Advertisement
ކ. މާލެ
|
17 އޮކްޓޯބަރ 2025 | ހުކުރު 12:00
ހުޅުމާލޭގެ ސަރަހައްދެއްގައި ޕާކުކޮށްފައި ހުރި ހަލާކުވެފައިވާ ކާރުތަކެއް
ހުޅުމާލޭގެ ސަރަހައްދެއްގައި ޕާކުކޮށްފައި ހުރި ހަލާކުވެފައިވާ ކާރުތަކެއް
ޕޮލިސް
ހަލާކުވެފައިވާ ވެހިކަލްތައް
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަލާކުވެފައިވާ، ބޭނުންނުކުރާ 700ށް ވުރެ ގިނަ ވެހިކަލް އެބަހުރި
މީގެ ތެރޭގައި ހިމެނެނީ ކާރާއި ސައިކަލުގެ އިތުރުން ޕިކަޕް އަދި ވޭން
މި މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައިވޭ
ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމާއި، ނައްތާލުމުގެ މަސައްކަތް ފުލުހުން ދޭތެރެއަކުން ކުރޭ

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި، ހަލާކުވެފައިވާ އަދި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ 700ށް ވުރެ ގިނަ ވެހިކަލް އެބަހުރި ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި، ހަލާކުވެފައިވާ އަދި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މިމަހުގެ ތެރޭގައި ކުރިއަށް ގެންދިޔަ މި މަސައްކަތުގެ ތެރެއިން 716 އުޅަނދު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ ތެރޭގައި ހިމެނެނީ ކާރާއި ސައިކަލުގެ އިތުރުން ޕިކަޕް އަދި ވޭންއެވެ.

ފުލުހުން ބުނީ، މި މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭގެ ސަރަހައްދެއްގައި ބަހައްޓާފައިހުރި ހަލާކުވެފައިވާ ސައިކަލެއް

މީގެ އިތުރުން، މި މަސައްކަތަކީ ފުލުހުންނާއި، އެޗްޑީސީއާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން، ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމާއި މަގުތަކަކީ އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށް ފުލުހުން ބުނެއެވެ.

މާލެސިޓީގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމާއި، އުޅަނދުތައް ނަގައި ނައްތާލުމުގެ މަސައްކަތް ފުލުހުން ދޭތެރެއަކުން ކުރެ އެވެ. ނަމަވެސް ހުޅުމާލޭގެ ހުސްބިންތަކާއި، މަގުތަކުގައި ހުންނަ ވެހިކަލްތައް ނުނަގާ ހުންނަކަން ފާހަގަކުރެވެއެވެ.

- ކޮމެންޓް