސް ކުންފުނިން ހުޅުމާލޭގައި ހުޅުވި ކެނިންގ ފެކްޓްރީ: އެންސިސް ކުންފުނިން ހުޅުވި ކޭނަރީ މިފްކޯއަށް ގަނެ، އެތަނުގެ ދަށަށް ގެނައުމުގެ މަޝްވަރާތައް ވަނީ ފަށާފައި
2019 ވަނަ އަހަރު އެންސިސް ކުންފުނިން ހުޅުމާލޭގައި ހުޅުވި ކެނިންގ ފެކްޓްރީ: އެންސިސް ކުންފުނިން ހުޅުވި ކޭނަރީ މިފްކޯއަށް ގަނެ، އެތަނުގެ ދަށަށް ގެނައުމުގެ މަޝްވަރާތައް ވަނީ ފަށާފައި
ރާއްޖެއެމްވީ
މިފްކޯ
އެންސިސް އިން 25 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހުޅުވި ކޭނަރީ މިފްކޯ އަށް ގަންނަނީ
މިފްކޯއިން އެންސިސް ފިޝަރީޒްގެ 25 މިލިއަން ޑޮލަރުގެ ކޭނަރީ ގަތުމަށް ކުރަން ޖެހޭ ދިރާސާތައް ވަނީ ކޮށްފައި
2019 ގައި ހުޅުވި އެންސިސްގެ ކޭނަރީ ހުއްޓިފައިވަނީ މިފްކޯއިން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމުން
އެންސިސްއިން މިހާރުވެސް ވިއެޓްނާމް، ތައިލެންޑު އަދި މޮރިޝަސްއަށް މަސް އެކްސްޕޯޓު ކުރޭ

އެންސިސް ފިޝަރީޒް އިން ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހުޅުމާލޭގައި ހިންގި ކޭނަރީ ގަތުމަށް މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބުނެފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި މިފްކޯއިން ބުނީ އެންސިސްގެ ކޭނަރީ ގަތުމަށްޓަކައި ހަދަންޖެހޭ ދިރާސާތައް ވެސް މިހާރު ނިމިފައިވާ ކަމަށެވެ. މިވަގުތު ކުރިއަށްދަނީ ކޭނަރީ ގަތުމުގެ ނެގޯޝިއޭޝަންތައް ކަމަށް ވެސް މިފްކޯއިން ބުންޏެވެ.

އެންސިސްގެ ކޭނަރީއަކީ ގާތްގަނޑަށް 25 މިލިއަން ޑޮލަރު ހަރަދުކޮށްގެން ޖަރުމަނުގެ ޑިވެލޮޕްމަންޓް ބޭންކުން ފަންޑު ހޯދައިގެން ހަދާފައިވާ އީޔޫ އެޕްރޫވްޑް ފެކްޓަރީއެކެވެ.

2019 ވަނަ އަހަރު ހުޅުވި އެ ކޭނަރީ ހުއްޓުނީ 2023 ވަނަ އަހަރު، މިފްކޯއިން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމުންނެވެ. އެހެންވެ އެ ކޭނަރީ ހުއްޓިފައި އޮންނަތާ ދޮޅު އަހަރު ވެއްޖެއެވެ.

މިފްކޯ އިން ނެރުނު ބަޔާނުގައި ބުނީ އެ ކުންފުންޏަށް ދަތިތައް ދިމާވި މައިގަނޑު ސަބަބަކީ މަސް ގަތުމަށް ބޭނުންކުރާ އުޅަނދުފަހަރާއި، އެ ކުންފުނީގެ މެޝިނަރީ ފަދަ މުހިންމު އާލާތްތައް މަރާމާތުކޮށް ބެލެހެއްޓުން ބޮޑުތަނުން ލަސްވުން ކަމަށެވެ.

މިހާރު މަސް ޕްރޮސެސް ނުކުރި ނަމަވެސް، އެންސިސް އިން އަދިވެސް މަސް ބޭރުކުރެއެވެ. އެ ކުންފުނިން މަސް އެކްސްޕޯޓު ކުރާ ގައުމުތަކުގެ ތެރޭގައި ވިއެޓްނާމް، ތައިލެންޑު އަދި މޮރިޝަސް ހިމެނޭ ކަމަށް އެނގިފައިވެ އެވެ.

- ކޮމެންޓް